Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސ

ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލަ - މެމްބަރުންގެ އިންތިހާ ކަންބޮޑުވުން

5 ފެބުރުއަރީ 2024 | ހޯމަ 12:25

ކަމުގެ ސަބަބުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ފެބުރުއަރީ 2024 | ހޯމަ 12:25
އިންޑިޔާ އަސްކަރިއްޔާއިން ދިވެހި މަސް ދޯންޏަށް އަރަނީ

އިންޑިޔާ އަސްކަރިއްޔާއިން ދިވެހި މަސް ދޯންޏަށް އަރަނީ

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އަރާފައިވާ މައްސަލަ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާ އަށް ހުށަހެޅި އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ. އެ މައްސަލައިގައި ބުނެފައި ވަނީ ދިވެހި ކަނޑުގެ ސަރަހައްދުގެ ތެރެއިން މަސްއޮޑިތަކަކަށް ބޭރުގެ ސިފައިން ހަތިޔާރާއި އެކު އެރި ވާހަކަތަކާއި ބަސްދީގަތުންތަކާއި ފޮޓޯ އަދި ވީޑިއޯ އާއި، އިޖުތިމާއީ ވިއުގަތަކުން ކެނޑިނޭޅި ދައުރުވަމުންދާ ކަމަށެވެ. އެހެންނަމަވެސް ދިވެހި ދައުލަތުގެ ސަރަހައްދާއި، ދިވެހި ރައްޔިތުންގެ ސަލާމަތާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޤާނޫނީ ޒިންމާ އުފުލާން އޮތް ސަރުކާރުގެ އިދާރާތަކުން ރަނގަޅު މައުލޫމާތު ފޯރުކޮށް ނުދޭކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އެކަމުގެ ސަބަބުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ. ވަހީދު އިތުރަށް ވިދާޅުވީ މި މައްސަލަ އާއި ދައުލަތުގެ މަތީ މަސްލަހަތާއި، ސިޔާދަތާއި، މިނިވަންކަމާއި، ހަމަޖެހުމާއި، އިސްތިގްލާލު ގުޅިފައިވާ ކަމަށާއި މިއީ އާއްމުންގެ މެދުގައި އިންތިހާ އަށް ކަންބޮޑުވުން އޮތް މައްސަލަ އެއް ކަމަށެވެ.

އެ މައްސަލަ އަށް ބަހުސްކުރެއްވި މެމްބަރުން ވިދާޅުވީ އެއީ ވަރަށް މުހިންމު މައްސަލައެއް ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް އިންޑިއާ ސިފައިން ވަތް ނަމަ އެއީ ކަންބޮޑުވާ ކަމެއް ކަަމަށް މެމްބަރުން ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާގެ އުޅަނދެއް ރާއްޖެ އައިސް ރާއްޖޭގައި ދިރާސާތަކެއް ކުރަމުންދާ ކަމަށް އަޑު ފެތުރިފައިވާތީ މި ދަނޑިވަޅުގައި މިފަދަ ކަމެއް ހިނގުމަކީ އިއްތިފާގެއްތޯ މެމްބަރުން ސުވާލު އުފެއްދެވިއެވެ.

މެމްބަރުން ވަނީ ބޭރުގެ މިލިޓަރީ ބައެއް ދިވެހި މަސް ދޯންޏަކަށް އެރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދޭނެ ކަމަށް ފާހަގަކުރައްވާފައެވެ، މިކަން ހިނގި ގޮތް ސަރުކާރުން ސާފުކޮށް ބުނެދޭން ޖެހޭ ކަމަށާއި ސަރުކާރުން އާއްމުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަކަށް އިންޑިޔާ އަސްކަރިއްޔާ އިން ބޯޑުކޮށް ހިންގި އޮޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި އަދި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހިންގި އޮޕަރޭޝަނެއްކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިޔާ ސިފައިން އެރި މައްސަލައެއް ފެންމަތިވެފައިވާއިރު އެކަމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ 31 ޖެނުއަރީ ގައި ހއ ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ޚާއްސަ އިގްތިޞާދު ސަރަހައްދުގެ ތެރޭގައި މަސްވެރިކަންކުރަމުންދިޔަ އދ މަހިބަދޫ އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏަކަށް ބޭރުގެ އަސްކަރިއްޔާގެ ބަޔަކު އަރައި ތިބި ކަމުގެ މައުލޫމާތު ލިބުނުކަމަށެވެ.

އެމައުލޫމާތު ލިބުމާއި ގުޅިގެން ދޯނީގެ ލޮކޭޝަން ކަށަވަރުކުރުމަށްފަހު، އެމްއެންޑީއެފް ނޮދަން އޭރިއާގައި އެހެން އޮޕަރޭޝަނެއްގައި އެވަގުތު ހަރަކާތްތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދު "ޝަހީދު އަލީ" ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް ރީޓާސްކު ކުރެވި އެސަރަހައްދަށް ދިޔުމަށް ފުލް ސްޓީމުގައި ދަތުރު ފެށުނުކަމަށެވެ. އަދި ކޯސްޓްކާޑުގެ އުޅަނދު "ޝަހީދު އަލީ" އެސަރަހައްދަށް ގޮސް އަސުރުމާ 3 ނަމަކަށް ކިޔާ މަސްދޯންޏާއި މަސްވެރިންގެ ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރިކަމަށެވެ.

މީގެއިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދު "ޝަހީދު އަލީ" އެސަރަހައްދަށް ދިޔުމުން އިތުރު 2 މަސްދޯންޏަކަށްވެސް ބޭރުގެ އަސްކަރިއްޔާއިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބިގެންދިޔަކަމަށް ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްއިންޑިޔާ ސިފައިންގެ މައްސަލަ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް