Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންގެ މައްސަލަ

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހިންގުނު އޮޕަރޭޝަންތަކުގައި 170ށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްލުމަށް ހަވާލުކުރެވިފައިވޭ: ފުލުހުން

ހަށިވިއްކުމުގެ ވިޔަފާރިއާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ފެބުރުއަރީ 2024 | ހޮނިހިރު 04:43
ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން- ފައިލް ފޮޓޯ

ފުލުހުން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން- ފައިލް ފޮޓޯ

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް ހިންގުނު އޮޕަރޭޝަންތަކުގައި 170ށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްލުމަށް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒު ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް ކަމާގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބިދޭސީންނާއި ގުޅިގެން ދިވެހިންގެ ބައެއް ފަރާތްތަކުން ހިންގާ ހަށިވިއްކުމުގެ އަމަލުތައް ހިންގަމުންދާ ކަމަށާއި، މި އަމަލު ހުއްޓުވުމަށް ވެސް ފުލުހުން ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނާފިޒު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް 13 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުގެ ދަށުން 173 މީހުން ރާއްޖެއިން ޑީޕޯޓު ކޮށްލުމަށް އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށް ނާފިޒު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަތައް ބޮޑެވެ. އެމީހުން ބައިވެރިގެން އެކިއެކި ވިޔަފާރިތައް ދަނީ ހިންގަމުންނެވެ. ދޭތެރެއިން ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމުގެ ތުހުމަތުގައި ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުކޮށްފައިވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާތީ، މި މައްސަލަތައް ހައްލު ކުރުމަށް ފުލުހުންނާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވެއެވެ. އަދި ބިދޭސީން ވިޔަފާރި ކުރާ މައްސަލައާ ގުޅިގެން އިގްތިސާދީ ތަރައްގީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ ވިޔަފާރި ހިންގުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ނުދޭނެ ކަމަށާއި، މާލޭގެ މާރުކޭޓުގައި ބިދޭސީންނަށް ވިޔަފާރި ކުރުމުގެ ހުއްދައެއް މާލެސިޓީ ކައުންސިލުން ނުދޭނެ ކަމަށެވެ. ވިޔަފާރިތައް ހިންގަނީ ދިވެއްސެއްގެ ނަން މަތީގައި ރަޖިސްޓްރީކޮށްގެންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިފަދަ ހާލަތުގައި އިންސްޕެކްޓް ކުރިނަމަވެސް އެއީ ދިވެއްސެއް ހިންގާ ވިޔަފާރިއެއްކަން ސާބިތުކޮށްދޭ ކަމަށާއި، ބިދޭސީ މީހާއަކީ މުވައްޒަފު މީހާ ކަމަށް އަންގާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރުމަށް ވެސް ދަތިތަކާއި ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް މި މައްސަލަ ހައްލު ކުރުމަށް ތަންފީޒީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށާއި، ގަވާއިދާއި ޚިލާފަށް ރާއްޖޭގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ޕޮލިސްމޯލްޑިވްސް ޕޮލިސް ސަރވިސްބިދޭސީން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު