Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުެއެފްއޭއެމް ލީގު ކަޕް

އޮޑި އަތުން މޮޅުވެ ނިއު ވެސް ސެމީ އަށް

18 މެއި 2025 | އާދީއްތަ 06:11

މޮޅާއެކު ނިއު ރޭޑިއަންޓުން ވަނީ، ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. މިހާތަނަށް ކުޅެފައިވާ ތިން މެޗުން އެ ޓީމަށް ލިބެނީ ހަ ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2025 | އާދީއްތަ 06:11
ނިއު ރޭޑިއަންޓް އަދި އޮޑި ކުޅުނު މެޗުގެ ތެރެއިން

ނިއު ރޭޑިއަންޓް އަދި އޮޑި ކުޅުނު މެޗުގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ، އެފްއޭއެމް ލީގު ކަޕްގައި އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ވެސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މުބާރާތުގައި ނިއު ރޭޑިއަންޓްގެ ފުރަތަމަ މެޗުގައި ވަނީ ވާދަވެރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި ވަނީ ޓީސީ ސްޕޯޓްސް ކުލަބު އަތުން މޮޅުވެފަ އެވެ. ތިން ވަނަ މެޗުގައި ވަނީ އޮޑި އަތުން 2-0 އިން މޮޅުވެފަ އެވެ.

އޮޑީގެ ފުރަތަމަ މެޗުގައި ޓީސީ އާއި އެއްވަރުވެފައިވާއިރު، ދެ ވަނަ މެޗުގައި ވަނީ މަހިބަދޫ އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ. ތިން ވަނަ މެޗުގައި ނިއު ރޭޑިއަންޓް އަތުން ވަނީ ބަލިވެފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިއު ރޭޑިއަންޓް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، ތޯރިގު ޖެބްރިން އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި، މެޗުގެ 73 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އިބްރާހީމް ރިޒުހާމް އެވެ.

މޮޅާއެކު ނިއު ރޭޑިއަންޓުން ވަނީ، ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. މިހާތަނަށް ކުޅެފައިވާ ތިން މެޗުން އެ ޓީމަށް ލިބެނީ ހަ ޕޮއިންޓެވެ. ނިއު ރޭޑިއަންޓަށް ދެން އޮންނާނީ މަހިބަދޫއާ ދެކޮޅަށް ކުޅޭ މެޗެވެ.

ތިން މެޗުން ހަތަރު ޕޮއިންޓާ އެކު، އޮޑިން ވެސް ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. އެ ޓީމަށް ދެން އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއް ވަނައިގައި މާޒިޔާ އޮތީ މިހާތަނަށް ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާ އެކު އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް