Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޖީ ޝަމީމަށް ދިން ހަމަލާ

" ޕީޖީ ޝަމީމަށް ދިން ހަމަލާގެ މައުލޫމާތު ފުލުހުންގެ އިންޓެލެޖެންސަށް ލިބިފައެއް ނުވޭ "

ކިއުރިޓީ އާއި މެދު މިހާރު ގެންގުޅޭ ނިޒާމް ރިވިއުކުރައްވާނެ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 09:39
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ދުރާލާ އެއްވެސް ވަރަކަށް ފުލުހުންނަށް ލިބިފައި ނުވާ ކަަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު އެފަދައިން ވިދާޅުވީ ބުދަ ދުވަހު ޕީޖީ ޝަމީމަށް ދިން ހަމަލާ އާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޝުޖާއު ވިދާޅުވީ ރާއްޖޭގައި ހިނގާ އެފަދަ ކަންތައްތަކަކީ ފުލުހުން ކަންބޮޑުވާ ކަމެއް ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސާއި އެހެން ގޮތް ގޮތުން ވެސް މައުލޫމާތު ހޯދާ އެ މައުލޫމާތުގެ އަލީގައި އެފަދަ ކަންކަން ހުއްޓުވުމަކީ ފުލުހުން އަބަދުވެސް ކުރާ ކަމެއް ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ބައެއް ކަންކަމަކީ ފުލުހުންނަށް ވެސް ނޭނގި ހިނގާ ކަންކަންކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ސީޕީ ވިދާޅުވީ ސީޕީ ވަނީ ފުލުހުން ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތުން އެ ސެކިއުރިޓީ ދެވޭ ފަރާތާއި މެދު އަމަލުކުރަން ޖެހޭ އުސޫލުތައް ހުންނަ ކަމަށެވެ. އެހެންކަމުން ސެކިއުރިޓީ ދޭ ފަރާތާއި ޚިދުމަތް ދޭ ފަރާތުން ވެސް އުސޫލާއި އެއްގޮތަށް ކަންކަންކުރުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސެކިއުރިޓީ އާއި މެދު މިހާރު ގެންގުޅޭ ނިޒާމް ރިވިއުކުރައްވާނެ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ސީޕީ މިފަދައިން ވިދާޅުވެފައި ވާއިރު ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވެސް ވަނީ ހުށަހަޅާފައެވެ.

މި މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ހަސަން ލަތީފް ފޮނުއްވި ސިޓިގައި ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕީޖީ ހުސައިން ޝަމީމަށް މާލޭގެ މަގުމަތިން ނުރައްކާތެރި ހަމަލާއެއް ދީފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެތަހުގީގު ނިންމާލަން ކަށަވަރު ކުރުމަށްޓަކައި އެ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމީޓީއަށް ހުށަހަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ބުދަ ދުވަހުގެ ހެނދުނު ދީފައިވާ ނުރައްކާތެރި ހަމަލާގެ ތަޙްޤީޤު ފުލުހުން ގެންދާގޮތް ބެލުމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަމީމަށް ހަމަލާދިނުންޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްމޯލްޑިވްސް ޕޮލިސް ސަރވިސްކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު