Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޯދަ މަހު އިންތިޚާބު ނުބޭއްވުން

ރޯދަ މަހު އިންތިޚާބު ނުބާއްވަން ހުށަހެޅި އިސްލާހާ ސަރުކާރު މެމްބަރުން ދެކޮޅު

5 ފެބުރުއަރީ 2024 | ހޯމަ 13:21

ބިލްގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ އާދިއްތަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ފެބުރުއަރީ 2024 | ހޯމަ 13:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރޯދަ މަހު އިންތިޚާބު ނުބާއްވަން ހުށަހެޅި އިސްލާހާ ސަރުކާރު މެމްބަރުން ދެކޮޅުހައްދަވައިފިއެވެ.

ރަމަޟާން މަހުގެ އެއްވެސް ދުވަހެއްގައި އިންތިޚާބު ނުބޭއްވޭގޮތަށް، އިންތިޚާބާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހާގުޅޭ ބިލުގެ އިބްތިދާއީ ބަހުސް ހޯމަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބިލްގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ އާދިއްތަ ދުވަހު، ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

Advertisement - newsAdvertisement

އެ ބިލް ބަލައިގަތުމާމެދު ނެގި ވޯޓުގައި ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 11 ބޭފުޅުން ވޯޓު ދެއްވިއެވެ. އޭގެތެރޭގައި ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. މަޖިލީހަށް ހާޒިރުވެ ތިބީ 50 މެމްބަރުންނެވެ. އެ ބިލް ބަލައިގަތީ 39 މެމްބަރުންގެ ވޯޓާ އެކުގައެވެ. ބިލް ފާސްވާން ބޭނުން ވަނީ 26 މެމްބަރުންގެ ވޯޓެވެ.

ބިލުގެ ކޮމިޓީ މަރުހަލާއާމެދު ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވަނީ ހުށަހެޅުމެއް ލިބިފައެވެ. އެއީ 5 މެމްބަރުންގެ ކޮމިޓީއަކުން ބިލް ދިރާސާކުރެއްވުމެވެ. ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި އެ އިސްލާހަށް ތާއީދުކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދެވެ. އެގޮތަށް ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ ވޯޓާ އެކުގައެވެ. އެ ހުށަހެޅުން ފާސްކުރަން ނުފެންނަ ކަަމަށް 12 މެމްބަރުން ވޯޓުދެއްވިއެވެ.

އެ މައްސަލަ ބެލުމަށް ހުށަހަޅުއްވާފައިވާ 5 މެމްބަރުންނަކީ

- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހީމް މުއިއްޒު

- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު ރަޝީދު

- ކެންދޫ ދާއިރާގެ މެމްބަރު، އަލީ ހުސައިން

- މާފަންނު މެދު ދާއިރާގެ މެމްބަރު، އިބްރާހީމް ރަޝީދު

- ގައްދޫ ދާއިރާގެ މެމްބަރު، އަހުމަދު ޒާހިރު

އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހެވެ. އެ ނަންތައް ފާސްކުރެއްވީ 38 މެމްބަރުންގެ ވޯޓާއެކުއެވެ. ނަންތައް ފާސްކުރަން ނުފެންނަ ކަމަށް 11 ބޭފުޅުން ވޯޓުދެއްވިއެވެ.

އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އެގޮތުން އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅުއްވާފައިވެއެވެެ. 43 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އިންތިޚާބުތަކުގައި އެ އިންތިޚާބެއްގައި ވޯޓު ނަގާ ގަޑިއާއި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑިއާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާންކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

މީގެ އިތުރުން މި މާއްދާގެ (ށ)ގައި ބުނެފަައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތްނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަންވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

އެ ބިލަށް ވާހަކަދެއްކި ގިނަ މެމްބަރުން ވަނީ ރޯދަ މަހު އިންތިޚާބު ބޭއްވުމަށް ތާއީދު ނުކުރާކަން ފާހަގަކޮށްފައެވެ. އަދި އެއީ ވޯޓަރސް ޓަރންއައުޓް އިތުރަށް ދަށްވާނެކަމަށް މެމްބަރުން ވަނީ ބުނެފައެވެ. އަދި އިންތިޚާބުތަކާބެހޭ ގާނޫނަށް އަދިވެސް ގެންނަން ޖެހޭ އިތުރު ބަދަލުތައް ހުރިކަމަށް އެ މެމްބަރުން ވަނީ ބުނެފައެވެ.

މިހާރު ގެންނަ އިސްލާހުގައި ބުނާގޮތުން އިންތިޚާބާބެހޭ ގާނޫނުގެ 43 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ މި ހާލަތުގައި، އެ އިންތިޚާބަކާގުޅޭ ޚާއްސަ ގާނޫނުގެ ދަށުން، ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ (ށ)ގައި ބުނެފައިވާ ގޮތަށް އިންތިޚާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރޯދަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އެއީ ކޮމިޝަނުން އެންމެ ބޭނުންވާ ގޮތް ނޫންކަމަށާއި މިއީ މަޖުބޫރު ނިންމުމެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މަޖިލިސް އިންތިޚާބަށް ލަފާދޭ ގައުމީ ކޮމިޓީގައި ހިމެނޭ އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް، އަދި އިދާރާއަކުން ވެސް ރޯދަ މަހު އިންތިޚާބު ބާއްވަން ތާއީދެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް