Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު

ނިއުގެ ޗެއާމަންކަމުން ވާސިފް އިސްތިއުފާ ދެއްވަނީ

ނިއުގެ ޗެއާމަންކަމުގެ މަޤާމަށް ވާސިފް އިންތިޚާބު ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2024 | އަންގާރަ 01:08
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު ވާސިފް

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު ވާސިފް

ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ، ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކުލަބުގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވަން އަޙުމަދު ވާސިފް ނިންމަވައިފި އެވެ.

ނިއުގެ ޗެއާމަންކަމުގެ މަޤާމަށް ވާސިފް އިންތިޚާބު ކޮށްފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެއީ ސަސްޕެންޝަނެއްގެ ތެރޭގައި އޮތް ނިއު، ސަސްޕެންޝަނުން ސަލާމަތަކޮށް، އަލުން ފުރަތަމަ ޑިވިޝަަނށް ގެނައުމުގެ ތެރެއިންނެވެ.

އެންމެ ފުރަތަމަ ނިއު އިން ވަނީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ. އެ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވެ، ނިއު ވަނީ ކަޓައިފަ އެވެ. އޭގެ ފަހުން އަލުން އަނެއްކާ ވެސް ފުރަތަމަ ޑިވިޝަނަށް ދިޔުމުގެ އުންމީދުގައި ނިއު އިން ވަނީ މިއަހަރުގެ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވެފަ އެވެ. މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ނިއު ވާދަކުރަން ޖެހުނީ ކުރީގެ ގަދަ ބާރު، ވިކްޓްރީ ސްޕޯޓްސް ކުލަބާ އެވެ.

ހޯމަ ދުވަހުގެ ހަވީރު ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ނިއު އަށް ވަނީ ފުރަތަމަ ޑިވިޝަނަށް ދެވޭ ގޮތް ނުވެފަ އެވެ. އެހެންކަމުން، އަނެއްކާ ވެސް ނިއު އިން ފުރަތަމަ ޑިވިޝަނަށް ދިޔުމަށް، ނިއު އަށް ވަނީ އިތުރު އަހަރެއް އިންތިޒާރު ކުރުމަށެވެ. އެ މެޗަށްފަހު ވާސިފް ވަނީ ނިއުގެ ޗެއާމަންކަމުން އިސްތިއުފާ ދެއްވާނެކަން ހާމަކޮށްފަ އެވެ.

ވާސިފް އޭނާގެ ފޭސްބުކް އެކައުންޓުގަައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދެ ފަހަރު ފެއިލްވެއްޖެ ކަމަށެވެ. އެހެންކަމުން ތިން ވަނަ ފަހަރު ނިކުންނަން ވާނީ އައު ޗެއާމަނަކާއެކު، ގަދަކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިތުރަށް ވާސިފް ވިދާޅުވެފައި ވަނީ ކަންކަން ހަމަޔަކަށް އެޅުވުމަށްފަހު، ޗެއާމަންކަމުން ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ހަމައެއާއެކު، އަބަދު ވެސް ހުންނާނީ ނިއުގެ ފަޚުރުވެރި ސަޕޯޓަރެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދީ އޮތް މައްސަލައިގައި ނިއު ސަސްޕެންޑު ކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ސަސްޕެންޑު ކުރިއިރު، ފަހުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވެސް ވަނީ ނިއު އަށް ފިޔަވަޅު އަޅައިފަ އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު