Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

މަޖިލިސް އޭގެ ޒާތުގައި ހިނގަމުންދަނީ މަޖިލީހުގެ އިދާރީ މުވައްޒަފުންގެވެސް މިންނެތް މަސައްކަތުގެ ސަބަބުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ފެބުރުއަރީ 2024 | ހޮނިހިރު 08:20
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފްލާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި ހަފްލާ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޖިލީހުން ކުރަންޖެހޭ މަޝްވަރާތައް ކުރައްވާނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރީ މުވައްޒަފުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ އިދާރީ މުވައްޒަފުން ކުރާ ބުރަ މަސައްކަތް އަބަދުވެސް ފެނިވަޑައިގަންނަވާކަމަށާއި، އެކަން ފާހަަގަ ކުރެވޭކަމަށެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް އޭގެ ޒާތުގައި ހިނގަމުންދަނީ މަޖިލީހުގެ އިދާރީ މުވައްޒަފުންގެވެސް މިންނެތް މަސައްކަތުގެ ސަބަބުން ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ބާއްވާ ހަފްލާއަކުން ނުވަތަ ދެވޭ ސެޓްފިކެޓަކުން އަދި އެ މުވައްޒަފުންގެ ޤައުމީ ޚިދުމަތް ވަޒަންކޮށް ނުލެވިދާނެކަމަށެވެ. ނަމަވެސް މުޅި ޤައުމުވެސް އެ ޚިދުމަތްތަކާމެދު ފަޚުރުވެރިވާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ އެކި ޕާޓީތައްވެސް ތަމްސީލުކުރާ "ސިޔާސީ ތަނެއް"ކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންނަކީ ވަކި ސިޔާސީ ފިކުރެއްގައި ނުޖެހި އަބަދުވެސް ވަރަށް ސާބިތުކަމާއެކު މަސައްކަތް ކުރާ ބައެއް ކަމަށެވެ.

އަސްލަމް ވަނީ 20 އަދި 25 އަހަރަށްވުރެ ގިނަ ދުވަހު މަޖިލީހުގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށްވެސް އަލިއަޅުވާލައްވާފައެވެ.

އަސްލަމް ވިދާޅުވީ، އިދާރީ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ލިބުން ހުއްޓިފައި އޮތުމާއި، ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ލިބޭ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ޖާގަ ނުލިބުމަކީ މަޖިލީހުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކެއް ކަމަށެވެ.

އެކަންކަމަށް ޙައްލު ހޯދުމަކީ ރައްޔިތުންގެ މަޖިލީހުން ކުރެވެން ޖެހޭނެ ކަމެއްކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، މަޖިލީހުން އެކަން އިންތިޒާމުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް މަޖިލީހުގެ މުވައްޒަފުންގެ މަޝްވަރާގެ މަތިން އަދި މަޖިލީހުގެ އަމީންއާންމުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދަވާނެކަަމަށް އަސްލަމް ވިދާޅުވިއެވެ.

މުސާރައިގެ މައްސަލައިގައިވެސް މިހާރު ބައެއް ޙައްލުތައް ގެނެވިފައިވާކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، އަދިވެސް އެންމެ އެކަށީގެންވާ ޙައްލެއް ނުގެނެވޭކަމަށެެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު