Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްވެރިކަން

ނިމިދިޔަ ސަރުކާރުގެ ނިންމުމަށް ގޮންޖަހައި، މަސް ގަންނަ އަގު 20ރ. އަށް ކުޑަކުރަނީ

މިފްކޯ އިން މަސް ގަންނަ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 12 ފެބުރުއަރީ 2024 | ހޯމަ 00:47
މަސްވެރިއެއް

މަސްވެރިއެއް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުގެ ނިންމުމަށް ގޮންޖަހައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ނިންމައިފިއެވެ.

ނިމިދިޔަ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރައްވަން ރައީސް ޞޯލިޙް ނިންމެވިއެވެ. އެގޮތުން އެ ފަހަރު އެ ނިންމެވުން ނިންމީ، ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސިވިލާތާ އެކު އޭރުގެ ސަރުކާރުން ކުރި މަޝްވަރާތަކުގެ ތެރެއިން ޔޫރަޕަށް ބޭރުކުރާ މަހުން ނަގާ 22 ޕަސެންޓްގެ ޑިއުޓީ ކުޑަކުރުމުގެ އުންމީދު ލިބިފައިވަނިކޮށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މަސް ގަންނަ އަގު 25 އިން ތިރިކުރާނެ ކަމަށް ބުނަމުންދިޔައެވެ. އެގޮތުން "ރާއްޖެ ޓީވީ" އަށް އެނގިފައިވާ ގޮތުން، މިފްކޯ އިން މަސް ގަންނަ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެންނެވެ.

އެކަމުގެ ޔަގީންކަން ރާއްޖޭގައި ހިންގާ ބައެއް ނޫސްތަކަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ދެއްވާފައިވާއިރު، މަސް ގަންނަ އަގު ކުޑަކުރުމާ ބެހޭ ގޮތުން ވަޒީރު އެހެން މީޑިޔާތަކުގައި ވެސް ވާހަކަ ދައްކަވާފައިވެއެވެ.

އެހެން ނަމަވެސް އެކަމާ ގުޅޭ ގޮތުން، އެ ވުޒާރާއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު