Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީން ރަޝީދު

ޔާމީން މަރާލުމުގެ އަޑީގައި ތިބި ބަޔަކު ނުހޯދެނީސް އިންސާފު ލިބުނުކަމަކަށް ގަބޫލެއް ނުކުރަން: ތޮލާލް

1 އޯގަސްޓު 2017 | އަންގާރަ 15:16

އިންސާފު ލިބުނުކަމަށްވާނީ އެ މަރަށް ފަންޑުކުރި މީހުން ހޯދިގެން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 1 އޯގަސްޓު 2017 | އަންގާރަ 15:16
ޔާމީންގެ މަރަށް 100 ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން

ޔާމީންގެ މަރަށް 100 ދުވަސް ފާހަގަކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން

ތަހުގީގު ނިންމާ ބައެއްގެ މައްޗަށް ދައުވާކުރިއަސް، ޔާމީން ރަޝީދު މަރާލުމުގެ އަޑީގައި ތިބި ބަޔަކު ނުހޯދެނީސް އިންސާފު ލިބުނު ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް އެޗްއާރުސީއެމްގެ ކުރީގެ ނައިބު ރައީސް އަހުމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ޔާމީން ރަޝީދުގެ މަރަށް 100 ދުވަސް ފާހަގަކުރުމަށް އޭނާ ދިރިއުޅުނު މާފަންނު ސްޕެޓިއުލާގޭ ކުރިމަތީ ބޭއްވި އިވެންޓެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ތޮލާލް ވިދާޅުވީ، ޔާމީން މަރާލުމުގެ ކުރިން ދެވުނު އިންޒާރު ތަކަށް ފުލުހުން އަޅާނުލައި ތިއްބާ ޔާމިން ރަޝީދު މަރާލިފަހުން އެ މަރާއި ގުޅިގެން ފުލުހުން މީޑިއާތަކާއި ބައްދަލުކޮށް ނުވަތަ އާއިލާއަށްވެސް މައުލޫމާތު ދީފައިވަނީ އެންމެ ފަހަރަކު ކަމަށާއި، އާއިލާއިންވެސް އަދި މީޑިއާއިންވެސް ހޯދަން އެދުނު މައުލޫމާތު ހޯދައި ނުދެއްވުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ތޮލާލް ވިދާޅުވީ، ޔާމިން މަރާލި މަގުސަދެއް އަދިވެސް ނޭނގޭ ކަމަށެވެ.

"މިކަމުގެ މޯޓިވްއަކީ ކޮބައިކަމާއި، މިކަން ކުރުމުގެ މަގްސަދަކީ ކޮބައިކަން އެނގޭ ވަރަށް މައުލޫމާތު ނޭނގޭނަމަ. އަދި އާއިލާއަށް އެ ބަޔަކު އެކަން ކުރީ ކޮންކަމެއް އޮވެގެންތޯ ނޭނގޭނަމަ ބައެއްގެ މައްޗަށް ޝަރީއަތް ހިންގާ ޖަލަށް ލިޔަސް އިންސާފު ލުބުނުކަމަކަށް ގަބޫލެއް ނުކުރަން" ތޮލާލް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ އެކަމަށް ފަނޑުކޮށް ޚަރަދު ކުރީ ކޮންބައެއްކަން ނޭނގެނީސް އާއިލާއަށް އިންސާފު ހޯދައިދެވުނީކަމަށް ގަބޫލުނުކުރެވޭކަމަށެވެ.

މި އިވެނޓްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަަވަމުން ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ވިދާޅުވީ، ޔާމީންގެ ރަޝީދުގެ މަރުގެ ތަހުގީގަށް އެކަށޭނެ ގޮތެއްގައި ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތަކުން އެފަރާތްތަކުގެ ވަގުތާއި، ވަސީލަތްތައް ބޭނުންކޮށްފައި ނުވާކަމަށެވެ. ގައުމުގައި މާރާމާރީއާއި، ލޭ އޮހޮރުވުން އާއްމުވެފައިވާއިރު، ފުލުހުން މިއަދުވެސް ފެެންނަނީ ސިޔާސީ މީހުންގެ ފަހަތުން އުޅޭތަން ކަމަށް ޔުމްނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރިލުވާނު ގެއްލުވާލުމާއި، ޑރ. އަފްރާޝީމް އަދި ޔާމީން ރަޝީދުގެ މަރުގެ ފަހަތުގައި ތިބި ބަޔަކު ހޯދައި ރައްޔިތުންނަށް އެ މައުލޫމާތު ދިނުމަށް ފުލުހުން މަސައްކަތް ކުރުން މާ ރަނގަޅުވާނެކަމަށް ޔުމްނާ ވިދާޅުިވއެވެ.

މި އިވެންޓްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފު ވިދާޅުވީ، މާލެ ސިޓީ އޮތީ ވަރަށް ބިރުވެރި ހާލަތެއްގައިކަމަށާއި، މި ހަފްތާގައި އެކަނިވެސް ފަސް މާރާމާރީއެއް ހިންގާ ދެ ޒުވާނަކު މަރާލާފައި ވުމަކީ، ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ކުޑަކުޑަ މާލޭގެ އަމާންކަމާއި ސަލާމަތަށް ފުލުހުން އެދެވޭ މަސައްކަތްތަކެެއް ކުރާކަމަށް ގަބޫލުނުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެސީ ނެޓްވީކްގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޝަހިންދާ އިސްމާއިލް ވިދާޅުވީ، މިފަދަ އަނިޔާވެރި ޖަރީމާތައް ހިންގާ ބަޔަކު އެބަ ތިބި ކަމަށާއި، 7 މީހުން 8 މީހުން ހައްޔަރުކޮށް ތަހުގީގުކޮށް މައްސަލަ ޝަރީއަތަށް ފޮނުވުމާއި ހަމައިން މީ ނިމެން އޮތްކަމެއް ނޫންކަމަށެވެ. މިކަހަލަ ކަންކަމަށް ހިތްވަރުދީ ފަންޑު ކުރާ ބަޔަކު އުޅޭއިރު، އެފަރާތްތައް ހޯދަ ހައްޔަރުނުކުރެވެނީސް އެކަން ކުރި ކަމަށް ނިންމާ ހައްޔަރުކުރީ މީހުން ހައްޔަރުކޮށް މަރަށް މަރު ހިފުމަކުން އަދި މިކަންކަން ނުނިމޭނޭކަމަށެވެ. މިކަން ހައްލުވާނީ، ފަންޑުކުރުމަށް އަޑީގައި ތިބި މީހުން ފުލުހުން ހޯދައި އެފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެވެން ޖެހޭކަމަށް ޝަހިންދާ ވިދާޅުވިއެވެ.

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. ހަ މީހެއްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ދެން ހުރި މީހާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިމުގެ ކުށުގެ ދައުވާ އެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް، ފުލުހުން މައުލޫމާތު ހާމަކޮށްފައިވަނީ އެންމެ ތިން މީހުންގެ އެވެ. ފުލުހުން މައުލޫމާތު ހާމަކޮށްފައިވަނީ އިސްމާއިލް ރަޝީދާއި، އިސްމާއިލް ހައިޝަމް ރަޝީދުއާއި އަހުމަދު ޒިހާން އިސްމާއިލްގެ އެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރެއިން ހައިޝަމަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުމުގެ މައްސަލައިގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިސްމާއީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ މި އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލާފައި އޮތްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑީ ގޮޅި ކައިރިންނެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް