Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓުތައް ދޫކުރުން

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2024 | ހޯމަ 08:57
އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 59.6 އިންސައްތަ ފޯމަކީ ޝަރުތު ހަމަ ނުވި ނަމަވެސް، ފްލެޓު ލިބޭނެކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތްތައް ކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ވަނީ ތަހުގީގުން ފާހަގަވި ކަންކަމުގެ އަލީގައި ތައްޔާރުކޮށްފައިވާ ޕްެރެޒެންޓޭޝަނެއް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުށަހަޅާފައެވެ.

އޭސީސީން ބުނީ، ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް 20697 ފޯމު ހުށަހެޅިފައިވާ ކަމަށާއި، އޭގެ ތެރެއިން ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ 18167 ފަރާތެއްގެ ފޯމު ކަމަށެވެ.

4000 ފްލެޓު ބެހިގެންވާ ގޮތަށްވެސް އޭސީސީން ވަނީ އަލިއަޅުވާލާފައެވެ. އެގޮތުން 3 ކޮޓަރީގެ ފްލެޓަށް 2712 ޔުނިޓް ދީފައިވާއިރު، 2 ކޮޓަރީގެ ފްލެޓު 1188 ޔުނިޓް ހިމަނާފައިވެއެވެ. އެއީ 3900 ޔުނިޓެވެ.

އަދި ކަސްޓަމްސްއަށް 100 ފްލެޓު ވަނީ ޚާއްސަކޮށްފައެވެ.

އޭސީސީން ބުނީ، ތަހުގީގުގައި ޝަރުތުހަމަވެ، އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވަނީ 20.7 އިންސައްތަ ފޯމުގައި ކަމަށެވެ.

 ޝަރުތު ފުރިހަމަވިނަމަވެސް، އެކި މައްސަލަތައް ފާހަގަވެފައި ހުރީ 19.7 އިންސައްތަ ފޯމުގައެވެ. އެގޮތުން ފޯމުގައި ދީފައިވާ މައުލޫމާތުގެ ފުށުއެރުންތައް ހުރުމާއި، ޕޮއިންޓް ދިނުމުގައި ހުރި މައްސަލަތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައިގައި އުސޫލާ ޚިލާފަށް ޕޮއިންޓް ދީފައިވުމާއި، ޝަކުވާގެ މުއްދަތުގައި އައު ލިއެކިއުން ހުށަހެޅުން ފަދަ މައްސަލަތައް ހިމެނޭކަމަށް އޭސީސީން މައުލޫމާތު ދިނެވެ.

ޝަރުތު ހަމަނުވަނީ 59.6 އިންސައްތަ ފަރާތެވެ. އޭސީސީން ބުނީ، 59.6 އިންސައްތަ ފޯމަކީ ޝަރުތު ހަމަ ނުވި ނަމަވެސް، ފްލެޓު ލިބޭނެކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ ފަރާތްތައް ކަމަށެވެ.

އޭސީސީން ބުނީ، މާލޭގައި 15 އަހަރުވެފައިވާ ފަރާތްތައް ކަނޑައެޅުމުގައި ހަމައެކަނި ގޭގެ ވެރިފަރާތުގެ ލިއުންތަކަށް ބަރޯސާވެގެން ޕޮއިންޓް ދީފައިވާ ކޭސްތައްވެސް ފާހަގަވެފައިވާ ކަމަށެވެ.

ބައެއް ފަރާތްތައް ދަފްތަރުގައި ޖެހުމުން އިތުރަށް ބަލަންޖެހޭ ކަންކަން ކަށަވަރުވުމެއް ނެތި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާކަމަށްވެސް އޭސީސީން މައުލޫމާތު ދިނެވެ.

އޭގެ އިތުރުން، ކުންފުނި ރަޖިސްޓްރީ ކޮށްފައިވާ ތާރީޚުގެ މާ ކުރިން އެ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާކަމަށްވެސް ހުށަހަޅާފައިވާ ބައެއް ފޯމު ޝަރުތު ހަމަވާކަމަށް ކަނޑަައަޅާފައިވާކަންވެސް ތަހުގީގަށް ފާހަގަވެފައިވާކަމަށް އޭސީސީން މައުލޫމާތުދެއެވެ.  

އަދި މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60،000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތްތައްވެސް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ މައްސަލަަތައް އޭސީސީން ފާހަގަ ކޮށްފައިވެއެވެ.

އޭސީސީން ބުނީ، ދައުލަތުގެ މުއައްސަސާތަކުން ފަސޭހައިން ހޯދެން ހުރި މައުލޫމާތުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކަށަވަރު ކޮށްފައި ނެތުމުގެ ސަބަބުން ޕޮއިންޓް ދިނުމުގައި މައްސަލަތައް ދިމާވެފައިވާކަން ފާހަގަ ކުރެވޭކަމަށެވެ.

އޭސީސީއެންޓި ކޮރަޕްޝަން ކޮމިޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

ޕީއެންސީ ޖަލްސާގައި ދައުލަތުގެ ރިސޯސް ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާކަން ސާފުކޮށް ފެނޭ: މާޒް ސަލީމް

20 ނޮވެމްބަރު 2025
ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

ކުޑޫގެ މެސެޖެއް އޭސީސީއަށް: ހޯދަން އެންގި 77 މިލިއަނުން ހޯދުނީ އެންމެ 49،000 ރުފިޔާ، ޓައި އަޅައިގެން އޮފީހަށް ދާނެ ކަމެއް ނެތް!

17 ނޮވެމްބަރު 2025
އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

އޭސީސީ އިން ބުނީ ސަރުކާރުގެ ނުފޫޒެއް ނެތް ކަމަށާ ބޭނުން ވަނީ މިހާރަށް ވުރެ ބޮޑު ބަޖެޓެއް ކަމަށް

12 ނޮވެމްބަރު 2025
ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

ބިޑަކާއި ނުލާ މަޝްރޫޢޫތައް ބަހާލުން: މައްސަލަ ބަލާ، ފައިސާ ދިނުން ހުއްޓުވައިދިނުމަށް އެދި އެމްޑީޕީ އިން އޭސީސީ އަށް

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު