Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިފަރު ފެނާ ނަރުދަމާ

ނައިފަރު ފެނާ ނަރުދަމާގެ ހިދުމަތް ލިބުމުގައްޔާއި ބޭނުންކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ރައްޔިތުންނަށް ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ވީހާ އަވަހަކަށް ހައްލުކޮށްދިނުމަށް ގޮވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ފެބުރުއަރީ 2023 | ހޯމަ 08:01
ނައިފަރުގެ ފެނުގެ ނިޒާމުގައި ބޭނުންކުރާ ސިސްޓަމް

ނައިފަރުގެ ފެނުގެ ނިޒާމުގައި ބޭނުންކުރާ ސިސްޓަމް

ޅ. ނައިފަރުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައިހުރި މައްސަލަތައް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ނައިފަރުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގައިހުރި މައްސަލަތައް ޙައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްއެވެ.

މެންބަރު ޝިޔާމް ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ ނައިފަރުގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވަނިކޮށް އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެލްއީ ޓްރިވެނީ ޖޭނީ އާއެކު ވެފައިވާ އެއްބަސްވުން 23 ޖެނުއަރީ 2020 ގައި ސަރުކާރުން އުވާލުމާއި ގުޅިގެން މަޝްރޫއުގެ މަސައްކަތް ހުއްޓި ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެތައް ދުވަހެއް ދިގުލައިގެން ގޮސް، އޭގެ އެތައް ދުވަހެއް ފަހުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސް ހިދުމަތްދޭން ފެށި ކަމަށެވެ.

އަދި މި މަޝްރޫއުގެ މަސައްކަތް ފުރިހަމަ ނުކޮށް ނިޒާމް އޮޕަރޭޓް ކުރުމަށް ފެނަކައާއި ހަވާލުކުރުމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތްދިނުމަށް ދަތިތައް ކުރިމަތިވެ، ރައްޔިތުންނަށް ހިދުމަތުގެ ފުރިހަމަ ބޭނުން ނުހިފޭތީއާއި، 6000ށް ވުރެ ގިނަ މީހުންގެ އާބާދީއަކަށް ފުރިހަމަ ނުވާ ނިޒާމަކުން ހިދުމަތް ދިނުމަށް ހުރި ދަތިތަކާއި ގުޅޭގޮތުން ފެނަކައިން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި އެގޮތުން އާރްއޯ ޕްލާންޓުން ދޫކުރާ ފެނުގައި ކުލައާއި ވަސް ހުންނާތީ މި ފެނަކީ ރާއްޖޭތެރި ފެނަށް ނުވުމާއި، ސިއްހީގޮތުން ވެސް މައްސަލަތަލެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމުންނާއި، އާރްއޯ ޕްލާންޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ޓެކްނިކަލް ކަންކަން ފުރިހަމަވެފައި ނެތުމާއި، އަދި އެ ޕްލާންޓުގެ މެއިންޓަނަންސަށް ބޭނުންވާ ވަސީލަތްތައް ލިބެން ނެތުމުގެ ސަބަބުން ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ފެންޕްލާންޓުން ފެންލީކުވެ ދަބަރުޖަހާފައިވުމާއި، ޕްލާންޓުން ފެން ދޫކުރުމަށް ގާއިމްކުރެވިފައިވާ ޕަމްޕް ސްޓޭޝަން ސަރވިސް ނުކުރެވި، އަދި ކްލޮރިން ހުސްވުންފަދަ އެތައް މައްސަލަތަކެއް ހުރުމުންނާއި، ފެން ގުޅާ ދިނުމަށް އެދިފައިވާ ގޭބީސީތަކަށް ފެންގުޅާ ދިނުމަށް ބެނުންވާ މެޓީރިއަލްސް ނެތްކަމަށް ގަރާރުގައި ބުނެފައިވެއެވެ.

އަދި ނަރުދަމާ ނިޒާމުގެ ނެޓްވޯކް ނޭޅޭ ސަރަހައްދުތައް ހުރުމާއި، މަގުމައްޗަށް ނަޖިސް ބޭރުވެ ވަސްދުވާ، ބަލިމަޑުކަމެއް އުފެދިދާނެ ކަމުގެ ބޮރު އޮތުމާއި، ނަރުދަމާ ބައެއް ސްޓާޓިން ލައިން ގޭބީސީތަކުގެ ލައިނަށްވުރެ ތިލަވުމުގެ ސަބަބުން ގޭބިސީގެ ކަނެޝަން ނުހެދުމާއި، ޕްރޮޖެކްޓުގައި ނަރުދަމާ ގުޅާދިނުމަށް އެދިފައިވާ ހިދުމަތް ނުދީހުރި ގޭބީސަތަކަށް ކަނެޝަން ދިނުމަށް ބޭނުންވާ މެޓީިއަލަސް ކޮންޓްރެކްޓަރ ފޯރުކޯށްދީފައިނުވާތީ އާއި، ނަރުދަމާ ނުގުޅި ހުރީ ކިތައް ގެއެއްކަން ލިޔެކިޔުމުން ވެސް ސާފު ނުވާ ކަމަށެވެ.

އަދި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި އެމްޑީޕީގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއާއި ދިމާކޮށް މިމަސައްކަތް ނިންމާ އޮޕަރޭޓަރާ ހަވާލުކުރި އިރު، މި މަޝްރޫއު ފުރިހަމަ ނުވާތީއާއި ފެނާ ނަރުދަމާ ނޭޅި އެތައް ގެއެއް ހުރުމާއެކު، ރައްޔިތުންނަށް ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގައި ކުރިމަތިވާ ދަތިތައް ވީހާ އަވަހަކަށް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ގަރާރު ހުށަހަޅާފައިވެއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމްޅ. ނައިފަރުފެނާއި ނަރުދަމާރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
16 އޮކްޓޯބަރު 2025

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު