Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭވީސީ

އޭވީސީގެ ނައިބު ރައީސަކަށް ލަތީފް އިންތިޚާބު ކޮށްފި

ދެ ވަނަ ފަހަރަށް ވީއޭއެމްގެ ރައީސްކަން ކުރަމުން އަންނަ ލަތީފް އަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަން ވެސް ކުރަމުން އަންނަ ފަރާތެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2024 | ހޮނިހިރު 05:13
އޭވީސީގެ ޖެނަރަލް އެސެމްބްލީގައި ރާއްޖޭގެ މުޙައްމަދު ލަތީފް

އޭވީސީގެ ޖެނަރަލް އެސެމްބްލީގައި ރާއްޖޭގެ މުޙައްމަދު ލަތީފް

އޭޝިއަން ވޮލީބޯލް ކޮންފަޑަރޭޝަން (އޭވީސީ)ގެ ނައިބު ރައީސަކަށް، ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބު ކޮށްފި އެވެ.

ދެ ވަނަ ފަހަރަށް ވީއޭއެމްގެ ރައީސްކަން ކުރަމުން އަންނަ ލަތީފް އަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަން ވެސް ކުރަމުން އަންނަ ފަރާތެވެ. ކާވާގެ ރައީސްކަމުގައި ލަތީފް ފުރަމުން އަންނަނީ އޭނާގެ ދެ ވަނަ ދައުރެވެ.

އޭވީސީގެ އެގްޒެކްޓިވް ނައިބު ރައީސަކަށް ލަތީފް އިންތިޚާބު ކޮށްފައި ވަނީ ތައިލެންޑުގެ ބެންކޮކުގައި ކުރިއަށް ދިޔަ އޭވީސީގެ ޖެނަރަލް އެސެމްބްލީގަ އެވެ. އެ އެސެމްބްލީގައި ވަނީ އޭވީސީގެ ރައީސްކަމުގެ މަޤާމަށް ވެސް ބޭފުޅަކު އިންތިޚާބު ކޮށްފަ އެވެ. އެ މަޤާމަށް އިންތިޚާބުވީ 48 ވޯޓާ އެކު ރަމޮން ސުޒާރާ އެވެ. އޭނާ އަކީ ފިލިޕީންސް ވޮލީ ބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި ފަރާތެވެ.

އޭވީސީގެ އައު ދައުރުގެ ރައީސަކަށް ސުޒާރާ އިންތިޚާބުވީއިރު، ސީނިއާ ނައިބު ރައީސަކަށް އިންތިޚާބުވީ އޮސްޓްރޭލިއާގެ ކްރެއިގު ކެރަޗާ އެވެ. އެގްޒެކްޓިވް ނައިބު ރައީސަކަށް ލަތީފް އިންތިޚާބުވީއިރު، ޖެނަރަލް ސެކްރެޓަރީގެ މަޤާމަށް އިންތިޚާބުވީ ހިއު ގުރަހަމް އެވެ. ހަޒާންދާރުގެ މަޤާމަށް މަރީނާ ސުއީ އިންތިޚާބުވީއިރު، އިންޓާނަލް އޮޑިޓަރަކަށް އިންތިޚާބުވީ ޙަސަން އަލް ފްރާންސިނީ އެވެ.

އޭވީސީގެ އައު ދައުރުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު އެވެ.

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ)މުޙައްމަދު ލަތީފް

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2024

ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!

05 ފެބުރުއަރީ 2024
ކާވާގެ ރައީސްކަމަށް އަނެއްކާ ވެސް ލަތީފް!
04 ޖުލައި 2022

"ޖެހޭނީ ކަރު ބުރި ކޮށްލަން، މި ޙަރަކާތެއް ނުހުއްޓާނަން!"

04 ޖުލައި 2022
"ޖެހޭނީ ކަރު ބުރި ކޮށްލަން، މި ޙަރަކާތެއް ނުހުއްޓާނަން!"
31 ޖެނުއަރީ 2022

ލަންކާ ބީޗް ވޮލީ މުބާރަތަކީ ރޭންކިންގައި ކުރިއަށްދާން ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް: ލަތީފް

31 ޖެނުއަރީ 2022
ލަންކާ ބީޗް ވޮލީ މުބާރަތަކީ ރޭންކިންގައި ކުރިއަށްދާން ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް: ލަތީފް
11 ޖެނުއަރީ 2022

އޭޝިއާ ސަރަހައްދުގެ އެންމެ ފުރިހަމަ ރައީސަކަށް ލަތީފް

11 ޖެނުއަރީ 2022
އޭޝިއާ ސަރަހައްދުގެ އެންމެ ފުރިހަމަ ރައީސަކަށް ލަތީފް
13 ޖުލައި 2021

ވީއޭއެމްގެ އިސްތިއުނާފު މައްސަލައިގައި ކުރިއަށް ނުދާން ލަތީފް ނިންމަވައިފި

13 ޖުލައި 2021
ވީއޭއެމްގެ އިސްތިއުނާފު މައްސަލައިގައި ކުރިއަށް ނުދާން ލަތީފް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު