Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޫޓިން އެމެރިކާއަށް އިންޒާރެއް ދެއްވުން

ޔޫކްރެއިނަށް ހަތިޔާރުދިނުން ހުއްޓާލުމަށް ޕޫޓިން އެމެރިކާއަށް ގޮވާލައްވައިފި

މިއީ ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ފަހުން ހުޅަނގުގެ ނޫސްވެރިޔަކާ އެކު ބޭއްވި ފުރަތަމަ އިންޓަވިއު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 9 ފެބުރުއަރީ 2024 | ހުކުރު 09:33
ފޮކްސް ނިއުސްއަށް ޕޫޓިން އިންޓަވިއު ދެއްވަނީ

ފޮކްސް ނިއުސްއަށް ޕޫޓިން އިންޓަވިއު ދެއްވަނީ

ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުން މިހާރުން މިހާރަށް ހުއްޓާލުމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އެމެރިކާއަށް ގޮވާލައްވައިފިއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތް ފަހުން ހުޅަނގުގެ ނޫސްވެރިޔަކާ އެކު ބޭއްވި ފުރަތަމަ އިންޓަވިއުގައި ރައީސް ޕޫޓިން ވިދާޅުވީ އެމެރިކާއިން ކީވްއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލައި ޔޫކްރެއިންގެ ލީޑަރުންނަށް މަޝްވަރާ އަށް ދިޔުމަށް ވިސްނައިދޭން ޖެހޭ ކަމަށެވެ.

ބުރާސްފަތި ދުވަހު އެމެރިކާގެ ބްރޯޑްކާސްޓަރު ޓަކަރް ކާލްސަންއާ ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ ރަޝިއާއިން މަޝްވަރާތަކަށް ދުވަހަކު ވެސް ދެކޮޅުހަދާފައި ނުވާ ކަމަށާއި ނަމަވެސް ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ކީވްއަށް ވިސްނައިދިނުމަކީ ވޮޝިންޓަނުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައިން ރަޝިޔާ ބަލިކަށިކުރަން އުޅޭ ކަމަށް ބުނެ އެމެރިކާއިން ފަތުރަމުންދާ ވާހަކަތައް ޕޫޓިން ވަނީ ފާހަގަކުރައްވައި، އެ ގައުމަށް "ސްޓްރެޓެޖިކް ނާކާމިޔާބީއެއް" ދިނުމުގައި ދުވަހަކު ވެސް ކާމިޔާބެއް ނުލިބޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. 

ޕޫޓިން ވަނީ ޖާސޫސް ކުރުމުގެ ތުހުމަތުގައި މިދިޔަ މާޗް މަހު މޮސްކޯއިން ހައްޔަރުކުރި އެމެރިކާގެ ނޫސްވެރިޔާ އީވަން ގަރްޝްކޮވިޗް ހިމެނޭ ގޮތަށް ގައިދީން ބަދަލުކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށް ވިދާޅުވެފައެވެ.

ފޮކްސް ނިއުސްގެ ހޯސްޓް އަދި ކަނާތު ފިޔައިގެ ކޮމެންޓޭޓަރު ޓަކަރް ކާލްސަންއާ އެކު ޕޫޓިން ބޭއްވެވި މި އިންޓަވިއުގައި އަދިވެސް އިތުރު ވާހަކަފުޅުތައް ދައްކަވާފައިވާއިރު، ޔޫކްރެއިންނާ ބެހޭގޮތުން ޕޫޓިން ދެއްކެވި ވާހަތަފުޅުތައް ހުޅަނގަށް ބަލައިގަންނަން އުދަނގޫވާނެކަމަށް ބެލެވެއެވެ. ނަމަވެސް މި އެކްސްކްލޫސިވް ސަބަބުން ކްރެމްލިން އަށް ޢާންމުންގެ އިތުރު ސަޕޯޓް ލިބިދާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ފުލް ހަތިޔާރާއެކު ރަޝިއާއިން ޔޫކްރެއިންއަށް ހަމަލާ ދޭން ފެށި ފަހުން ހުޅަނގުގެ މީޑިއާތަކުގެ ތަހުގީގަށް ޕޫޓިން ދުރުހެލިވެވަޑައިގެންފައިވާއިރު، ޕޫޓިންގެ އިންޓަވިއުތައް ބޮޑަށް ދެއްވަނީ ރަޝިއާއަށް ތާއީދުކޮށް ވާހަކަތައް ފަތުރާ އެޖެންސީތަކަށް ނިސްބަތްވާ ނޫސްވެރިންނަށްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ބޭރުގެ ނޫސްވެރިންނާ މެދު އެމަނިކުފާނުގެ ސަރުކާރުން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި

26 ފެބުރުއަރީ 2017
ވައިޓް ހެލްމެޓް ޑޮކިއުމެންޓްރީގެ މުހިއްމު ބައިވެރިޔަކު އެމެރިކާއަށް ނޭރުވި
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
07 ފެބުރުއަރީ 2017

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

07 ފެބުރުއަރީ 2017
މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު