Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިކްޓްރީ ސްޕޯޓްސް ކުލަބު

ސޮބާގެ ތައުރީފު ވިކްޓްރީގެ ކުޅުންތެރިންނަށް!

ކުޅުންތެރިޔެއްގެ ގޮތުގައި ސޮބާ ކުޅުނުއިރު، ވިކްޓްރީ އަށް ކުޅެ، އޭނާ ވަނީ އެ ކުލަބާއެކު ގިނަ ކާމިޔާާބީތަކެއް ހޯދައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ފެބުރުއަރީ 2024 | އަންގާރަ 01:14
ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗު ސޮބާހް މުޙައްމަދު

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޯޗު ސޮބާހް މުޙައްމަދު

މެދު ކެނޑުމަކަށްފަހު، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދިއިރު، އެއީ ކުޅުންތެރިންގެ ހިތްވަރާއި މަސައްކަތް ކަމަށް އެ ކުލަބުގެ ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) ބުނެފި އެވެ.

ކުޅުންތެރިންނަށް މުސާރަ ނުދެވި އޮތް މައްސަލަ އާއި އިދާރީ ގޮތުން ހުރި މައްސަލަތަކެއްގެ ސަބަބުން، ވިކްޓްރީ އަށް ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނީ 2020 ވަނަ އަހަރު އެވެ. ސަސްޕެންޝަނުން އަރައި ގަނެ، އަލުން ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމަށް ވިކްޓްރީން މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވާދަކޮށް، ވިކްޓްރީ ވަނީ ގުރޫޕް ސްޓޭޖުން ކަޓައިފަ އެވެ.

ނަމަވެސް އޭގެ އަހަރެއް ފަހުން، މިއަހަރުގެ ދެ ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި، ވިކްޓްރީން ވަނީ އަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިފަ އެވެ. އެ ޖާގަ ވިކްޓްރީން ހޯދީ، ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި އެންމެ ވާދަވެރި އެއް ކުލަބު ކަމަށްވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ކުޅުންތެރިޔެއްގެ ގޮތުގަައި ވިކްޓްރީ އަށް ކުޅެފައިވާ ސޮބާ ބުނީ، ވިކްޓްރީގެ ކޯޗަކަށް އޭނާ ނުވަތަ އެހެން މީހަކު ހުރި ނަމަވެސް، ހަގީގަތުގައި ހުރިހާ މަސައްކަތެއް ކުރި ބަޔަކީ ކުޅުންތެރިން ކަމަށެވެ. ސޮބާ ބުނީ ވިކްޓްރީގައި ތިބި ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާ ގިނަ، އަދި މީގެ ކުރިން ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިން ހިމެނޭ ކަމަށެވެ. ޚާއްސަކޮށް އޭނާ އާއެކު މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރި ގޯލްޑް ކެޕްޓަން، އައްސަދު ޢަބްދުލް ޣަނީގެ ނަން ސޮބާ ފާހަގަ ކުރި އެވެ.

ސޮބާ ބުނީ ޓީމެއްގެ ގޮތުގައި ވިކްޓްރީ އަށް ވަރަށް ވަރުގަދަ ޓީމެއް އެކުލަވާލެވުން ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިހާ ހިސާބަށް އާދެވުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށް އޭނާ ތަކުރާރު ކުރި އެވެ. ވިކްޓްރީގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން މާދަމާ ކެރިއަރު ނިންމާލި ނަމަވެސް، އެ ކުޅުންތެރިން އެ ކުރި މަސައްކަތް ޤަބޫލު ކުރާނެ ކަމަށެވެ. އަދި މި ކާމިޔާބާއެކު، އެ ކުޅުންތެރިން ތާރީޚުގެ ތެރެއަށް ދާނެ ކަމަށް ވެސް ސޮބާ ބުންޏެވެ. އިތުރަށް ސޮބާ ބުނީ، މި ކާމިޔާބަކީ އޭނާގެ ޙަޔާތުގައި ކުރި އެންމެ ބުރަ މަސައްކަތް ކަމަށެވެ. އަދި އެއީ އެންމެ ޕްރެޝަރު ބޮޑު އެއް މަސައްކަތްކަން ފާހަގަކޮށް ސޮބާ ބުނީ، 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށްވުރެ ވެސް، މިކަމުގެ ޕްރެޝަރު ބޮޑު ކަމަށެވެ.

މީގެ އިތުރުން ސޮބާ ބުނީ އަބަދު ވެސް އޭނާ އެދެނީ ދިވެހި ފުޓުބޯޅަ އަށް ރަނގަޅު ގޮތްތަކެއް ވާން ކަމަށެވެ. ގިނަ މަސައްކަތްތަކެއްކޮށް، ދިވެހި ފުޓުބޯޅަ މިހާރު މި އޮތް އަނދަވަޅުގެ ތެރެއިން ސަލާމަތްވުން އެދޭ ކަމަށް ވެސް ސޮބާ ބުންޏެވެ. އިތުރަށް ސޮބާ ބުނީ މީގެ ކުރިން ވެސް ފުޓުބޯޅައިގައި ރަނގަޅު ކުރަން ހުރި ކަންތައްތަކާއި، މައްސަލަތަކުގެ ވާހަކަ ވަރަށް ގިނައިން ދައްކާފައިވާނެ ކަމަށެވެ.

ސޮބާ ޤަބޫލު ކުރާ ގޮތުގައި ވިކްޓްރީ އަލުން ފުރަތަމަ ޑިވިޝަނަށް އައުމަކީ ވެސް ފުޓުބޯޅަ އަށް ލިބުނު އުންމީދެކެވެ. މީގެ ކުރިން ވެސް ރާއްޖެ އިން ރަނގަޅު ކުޅުމެއް ދައްކާފައި ވާނެ ކަމަށާއި، މިހާރު ވެސް ކުޅުންތެރިންގެ ހުނަރު އެބަ ހުރި ކަމަށް ސޮބާ ބުންޏެވެ. އެހެންކަމުން ދެން އަންނަ ބޭފުޅަކު ވެސް، ފުޓުބޯޅަ އަށް ދެރަ ގޮތެއް ނުހެދުމަށް އެދޭ ކަމަށާއި، އެ ބޭފުޅަކަށް އިތުބާރު އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ސޮބާ ކުޅުނުއިރު، ވިކްޓްރީ އަށް ކުޅެ، އޭނާ ވަނީ އެ ކުލަބާއެކު ގިނަ ކާމިޔާާބީތަކެއް ހޯދައިފަ އެވެ. ސޮބާގެ ކެރިއަރުގައި އެންމެ ކާމިޔާބު ދުވަސްތައް އޭނާ ހޭދަކުރި އެއް ކުލަބަކީ ވެސް ވިކްޓްރީ އެވެ.

އިތުރަށް ކިޔާލަން

03 މެއި 2017

ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ

03 މެއި 2017
ކުޅުންތެރިންނަށް އަހަރެން ކުރާ އިހުތިރާމް ބުނެދޭން ވެސް ނޭނގޭ:ސެކުލޮސްކީ
30 އެޕްރީލު 2017

ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

30 އެޕްރީލު 2017
ގައުމީ ނެޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި
26 އެޕްރީލު 2017

މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ

26 އެޕްރީލު 2017
މިއީ ވަރަށް މުހިންމު މޮޅެއް، ކުޅުންތެރިންނަށް ޝުކުރިއްޔާ: ސެކުލޮވްސްކީ
23 އެޕްރީލު 2017

ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް

23 އެޕްރީލު 2017
ރެޑިން އެފްސީގައި ތަމްރީން ހެދުމަށް ނިއުގެ ޒުވާން ދެ ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް
05 އެޕްރީލު 2017

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު