Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނައިފަރު

މިއަހަރު ނައިފަރުގައި އިމާމުވެ ތަރާވީސް ކުރާނީ ކުޑަ ދެކުދިން

މިފަހަރު ނައިފަރުގެ މަސްޖިދުއްތަޤުވާގައި އިމާމުވެ ތަރާވީސް ކުރާނީ އަބްދުﷲ ހަޔާން ހަމީދު އާއި އާސިރު އާރިފު ޔޫސުފް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 މާރިޗު 2023 | ހުކުރު 07:15
ނައިފަރުގައި މިއަހަރު އިމާމުވެ ތަރާވީސް ކުރާ ދެ ކުދިން

ނައިފަރުގައި މިއަހަރު އިމާމުވެ ތަރާވީސް ކުރާ ދެ ކުދިން

މި ރޯދަ މަހު، ޅ. ނައިފަރުގައި އިމާމުވެ ތަރާވީސް ކުރުމުގައި އެ ރަށުގެ ކުޑަ ދެ ކުދިން ހަރަކާތްތެރިވާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

"ރާއްޖެ ޓީވީ"އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ މިއީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދޭ ފުރުސަތެއް ކަމަށެވެ. އެގޮތުން، މިއަހަރު އެ ރަށުގެ މަސްޖިދުއްތަޤުވާގައި ތަރާވީސް ނަމާދު ކުރާ ދެ ކުދިންނަކީ ވެސް ހިފްޒުކޮށް ތަރާވީސް ކުރާނެ ކުދިން ކަމަށާއި އެ ދެކުދިން މިދިޔަ އަހަރުގެ ރޯދަ މަހު އިމާމުވެ ދަމުނަމާދު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިފަހަރު ނައިފަރުގެ މަސްޖިދުއްތަޤުވާގައި އިމާމުވެ ތަރާވީސް ކުރާނީ އެ ރަށު މަދުރަސަތުލް އިފްތިތާހުގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އުމުރުން 14 އަހަރުގެ އަބްދުﷲ ހަޔާން ހަމީދު އާއި އާސިރު އާރިފު ޔޫސުފްއެވެ.

މުޙައްމަދު ވިދާޅުވީ މިއަހަރު ތަރާވީސް ނަމާދު ކުރާނެ ބަޔަކު ހޯދި އިރު ބެލީ ރަށުން ބޭރުން މީހުން ނުގެނެސް ރަށުން އެކަން ކުރާނެ މީހުން ހޯދުމަށް ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ވެސް ފުރުސަތު ދިނުމަށް ސްކޫލް ކުދިންގެ ކެޓަގަރީއެއް ހިމެނޭހެން އެ ފުރުސަތު ހުޅުވާލި ކަމަށާއި އެ ފުރުސަތުގައި ހަޔާން އާއި އާސިރު ޝައުގުވެރިކަން ފާޅު ކުރި ކަމަށެވެ. އަދި އެ ދެ ކުދިންނާ މަޝްވަރާކޮށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން ދެ ކުދިންވެސް ދީފައިވާ ކަމަށާއި އެހެންވެ އެ ދެ ކުދިންނަށް އެ ފުރުސަތު ދޭން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަޔާން އާއި އާސިރަކީ ނައިފަރުގައި އަމިއްލަ ފަރާތެއް ކަމަށްވާ އައްޝެއިޚް އަލްހާފިޒް އަހުމަދު ނާޒިލް ހިންގަމުންގެންދަވާ ހިފްޒު ކްލާހެއްގައި ތަމްރީންވަމުން އަންނަ ދެ ދަރިވަރުންވެސްމެއެވެ. އެހެންކަމުން އެ ކުދިންނަށް ހިފްޒުކޮށް ތަރާވީސް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

ހަޔާން އާއި އާސިރަކީ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ވަނަތަނައް ވެސް ހާސިލް ކުރަމުން އަންނަ ދަރިވަރުންތަކެކެވެ.

މިއަހަރު ނައިފަރުގެ ހުރިހާ މިސްކިތެއްގައި ވެސް އިމާމުވެ ނަމާދު ކުރާނީ އެ ރަށުގެ މީހުންނެވެ. އަދި އިމާމުވެ ދަމުނަމާދު ކުރާނީ އެ ރަށުގެ ހިފްޒު ކުލާހުގެ ކުދިންނެވެ. އެގޮތުން މިއަހަރުގެ ދަމުނަމާދު ކުރުމަށް ހަތް ކުއްޖަކު ތަމްރީން ކުރަމުންދާ ކަމަށް މުޙައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށުގައި ހާފިޒުން އިތުރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ރަށުގެ ރައްޔިތުންނާއި ހިފްޒު ކްލާސް ހިންގަމުން އަންނަ ނާޒިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ.

ޅ. ނައިފަރުރަމަޟާން 1444

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

އުރީދޫގެ 7 ވަނަ އުމްރާ ލިބުނު ފަރާތަކަށް ހުއްރިއްޔަތު

10 ސެޕްޓެމްބަރު 2025
ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

ނައިފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި

30 އެޕްރީލު 2024
ނައިފަރުގައި ކަރަންޓު ކެނޑޭތާ ދެ ދުވަސް، ހައްލެއް ނުލިބޭ

ނައިފަރުގައި ކަރަންޓު ކެނޑޭތާ ދެ ދުވަސް، ހައްލެއް ނުލިބޭ

02 ފެބުރުއަރީ 2024
ނައިފަރުން ގެއްލުނު ކުއްޖާ ފަސް ދުވަސް ފަހުން ފެނިއްޖެ

ނައިފަރުން ގެއްލުނު ކުއްޖާ ފަސް ދުވަސް ފަހުން ފެނިއްޖެ

02 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު