Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރުހުން ނެތް ވަޒީރުން މަޤާމުގައި ތިބުން

ރުހުން ނެތް ވަޒީރުން މަޤާމުގައި ތިބުމަކީ ރައްޔިތުންނަށް ގެއްލުން ލިބޭ ކަންކަން ކުރުމަށް ފަހު ރެކެން ލިބޭ ފުރުސަތެއް - ހަސަން ލަތީފް

ވަޒީރުންތަކެއް މަގާމުތަކުގައި ތިއްބެވުމުން ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2024 | އަންގާރަ 10:35
ހަސަން ލަތީފް

ހަސަން ލަތީފް

ރުހުން ނެތް ވަޒީރުން މަޤާމުގައި ތިބުމަކީ ރައްޔިތުންނަށް ގެއްލުން ލިބޭ ކަންކަން ކުރުމަށް ފަހު ރެކެން ލިބެ ފުރުސަތެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން އަލުން މަޤާމަށް އައްޔަންކުރުމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅާފައިވާ ޤަރާރަށް ބަހުސްކުރައްވަމުންނެވެ. ހަސަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސަރުކާރުގެ ވަޒީރުންނަށް ރުހުންދޭން ޖެހޭތޯ ނުވަތަ ނޫންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ. ޤާނޫނު އަސާސީގައި އެކަން ކުރަން ޖެހޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަަމަށާއި، އެކަމާއި ގުޅިގެން ދިމާވާ މައްސަލަތަކުގެ ހައްލުވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުން ރުހުން ނުދޭ ބަޔަކަށް ވަޒީރުންގެ މަޖިލީހުގައި ނުތިބެވޭނެކަން ރާއްޖޭގެ ޤާނޫނުއަސާސީން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ރުހުން ނުދޭ ވަޒީރަކަށް ވަޒީރުކަމުގެ މަޤާމުގައި ނުހުރެވޭނެ ސަބަބަކީ ވަޒީރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ވަޒީރަށް މަޖިލީހުގެ ރުހުން ލިބުން ހިމެނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރުހުން ނުލިބޭ ވަޒީރުންތަކެއް މަގާމުތަކުގައި ތިއްބެވުމުން ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ ވަޒީރުކަމުގައި ހުންނަ އިރު ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ވާގޮތަށް އަމަލުކުރެއްވުމަށް ފަހު އެ މީހާ އަކީ ވަޒީރެއް ނޫންކަަމަށް ދެއްކުމަށް ފަހު އޭނާ އަށް ޒިންމާއިން ރެކުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް ބަންޑާރަނައިބަށް މަޖިލީހުގެ ރުހުން ނެތި މަޤާމުގައި ދެމިހުންނެވުނު ނަމަވެސް އޭނާގެ ޤާނޫނީ ޒިންމާ އެއް ނެތްކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ. ދައުލަތް ތަމްސީލްކުރަން އޭނާ ކޯޓުގައި ވަކާލާތުކުރާނަމަ އޭނާ ވަކާލާތުކުރާ ކަންކަމާއި މެދު ސުވާލު އުފެއްދުމުގެ ފުރުސަތުވެސް އޮތް ކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

އީވާ ހުށަހަޅުއްވާފައިވާ ގަރާރުގައި ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ 3 ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުންގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އުޝާމް ހިމެނޭކަމާއި ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާއިރު، ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދި މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް 29 ޖަނަވަރީ 2024ގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަލުން އެފަރާތް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެ ފަރާތުން މަގާމުގެ ހުވާކުރައްވާފައިވާކަން ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު