Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ

ވަޒީރުންނަށް ރުހުން ނުދިނުމުން އެކަން ބޮލާލާޖެހުމަކީ ޤާނޫނުއަސާސީ ބޮލާލާޖެހުން - މެންބަރު އީވާ

ވަޒީރުން އަލުން އައްޔަނުކުރުމަކީ ސުޕްރީމްކޯޓުގެ ހުކުމަކާއި ޚިލާފުވުން ކަމަށް އީވާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ފެބުރުއަރީ 2024 | އަންގާރަ 09:55
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

ވަޒީރުންނަށް ރުހުން ނުދިނުމުން އެކަން ބޮލާލާޖެހުމަކީ ޤާނޫނު އަސާސީ ބޮލާލާޖެހުން ކަމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 29 ގައި ބޭއްވި ޖަލްސާގައި 3 ވަޒީރަކަށް ރުހުން ލިބިފައެއް ނުވެއެވެ. އެއީ ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރުކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމްއެވެ. ނަމަވެސް އެ ބޭފުޅުން އަލުން މަޤާމަށް އައްޔަނުކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެ ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެއީ ޤާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށް ފާހަގަކުރައްވާ ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް ގޮވާލައްވާ މެންބަރު އީވާ ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު އެ ގަރާރާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ޗެކް އެންޑް ބެލެންސް ނުވަތަ ފާރަވެރިވުމާއި ޖަވާބުދާރީވުމުގެ ނިޒާމް މުހިންމުވާތީ ކަމަށެވެ. ރައްޔިތުންގެ ވަކާލާތު އިވެނީ އެ ބާރުގެ ތެރެއިން ކަމަށް ވެސް އީވާ ފާހަގަކުރެއްވިއެވެ. އީވާ ވިދާޅުވީ ރުހުން ނުލިބުނު ވަޒީރުން އަލުން މަޤާމަށް އައްޔަނުކުރައްވާފައިވަނީ ޤާނޫނު އަސާސީގެ 70 އަދި 129 ވަނަ މާއްދާ ބޮލާލާޖެހުމަށް ފަހުގައި ކަމަށެވެ. އަދި އެއީ ސުޕްރީމްކޯޓުގެ ހުކުމަކާއި ވެސް ޚިލާފުވުން ކަމަށް އީވާ ވިދާޅުވިއެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައިގަތުން ކަމަށް ފާހަގަކުރައްވާ އީވާ ވިދާޅުވީ މިއީ ދައުލަތް ހިނގާ ނިޒާމަށް އިހުތިރާމް ނުކޮށް، އެ ނިޒާމަށް ލޮޅުން އަރުވާލުމުގެ އަމަލެއް ކަމަށެވެ. އެއީ ދައުލަތް ހިންގާ އެއް ބާރަށް އަރައިގަތުން ކަމަށް ވެސް އެނާ ވިދާޅުވިއެވެ. އިތުރަށް އީވާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ފެންނަނީ ދައުލަތާއި ސަރުކާރަށް ކުރާ އިތުބާރު ގެއްލިދާނެ ފަދަ ބިރުވެރި އަމަލެއް ކަމަށާއި މަޖިލީހުގެ ބާރުތަކަށް އަރައިނުގަތުމަށް މެންބަރު އީވާ ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ 3 ބޭފުޅެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަނުކުރައްވާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް މެންބަރު އީވާ ހުށަހެޅުއްވި މި ގަރާރުގައި ވަނީ ބުނެފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުންގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އުޝާމް ހިމެނޭކަން ޚާއްސަގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގައި ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި

09 ޖޫން 2017
ތައިލެންޑްގެ ސަފީރު ކަމަށް ކާނަލް ނަޝީދު އައްޔަންކުރުމަށް ކޮމެޓީން ރުހުން ދީފި
13 މެއި 2017

އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް

13 މެއި 2017
އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ނަރުހުންނަކީ ދިވެހިންނަށް ހެދުން:ނާޒިމް
25 އެޕްރީލު 2017

ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ޖޭޕީއަށް ނުދިނުމުން މައްސަލަ އެޗްއާރުސީއެމް އަށް!

25 އެޕްރީލު 2017
ގާސިމާ ބައްދަލުކުރުމުގެ ފުރުސަތު ޖޭޕީއަށް ނުދިނުމުން މައްސަލަ އެޗްއާރުސީއެމް އަށް!
15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު