Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފްލެޓުތަކުގެ މައްސަލަ

ފްލެޓު މައްސަލައާ ގުޅިގެން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ގިނަ އަދަދެއްގެ ރައްޔިތުން ހައުސިން މިނިސްޓްރީއަށް

އިތުރު ސިޓީތަކެއް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް މަސައްކަތް ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ފެބުރުއަރީ 2024 | އާދީއްތަ 10:49
ހައުސިން މިނިސްޓްރީގައި އާއްމުން އަޑު އުފުލަނީ

ހައުސިން މިނިސްޓްރީގައި އާއްމުން އަޑު އުފުލަނީ

"ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ފްލެޓްތަކުގެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ހައުސިން މިނިސްޓްރީއަށް އެއްވެ މުޒާހަރާކޮށްފިއެވެ.

އާދިއްތަ ދުވަހު ހައުސިން މިނިސްޓްރީއަށް ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެއްވީ ހެނދުނު 10:00 ހާއިރު އެވެ. މެންދުރުފަހު 2:00އާ ހަމައަށް ވެސް އަޑު އުފުލަމުން ދިޔައިރު މިނިސްޓްރީގެ ފަރާތުން އެއްވެސް ބޭފުޅަކު އެ ރައްޔިތުންނަށް ޖަވާބުދާރީވެފައިނުވެއެވެ. ބައެއް މީހުން ބުނެފައިވަނީ މީގެ ތިން މަސް ކުރި ހައުސިން މިނިސްޓްރީއަށް ހުށަހެޅި ސިޓީތަކަށް ވެސް ޖަވާބު ދީފައިނުވާ ކަމަށާއި، އެސިޓީތަކަށް ޖަވާބު ބޭނުންވާ ކަމަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުގެ އިސްތިއުފާއަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން އެމީހުން ވަނީ އިތުރު ސިޓީތަކެއް ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ރިސެޕްޝަން އޭރިޔާގައި އެއްވެސް މުވައްޒަފެއް ނެތުމުން އެސިޓީތައް ހަވާލުކުރެވިފައިނުވެއެވެ. އެއީ ބައެއް މީހުން ސިޓީ ހުށަހަޅާފައިވަނީ އެމީހުންގެ ދިރިއުޅުމުގެ ހާލަތު ބަޔާންކުރުމަށްފަހު، އެމީހުންނަށް ލިބިފައިވާ ފްލެޓުތައް ވީހާ ވެސް އަވަހަށް ދޫކޮށްލުމަށް އެދިއެވެ.

މުޒާހަރާގެ ބައިވެރިން ބުނީ ފްލެޓުތައް ދޫކުރަންދެން ސިލްސިލާ މުޒާހަރާތައް ކުރާނެ ކަމަށާއި، ލަސްވާ ކޮންމެ ދުވަހަކީ ގިނަ ބައެއްގެ ހައްގުތައް ގެއްލޭ ދުވަހެއް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅޭގޮތުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރި ތަހުގީގުގައި ޝަރުތުހަމަވެ އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމުތަކުގެ ލިސްޓެއް އޭސީސީން ވަނީ ހައުސިންގ މިނިސްޓްރީއަށް ފޮނުވާފައެވެ.

އެލިސްޓް ފޮނުވާފައިވާކަން ހާމަކޮށް ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ މި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރާނެ ވަކި ދުވަހެއް ހާމަކޮށްފައިނުވެއެވެ. އެކަމާއި ގުޅިގެން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ފްލެޓުތައް ދޫކުރާނެ ވަކި ދުވަހެއް ބުނެދެވޭން ޖެހޭނެ ކަމަށެވެ. ނުވަތަ ދޫކުރެވޭނެ މުއްދަތެއް ދޭންޖެހޭ ކަމަށެވެ. ފްލެޓުތައް ދޫކުރުން ލަސް ކުރަމުންދަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.

މި ފްލެޓްތައް ދޫކުރުމުގައި ބޮޑެތި އޮޅުވާލުންތައް އޮޅުވާލާފައިވާ ކަމަށް ބުނެ ފެންމަތިވި މައްސަލަތަކާ އެކު އޭސީސީން ކުރި ތަހުގީގަށްފަހު އެކޮމިޝަނުން ބުނެފައިވަނީ 4000 ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 59.6 އިންސައްތަ ފޯމަކީ ޝަރުތު ހަމަ ނުވި ނަމަވެސް، ފްލެޓު ލިބޭނެކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތްތައްކަމަށެވެ. އޭސީސީން ބުނީ، ތަހުގީގުގައި ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ. ޝަރުތު ފުރިހަމަވިނަމަވެސް، އެކި މައްސަލަތައް ފާހަގަވެފައި ހުރީ 19.7 އިންސައްތަ ފޯމުގައިކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު