Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

އެ ދުވަހު ކަންކަން ހިނގައި ދިޔަ ގޮތުން އެއީ ސަރުކާރުން ކުރުވި ކަމެއްކަމަށް ބުނުމުގެ ފުރުސަތުވެސް އެބައޮތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2024 | ބުދަ 07:17
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން

މަޖިލީހުގެ ފާރަށް އަރައި، މަޖިލީހުގެ ގޯތި ތެރެއަށް އެއްޗެހި އުކި މައްސަލައާ ގުޅިގެން ސަލާމަތީ ބާރުތައް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މި މައްސަލަ ބަލައިދިނުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ. އީވާ ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސްގެއާއި ގޯތިތެރެއާއި ރައްޔިތުންގެ މަޖިލީހުގެ ދަށުން ހިންގާ އެންމެހާ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަންވާނީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުން ކަމަށް ގާނޫނު އަސާސީގެ 105 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

އަދި އެދުވަހު މަޖިލިސްކުރާގެ ކައިރީގައި މުޒާހަރާކުރަމުން ދިޔަ މުޒާހަރާގެ ބައިވެރިން މަޖިލިސްގޭގެ ވަށާފާރު މައްޗަށް އަރައި، ގޯތި ތެރެއަށް އެކި އެއްޗެހި އުކާފައިވާކަން އީވާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކޮށްފައިވޭތޯ ބެލުމަށް މަޖިލީހުގެ ސަލާމަތީ ކަންތައްތަކާބެހޭ ކޮމިޓީއަށް މި މައްސަލަ ހުށަހަޅުއްވާކަމަށް އީވާ ވިދާޅުވިއެވެ.

އެ މައްސަލައަށް މެމްބަރުން ވަނީ ކޮމިޓީގައި ވާހަކަ ދައްކަވާފައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު މަޖިލިސް ދޮށުގައި މުޒާހަރާކުރީ ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުންނެވެ. އެ މީހުން މުޒާހަރާކުރީ ވަޒީރުންނަށް ރުހުން ދިނުމަށް ގޮވާލުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓު ނެގުން އެ ދުވަހަށް ތާވަލްކުރި ނަމަވެސް، ސަރުކާރު މެމްބަރުން އެ ދުވަހު ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެެވެ.

ބައެއް މެމްބަރުން ވިދާޅުވީ، އެ ދުވަހު ކަންކަން ހިނގައި ދިޔަ ގޮތުން އެއީ ސަރުކާރުން ކުރުވި ކަމެއްކަމަށް ބުނުމުގެ ފުރުސަތުވެސް އެބައޮތްކަމަށެވެ.

އޭގެ އިތުރުން، ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަމާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވަންޖެހޭކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ގްރީން ޒޯން ތެރޭގައި އެ ހުރިހާ ކަމެއް ހިނގާދިޔައިރު، އެކަން ނުހުއްޓުވުނީ ކީއްވެތޯ ކަމާބެހޭ އިދާރާތަކުން ސާފުކުރަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

ވުމާއެކު، މި މައްސަލައާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުން ލިއުމުން މައުލޫމާތު ހޯދުމަށްފަހު، ފުލުހުންނާއި ސިފައިން ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި

ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު