Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރުހުން ނުދިން 3 ވަޒީރުން

ރުހުން ނުދިން 3 ވަޒީރުން އަލުން މަގާމަށް އައްޔަނުކުރުމާއި ދެކޮޅަށް ހުށަހެޅި ގަރާރުގެ ފުރަތަމަ ކިޔުން އިއްވައިފި

ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވަން ގަރާރުގައި ގޮވާލާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2024 | ހޯމަ 09:50
ރުހުން ނުދިން ތިން ވަޒީރުން

ރުހުން ނުދިން ތިން ވަޒީރުން

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނު ކުރެއްވުމާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ ކިޔުން އިއްވައިފިއެވެ.

އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައި ވަނީ ހޯމަ ދުވަހު މެންދުރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނުކުރައްވައި ހުވައި ކުރައްވާފައިވާތީ, މިއީ ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ)ގެ ދަށުން، ވަޒީރުންގެ މަޖިލީހަށް 17 ނޮވެންބަރު 2023ގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް އަލުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާތީ އެކަމާއި މެދު އީވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރާ އެހެން މެންބަރުން އެ މަޖިލީހަށް އައްޔަނުކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންވާނެ ކަމަށް ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހުންގެ ނަންތައް އެމީހުން އައްޔަނުކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ 22 މެންބަރުންގެ ތެރެއިން ރުހުން ނުލިބުނު ބޭފުޅުންނަކީ އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އަލްއުސްތާޒު އަހުމަދު އުޝާމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމަށް ޢައްޔަންކުރައްވާފައިވާ ޑރ އަލީ ހައިދަރު އަހުމަދުއެވެ. ނަމަވެސް 29 ޖަނަވަރީ 2024ގައި ހަމަ އެ 3 މެންބަރުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އައްުޔަނުކުރައްވާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ އީވާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެ ނިންމެވުމަކީ ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކުރުމަށް މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލާ ނިންމެވުމެއް ކަމަށެވެ. އަދި އެއީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި، ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގެންދާފަދަ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން މިއީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއާއި އަދި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް އީވާ ވިދާޅުވިއެވެ. . އަދި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން އެނގޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ލާޒިމްކުރާ ކަމެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އެއްވެސް މެންބަރަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގައި މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތްކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބޭ 3 ފަރާތެއް ވަޒީރުންގެ މަޖިލީހަށް އަލުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު، އެ ނިންމެވުމަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވައި ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 މެންބަރުންގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރައްވާފައިވާ އުޝާމް ހިމެނޭކަމާއި ގާނޫނުއަސާސީގެ 133 ވަނަ މާއްދާގައި އެޓަރނީ ޖެނެރަލްގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާއިރު، ދައުލަތާ ގުޅުންހުރި ގާނޫނީ އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމާއި، ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާއާއި އާންމު މިނިވަންކަން ދިފާއުކުރުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދި މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް 29 ޖަނަވަރީ 2024ގައި އެޓަރނީ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަލުން އެފަރާތް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެ ފަރާތުން މަގާމުގެ ހުވާކުރައްވާފައިވާކަން ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އެހެންކަމުން ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނު އަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރެއްވުމަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލިސްވަޒީރުންނަށް ރުހުން ދިނުން

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު