Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ ވޮލީ މުބާރާތް

ކާވާ ވޮލީ މުބާރާތަށް ގައުމީ އަންހެން ޓީމު ނޭޕާލަށް

20 މެއި 2023 | ހޮނިހިރު 18:13

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 22 ވަނަ ދުވަހު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 20 މެއި 2023 | ހޮނިހިރު 18:13
ކާވާ މުބާރާތަށް ރާއްޖެއިން ދަތުރުކުރާ ޓީމު

ކާވާ މުބާރާތަށް ރާއްޖެއިން ދަތުރުކުރާ ޓީމު

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ)އިން އިންތިޒާމުކޮށްގެން ބާއްވާ ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2023ގައި ބައިވެރިވުމަށް ރާއްޖޭގެ އަންހެން ވޮލީ ޓީމު ނޭޕާލަށް ފުރައިފިއެވެ.

މި މަހު 22ގައި ނޭޕާލުގެ ކަތުމަންޑޫގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމަށް ގައުމީ ޓީމު ފުރީ ހޮނިހިރު ދުވަހުގެ ރޭގައެވެ. ލަންކާ މަގުން ދަތުރުކޮށް، ހޮނިހިރު ދުވަހުގެ ރޭ ލަންކާގައި މަޑުކުރުމަށްފަހު، ނޭޕާލަށް ދިއުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ހެނދުނުއެވެ.

ރާއްޖެ ހިމެނޭހެން ޖުމްލަ 8 ގައުމަކުން މި މުބާރާތުގައި ބައިވެރިވިއިރު، ރާއްޖެ އޮތީ ޕޫލް ބީގައެވެ. ރާއްޖެއާއެކު އެ ޕޫލްގައި އޮތީ އުޒްބަކިސްތާން، ކަޒަކިސްތާން އަދި ސްރީލަންކާއެވެ. ޕޫލް އޭގައި އޮތީ ކިރްގިސްތާން، ބަންގްލަދޭޝް، އިންޑިއާ އަދި މުބާރާތް ކުރިޔަށް ދާ ގައުމުކަމަށްވާ ނޭޕާލްއެވެ.

ގައުމީ ޓީމުން ނޭޕާލަށް ފުރީ، ރާއްޖޭގައި ގިނަ ފަރިތަކުރުންތަކެއް ފުރިހަމަ ކުރުމަށްފަހުއެވެ. ފޯނޭޝަންސް ކަޕަށްފަހު، ގަައުމީ އަންހެން ވޮލީ ޓީމަށް ކޯޗަކަށް ގެނައީ ތައިލެންޑުގެ ތަޖުރިބާކާރު ކޯޗު ވިޗީޕޮން ފޯންޗާޓްޔިންޗީޕްއެވެ. އޭނާ ވަނީ މީގެކުރިން ތައިލެންޑްގެ ޔޫތު ޓީމްތަކާއި, ވިއެޓްނާމް ގައުމީ ޓީމަށްވެސް އިރުޝާދު ދީފައެވެ.

މި އަހަރު ކުރީކޮޅު ރާއްޖޭގައި އޮތް ފޯނޭޝަންސް ކަޕުގައި ރާއްޖޭގެ އަންހެން ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ރިހި މެޑަލް ހޯދާފައެވެ. އެ މުބާރާތުން ލިބުނު ހިތްވަރާއި ތަޖުރިބާއާއެކު ގައުމީ ޓީމުން މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރޭނެކަމަށް ބެލެވެއެވެ. 22 ވަނަ ދުވަހު މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ.

ކާވާވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް