Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮލިމްޕިކްސް

ސެންކޯރު ވިހަވެ ފެތުންތެރިއަކު ހޮސްޕިޓަލްގައި

ފްރާންސްގެ މަޝްހޫރު ސެންކޯރުގައި ފެތި ބެލްޖިއަމްގެ ފެތުންތެރިޔާ ކްލެއާ މިޝޭލް ހޮސްޕިޓަލްގައި އެޑްމިޓްކުރުމުން ބެލްޖިއަމް މުބާރާތުން ވަކިވެއްޖެ އެވެ.

ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 05:28
ބެލްޖިއަމްގެ ފެތުންތެރިޔާ ކްލެއާ މިޗޭލް (ކ) ނޯވޭގެ ފެތުންތެރިއަކާއެކު، އޭނާ އެޑްމިޓްކޮށްފައިވާ އޮންނަތާ ފަސް ދުވަސް ވެއްޖެ

ބެލްޖިއަމްގެ ފެތުންތެރިޔާ ކްލެއާ މިޗޭލް (ކ) ނޯވޭގެ ފެތުންތެރިއަކާއެކު، އޭނާ އެޑްމިޓްކޮށްފައިވާ އޮންނަތާ ފަސް ދުވަސް ވެއްޖެ

ފްރާންސްގެ މަޝްހޫރު ސެންކޯރުގައި ފެތި ބެލްޖިއަމްގެ ފެތުންތެރިޔާ ކްލެއާ މިޝޭލް ހޮސްޕިޓަލްގައި އެޑްމިޓްކުރުމުން ބެލްޖިއަމް މުބާރާތުން ވަކިވެއްޖެ އެވެ.

މުބާރާތް ބާއްވާ ޕެރިހުގެ ސެންކޯރަކީ ފަތަން ރައްކާތެރިތަނެއްނޫން ކަމަށް ކުރިން ވެސް ތަޖުރިބާކާރުން ދިޔައީ ބުނަމުންނެވެ. ބެލްޖިއަމްގެ ކްލެއާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮންނަތާ މިއަދަށް ވަނީ ފަސް ދުވަސްވެފަ އެވެ. އޭނާ ނެތުމުން ފެތުމުގެ ބާކީހުރި ޓީމް އިވެންޓުން ބެލްޖިއަމް ވަނީ ވަކިވެފަ އެވެ. އޭގެ ތެރޭގައި މިއަދު ބާއްވަން އޮތް މިކްސްޑް ޓީމް އިވެންޓްތައް ހިމެނެ އެވެ. ކްލެއާ އެޑްމިޓްކޮށްގެން ހެދި ޓެސްޓްތަކުން އެނގުނީ އޭނާގެ ހަށިގަނޑުން އީ ކޯލީ ކިޔާ ބެކްޓީރިއާއެއް ފެނިފައިވާ ކަމަށެވެ.

ކްލެއާ އެޑްމިޓްކޮށްފައިވާއިރު ފެތުމުގެ ބައެއް އިވެންޓްތައް ވަނީ ކެންސަލްކޮށްފަ އެވެ. އެއީ ސެން ކޯރުގެ ފެނުގެ އެންމެ ފަހުގެ ސާމްޕަލްތަކުން އެ ފެންގަނޑު ރައްކާތެރިނޫން ކަމަށް ދެއްކުމުންނެވެ. މިހެންވެ ކޯރު އަލުން ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށް ވަނީ ނިންމައިފަ އެވެ. އެއަށްފަހު މާދަމާގެ އިވެންޓްތަކަށް ހުއްދަދޭނެ އެވެ.

ނަމަވެސް މި ކޯރަކީ ތަފާތު އެތައް އުޅަނދެއް ދުއްވާ ތަނަކަށްވެފައި، ފަތާ މީހުންނަށް މި ކޯރު ބޭނުންކުރުން މަނާކޮށްފައިވާތާ 100 އަހަރުވެއްޖެ އެވެ. ފްރާންސްގެ މީޑިއާތަކުން ބުނާ ގޮތުގައި ކޯރުގެ އެންމެ ބޮޑު މައްސަލައަކީ ފެންގަނޑު އިންސާނުން އެރިއުޅެން ކަމުދާ ވަރަށްވުރެ ބޮޑަށް ތަޣައްޔަރުވެފައިވުމެވެ. މިކަން ހައްލުކޮށް އޮލިމްޕިކްސް މިންގަނޑަށް ފެތޭ ފެނަށް މި ކޯރުގެ ފެން ބަދަލުކުރުމުގެ ގޮތުން ޕެރިހުގެ މައި އިދާރާތަކުން ވަނީ އޮލިމްޕިކްސް އަށް ކޯރު ސާފު ކުރުމަށް 1.5 ބިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. މި މަސައްކަތުގައި 49 ލިޓަރުގެ ކުނި ނަގާފައިވެ އެވެ. މިވަރުން ނުވެގެން މިއީ ރައްކާތެރިތަނެއްކަން ދެއްކުމުގެ ގޮތުން މުބާރާތުގެ ދެ ހަފުތާ ކުރިން ޕެރިހުގެ މޭޔަރު އޭން ހިޑާލްގޯ ވަނީ ސްވިމިން ސޫޓްގައި ސެންކޯރަށް އެރިވަޑައިގެންފަ އެވެ. އެއަށްފަހު ވިދާޅުވީ ކޯރުގެ ފެންބަރާބަރު ކަމަށާއި ކުޑަކޮށް ފިނިވުން ނޫން ކަމެއް ފެނުގައި ނެތްކަމަށެވެ.

ނަމަވެސް އަދިވެސް މި ކޯރަކީ އިންސާނުން އެރި އުޅެން އެންމެ އެކަށީގެންވާ ތަނެއް ކަމަށް ތިމާވެއްޓާއި ސިއްހީ މާހިރުން ނުދެކެ އެވެ. އެއީ ދުއްވާ އެއްޗެހީގެ ތެލާއި ދަނޑު ހެއްދުމަށް ބޭނުންކުރާ ތަކެތީގެ ކުނިބުންޏާއި، އިންސާނުންގެ ކުޑަކަމުދާ ތަކެއްޗާއި، ރީތިވުމަށް ބޭނުންކުރާ ކޮސްމެޓިކްސް (ލިޕްސްޓިކާއި އެނޫން ފަދަތަކެތި) އާއި އިސްތަށި ފަދަ ތަކެތީގެ ޖަރާސީމު ކޯރުގައި އެކުލެވޭ ކަމަށްބުނެ އެވެ. މިވާހަކަ މި ގޮތަށް ދައްކައި އުޅެނީ ޖޫން މަހު ކޯރުގެ ފެން ޓެސްޓުކުރިއިރު އެންމެ ބޮޑަށް ފެނިފައިވަނީ މޫނުގައި އުނގުޅާ ބާވަތްތަކުގެ ބެކްޓީރިއާ ކަމުގައިވާތީ އެވެ. މީގެ އިތުރުން މި ކޯރަށް އެރިއުޅުނު ސަލާމަތީ ފަރާތްތަކުގެ ބައެއް މީހުންނަށް އަވަސް އަވަހަށް ބޮޑުކަމުދިއުމާއި އެނޫން ވެސް ސިއްހީ އުނދަގޫތައް ދިމާވެފައިވާތީ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓި އިޓަލީގެ ދެ ފެތުންތެރިއަކު މަރުވެއްޖެ

ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓި އިޓަލީގެ ދެ ފެތުންތެރިއަކު މަރުވެއްޖެ

31 މެއި 2020

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު