Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލަންކާގެ ބީޗް ވޮލީ މުބާރާތް

ލަންކާ ބީޗް ވޮލީ މުބާރަތަކީ ރޭންކިންގައި ކުރިއަށްދާން ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް: ލަތީފް

އަންހެން ޑިވިޝަނުގައި ތިން ގައުމަކުން ހަ ޓީމެއް ވަނީ ބައިވެރިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2022 | ހޯމަ 17:08
ގައުމީ ބީޗް ވޮލީ މުބާރާތުގެ ތެރެއިން

ގައުމީ ބީޗް ވޮލީ މުބާރާތުގެ ތެރެއިން

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ލަންކާގައި ބާއްވާ ބީޗް ވޮލީބޯޅަ މުބާރާތަކީ ރޭންކިންގައި ކުރިއަށްދާން ރާއްޖޭގެ ކުޅުންތެރިންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެ އިދާރާގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަންކާގައި އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ފަށާ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ އެފްއައިވީބީގެ އެޕްރޫވަލް މިހާރު ވަނީ ލިބިފައެވެ. އެއާއެކު އެ މުބާރާތުގެ ފެންވަރު އެތައް ގޮތަކުން މަތިވާނެއެވެ. އަދި އެ މުބާރާތަކީ އެފްއައިވީބީ ރޭންކިންގެ ޕޮއިންޓް ކުޅުންތެރިންނަށް ލިބޭނެ މުބާރާތެކެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ލަތީފް ވިދާޅުވީ މިއީ ކާވާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ އެފްއައިވީބީގެ އެޕްރޫވަލްއާއެކު ބާއްވާ މުބާރާތް ކަމަށެވެ. އަދި މިއީ ބީޗް ވޮލީބޯޅަ ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ދައްކައި، އެފްއައިވީބީގެ ރޭންކިން ޕޮއިންޓް އިތުރުކުރުމަށް ލިބިގެންދާނެ ބޮޑު ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ލަންކާގައި ބާއްވާ ވޮލީބޯޅަ މުބާރާތުގައި ފަސް ގައުމަކުން 10 ޓީމު ފިރިހެން ޑިވިޝަނުގައި ބައިވެރިވާނެއެވެ. ކޮވިޑް-19 ގެ ޕެންޑަމިކާއެކު އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު މަދުވެފައިވާއިރު، މިހާރު މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ލަންކާ، ދިވެހިރާއްޖެ، ޕާކިސްތާން، އުޒްބެކިސްތާން އަދި އީރާނެވެ. އަދި އަންހެން ޑިވިޝަނުގައި ތިން ގައުމަކުން ހަ ޓީމު ވަނީ ބައިވެރިވެފައެވެ.

ލަތީފް ވިދާޅުވީ މިއަހަރު ރާއްޖޭގައިވެސް ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ މުބާރާތެއް ކާވާއިން ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އެ މުބާރާތަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެފްއައިވީބީ ރެކުއާމެންޓްސް ހަމަކޮށްފިނަމަ، އެ ޖަމިއްޔާގެ އެޕްރޫވަލްއާއެކު ކުޅެވިގެންދާނެ މުބާރާތެއް ކަމަށެވެ.

އެފްއައިވީބީ އެޕްރޫވް މުބާރާތެއް ފުރަތަމަ ފަހަރަށް ކާވާއިން ބޭއްވުން އެއީ ސެންޓްރަލް އޭޝިއާ ޒޯނުގެ ގައުމުތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީގެ ސިއްރަކީ ސެންޓްރަލް ޒޯނުގައި ހިމެނޭ 14 ގައުމުގެ އެކުވެރިކަމާއި ކާވާގެ މިހާރުގެ ހިންގުންތެރިންގެ މަސައްކަތް ކަަމަށް ލަތީފް ވިދާޅުވިއެވެ. އަދި ކާވާއިން މިހާރު މަސައްކަތް ކުރަނީ އެ އެސޯސިއޭޝަނުގެ މުބާރާތްތަކަކީ ބްރޭންޑްތަކެއްގެ ގޮތުގައި ހެދުމަށް ކަމަށާއި، އޭރުން ލިބޭ ސްޕޮންސަރުން ލިބި މުބާރާތުގެ ފެންވަރު ރަނގަޅުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ބީޗް ވޮލީބޯޅައިގައި ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އެފްއައިވީބީގައި ރޭންކް ކުރެވިފައިވާ ކުޅުންތެރިންނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާ ކަމަށްވާ އިސްމާޢީލް ސާޖިދު (ކުޑަ ކާއްޓޭ) އާއި، އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) ގައި މެޑަލް ހޯދި އާދަމް ނަސީމް (އެޑަމާ) އެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)މުޙައްމަދު ލަތީފްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު