Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 10:25
ހޯމަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރުގައި މީހަކަށް ހަމަލާދީ ވަނީ މަރާލާފަ
ހޯމަ ދުވަހުގެރޭ ލިޓަސް ސަރވިސް ސެންޓަރުގައި މީހަކަށް ހަމަލާދީ ވަނީ މަރާލާފަ
ރާއްޖެ އެމްވީ
މާރާމާރީ
އަނަސް މަރާލި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
އަނަސްއަށް ހަމަލާދީފައިވަނީ ހޯމަދުވަހުގެރޭ 09:10 ހާއިރު
މަރާލީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ
އަނަސްގެ ހަށިގަނޑުގެ ތިން ތަނަކަށް ވަނީ ހަމަލާދީފަ

ހޯމަ ދުވަހުގެ ރޭ ހިންގި މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހުރޭ ގާތްގަނޑަށް 09:10 ހާއިރު ހިންގި މިމާރާމާރީގައި، ގްރޫޕަކުން ހަމަލާދިން ޒުވާނާ ވަނީ މަރުވެފައެވެ. މަރުވެފައިވަނީ ރ. މީދޫ، އުމުރުން 25 އަހަރުގެ މުހައްމަދު އަނަސްއެވެ.

މަންޒަރު ފެނުނު ބައެއް މީހުން ބުނި ގޮތުގައި ޒުވާނާއަށް ހަމަލާދިނީ ތިން ސައިކަލުގައި ދިޔަ މޫނު ނިވާކޮށްގެން ތިބި ބައެކެެވެ.

"އޭނާގެ މޭގެ އެތައް މިތަނަށް ހުރީ ވަޅި ޖަހާފައި. ލޭގެ ކޯރެއް އޮތީ ހެދިފަ" މައުލޫމާތު ދިންމީހާ ބުންޏެވެ.

މިހާދިސާގައި މަރުވި އަނަސްގެ ބޭބެއެއް ރާއްޖެއެމްވީއަށް މަޢުލޫމާތު ދެމުން ބުނީ މަރުވި ޒުވާނާ ވަޒީފާ އަދާކުރަނީ ލޯންޗެއްގައި ކަމަށާއި އޭނާ ލިޓަސް ސަރވިސް ސެންޓަރަށް ގޮސްފައިވަނީ ރައްޓެއްސަކާ ބައްދަލުކުރުމަށް ކަމަށެވެ.

އޭނާއަކީ އާންމުކޮށް އެތަނަށް ގޮސް އުޅޭ ކުއްޖެއް ކަމަށާއި ހޯމަ ދުވަހުގެރޭ އެ ހާދިސާ ހިނގައިފައިވަނީ އެތަނަށް އޭނާ ދިޔަތާ ބައި ގަޑިއިރުވެސް ނުވަނީސް ކަމަށް އޭނާގެ ބޭބެ ބުންޏެވެ.

މިހާދިސާ ހިނގައިފައިވާ އިރު ބުރާސްފަތި ދުވަހު ވެސް ވަނީ މީހަކަށް ވަޅިން ހަމަލާ ދީފައެވެ. އެ ޒުވާނާ މަރުވެފައި ވަނީ ހޮނިހިރު ދުވަހު ހަވީރުއެވެ. މަރުވި ޒުވާނާއަކީ ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބުދުއްރަހްމާނެވެ. ނަދީމުގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް