Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކާވާ 23 އަހަރުން ދަށުގެ ވޮލީ މުބާރާތް

ކާވާ 23 އަހަރުން ދަށުގެ މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓަކަށް ރާއްޖޭގެ ތުއްތުކޯ

13 ޑިސެމްބަރު 2022 | އަންގާރަ 08:16

މިއީ ރާއްޖޭގެ ވޮލީބޯޅައިގައި މަސައްކަތް ކުރާ ފަރާތަކަށް މިފަދަ އިސް ޒިންމާއެއް ލިބުނު ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޑިސެމްބަރު 2022 | އަންގާރަ 08:16
ރާއްޖޭގެ ވޮލީ ރެފްރީ ތުއްތުކޯ

ރާއްޖޭގެ ވޮލީ ރެފްރީ ތުއްތުކޯ

ސެންޓްރަލް އޭޝިއަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ) އިން އިންތިޒާމުކޮށްގެން ބާއްވާ 23 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓަކަށް ރާއްޖޭގެ ވޮލީ ރެފްރީ އަޙުމަދު ނަޝީދު (ތުއްތުކޯ) ހަމަޖައްސައިފިއެވެ.

މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 22 އިން 26 އަށް ބަންގްލަދޭޝްގެ ޑާކާގައެވެ. ތުއްތުކޯ އަކީ ވޮލީބޯޅައިގެ މައި އިދާރާ (އެފްއައިވީބީ)ގެ ރެފްރީއެއްގެ އިތުރުން ރާއްޖޭގެ ރެފްރީސް ކޮމެޓީގެ ވެސް ޗެއާއެވެ. މި މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓްގެ ހައިސިއްޔަތުން ތުއްތުކޯގެ މަސައްކަތަކަށްވާނީ މުބާރާތް ރާވާ، އިންތިޒާމުކޮށް ހިންގުމެވެ. މިއީ ރާއްޖޭގެ ވޮލީބޯޅައިގައި މަސައްކަތް ކުރާ ފަރާތަކަށް މިފަދަ އިސް ޒިންމާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ތުއްތުކޯ އަކީ ޤައުމީ ފެންވަރުގެ ބޯޑެތި މުބާރާތްތަކުގައި ވެސް ރެފްރީކަން ކުރަމުން އަންނަ ޖެހިލުން ކުޑަ ރެފްރީއެކެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ބޮޑެތި މުބާރާތްތަކުގައި ވެސް ތުއްތުކޯ ވަނީ ރެފްރީކަން ކޮށްފައެވެ. އޭގެ ތެރޭގައި ދާދި ފަހުން ޕާކިސްތާންގެ ލާހޯރުގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއާ ވޮލީބޯލް ޗެމްޕިއަންޝިޕް ހިމެނެއެވެ. އެ މުބާރާތުގެ ފައިނަލް މެޗުގެ ރެފްރީކަން ވެސް ތުއްތުކޯ ވަނީ ކޮށްފައެވެ.

ތުއްތުކޯ އަކީ ވޮލީގެ ރެފްރީއެއްގެ އިތުރުން ވޮލީ ބޯޅަ ކުރިއެރުވުމަށް ވެސް ގިނަ ގުނަ މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ކާވާ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް