Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް ލީގު ކަޕް

ފަހަތުން އަރައި މަހިބަދޫ އިން ނިއު ރޭޑިއަންޓާ އެއްވަރު ކޮށްފި

22 މެއި 2025 | ބުރާސްފަތި 04:10

މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ދިޔައީ ދެ ވަނަ އަށެވެ. ސެމީ ފައިނަލްގައި އެ ޓީމު ނިކުންނަން ޖެހޭނީ ތިން ވަނަ އަށް ދިޔަ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މެއި 2025 | ބުރާސްފަތި 04:10
އެފްއޭއެމް ލީގު ކަޕްގައި ނިއު ރޭޑިއަންޓް އަދި މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން

އެފްއޭއެމް ލީގު ކަޕްގައި ނިއު ރޭޑިއަންޓް އަދި މަހިބަދޫ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި މަހިބަދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އެއްވަރުވެއްޖެ އެވެ.

މުބާރާތުގެ ލީގު ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަދި ތިން ވަނަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން ނިއު ރޭޑިއަންޓް ވަނީ މޮޅުވެފަ އެވެ.

މުބާރާތުގައި މަހިބަދޫ އިން ކުރިން ކުޅުނު ތިން މެޗުން ވެސް އެ ޓީމު އޮތީ ބަލިވެފަ އެވެ. ނިއު ރޭޑިއަންޓާ ދެކޮޅަށް ނިކުތްއިރު ވެސް، އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ނަމަވެސް މަހިބަދޫ އިން ވަނީ ނިއު ރޭޑިއަންޓް އަތުން ޕޮއިންޓެއް ހޯދައިފަ އެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން ވަނީ ދެ ފަހަރެއްގެ މަތިން ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ނަމަވެސް، މަހިބަދޫ އިން ވަނީ ދެ ފަހަރު ވެސް ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ނަގައިދިނީ ބިދޭސީ ކުޅުންތެރިޔާ ޠާރިގު ޖެބްރިން އެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ޝުއައިދު ސައީދު ޖެހި ލަނޑުންނެވެ. އެއީ މަހިބަދޫ އަށް ލިބުނު ޕެނަލްޓީއެއްގައި އޭނާ ފޮނުވާލި ބޯޅަ، ނިއު ރޭޑިއަންޓުގެ ގޯލު ކީޕަރުގެ އަތުގައި ޖެހި ރީބައުންސަށް އައި ވަގުތު ގޯލަށް ވައްދާލައިގެން ޝުއައިދު ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ނިއު ރޭޑިއަންޓުން ވަނީ ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޔަޝްފާދު ހަބީބު އެވެ.

ދެ ވަނަ ފަހަރަށް މަހިބަދޫ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 74 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވެސް ޝުއައިދު އެވެ.

މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް ދިޔައީ ދެ ވަނަ އަށެވެ. ސެމީ ފައިނަލްގައި އެ ޓީމު ނިކުންނަން ޖެހޭނީ ތިން ވަނަ އަށް ދިޔަ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

ނިއު ރޭޑިއަންޓް އަތުން ހޯދި ޕޮއިންޓާ އެކު، ހަތަރު މެޗުން އެއް ޕޮއިންޓާ އެކު މަހިބަދޫ ދިޔައީ ފަސް ވަނަ އަށެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް