Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބައްސާމަށް ކުރާ ދައުވާ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2024 | ބުދަ 11:27
ބައްސާމް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވުން

ބައްސާމް ކްރިމިނަލް ކޯޓަށް ވަޑައިގެންނެވުން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓު ދޫކުރެވެން ނެތްކަމަށް ނިންމައިފިއެވެ.

ތަހުގީހުގެ ބޭނުމަށް ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ 5 ޑިސެމްބަރު 2023ން 5 ޖޫން 2024އަށެވެ.

Advertisement - newsAdvertisement

ބުދަ ދުވަހުގެ އަޑުއެހުމުގައި ބައްސާމްގެ ވަކީލު ވިދާޅުވީ، 9 ފެބްރުއަރީ 2024 ގައި ދޯހާގައި އޭއެފްސީގެ ސެކެޓަރީ ޖެނެރަލާއެކު ބައްދަލުވުމަކަށް ބައްސާމަށް ދައުވަތު ލިބިފައިވާކަމަށެވެ. އެސްޖީ ސޮއި ކުރައްވައި މި ބައްދަލުވުމަށް ދައުވަތު ދީ ފޮނުވި ސިޓީވެސް ބައްސާމްގެ ފަރާތުން ހުށަހަޅާފައިވެއެވެ.

ސިޓީގައި އެދިފައިވަނީ އެފްއޭމްގެ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.

އޭގެ އިތުރުން، 10 ފެބްރުއަރީގައި އޮންނަ އޭއެފްސީ ކަޕްގެ ފައިނަލް މެޗް ބަލާލުމަށްވެސް ދައުވަތު ދީފައިވެއެވެ.

ބައްސާމްގެ ފަރާތުން އެދުނީ ޝަރުތުތަކެއް ކުރުމަށްފަހު 8 ފެބްރުއަރީ 2024ން 12 ފެބްރުއަރީ 2024ށް ޕާސްޕޯޓު ދޫކޮށްލުމަށެވެ. އެގޮތުން މީހަކު ޖާމިނުކޮށްފައި ޕާސްޕޯޓު ދޫކޮށްލަންވެސް އެންމެ ރަނގަޅުކަމަށް ބައްސާމްގެ ފަރާތުން ފާހަގަކުރިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ބައްސާމްގެ ޕާސްޕޯޓު ދޫކޮށްލަން ޖެހޭފަދަ ޟަރޫރަތެއް އެ ފަރާތަށް ބުނެދެވިފައިނުވާ ކަމަށާއި، ޕާސްޕޯޓު ހިފެހެއްޓިއިރު އޮތް ސަބަބުތަކާއި ޙާލަތު މިހާރުވެސް ދެމި އެބައޮތް ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ތަހުގީގު ހިނގަމުންދާ މައްސަލަތަކުގެ ތެރޭގައި 1 މިލިއަން ޑޮލަރު ހިމެނޭ މައްސަލައަކާއި އަދިވެސް އިތުރު މައްސަލަތަކެއް ހިމެނޭކަމަށެވެ.

އޭގެ އިތުރުން، އޭއެފްސީގެ އެސްޖީގެ ސިޓީއަށް ބަލާއިރު، ކޮންމެހެން އެތަނަށް ދިއުން މަޖުބޫރު ނޫންކަން އެނގިގެންދާ ކަމަށާއި، އޮންލައިންކޮށްވެސް ބައްދަލުވުންތައް ބޭއްވޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ސިޓީގައި “please confirm your availability” އޭ އޮތުމުން، ބައްދަލުވުމަށް ހާޒިރު ނުވުމުގެ އިހުތިޔާރުވެސް އޮތްކަން އެނގިގެންދާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ޤާޟީ އިސްމާއިލް ޝަފީއު ވަނީ ދެފަރާތަށްވެސް ބައެއް ސުވާލުތައް އަމާޒު ކުރައްވާފައެވެ. ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ޤާޟީ ވިދާޅުވީ، މި މައްސަލައިގައި ބައްސާމް އެ ބައްދަލުވުމަށް ނުގޮސްގެން ގެއްލޭ ޒާތީ މަސްލަޙަތެއް ނުވަތަ އޭނާގެ ޒާތަށް އަންނާނެ އުނިކަމެއް ބުނެދެވިފައި ނެތް ކަމަށާއި، އޭނާ ފިލައިގެން ދިއުމުގެ އިހުތިމާލު ކުޑަވާ ގޮތްވެސް ބުނެދެވިފައި ނެތްކަމަށެވެ.

ވުމާއެކު، ގާޒީ ނިންމެވީ އޭނާގެ ޕާސްޕޯޓު ދޫކޮށްނުލެއްވުމަށެވެ. ގާޒީ އެގޮތަށް ނިންމެވީ ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއަކާ ޙަވާލާދެއްވައެވެ.

މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެކެވެ. މި މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ދައުވާއެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައެވެ.

މިމައްސަލައިގެ ތަޙްޤީޤު އަދިވެސް ދަނީ ކުރިއަށެވެ. އިތުރު ބައިތަކުގެ ތަޙްޤީޤު ނިމެމުންދާ ވަރަކަށް އެބައިތަކާ ގުޅިގެން ދަޢުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޯޓަށް ހުށަހަޅަމުންދާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ، ތަޙްޤީޤުގައި ކަންކަން ފުރޮޅެމުންދާ ވަރަކަށް އިތުރު މުޢާމަލާތްތަކާމެދު ފެންނަން ހުރި ނުރަނގަޅު ކަންތައްތަކުގެ މައްޗަށް އަޅާނެ ޤާނޫނީ ފިޔަވަޅުތައް އެ އޮފީހުން ނިންމަމުން ގެންދާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްލަހަތައް ބަލާ ހައްޖަށް މީހުން ގެންދިއުމަށް 4 ގުރޫޕެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި

މަސްލަހަތައް ބަލާ ހައްޖަށް މީހުން ގެންދިއުމަށް 4 ގުރޫޕެއް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި

09 ޖޫން 2017
ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ޖޫން 2017
ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް

ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް

27 މެއި 2017
ހައްޖަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނުނެގުމަށް އޭސީސީން އަންގައިފި

ހައްޖަށް ގެންދިއުމަށް މީހުން އަތުން ފައިސާ ނުނެގުމަށް އޭސީސީން އަންގައިފި

21 މެއި 2017
ރިޔާޒްގެ ޝަރީޢަތް: ޚުލާސާ ބަޔާން އިއްވުމަށްފަހު މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒް އެދިއްޖެ

ރިޔާޒްގެ ޝަރީޢަތް: ޚުލާސާ ބަޔާން އިއްވުމަށްފަހު މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒް އެދިއްޖެ

16 މެއި 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު