Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އީރާނާއި އެމެރިކާގެ މައްސަލަ

އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށަނީތަ؟

އީރާނަކީ އެމެރިކާއިން އެންމެ ވަރުގަދަ ހަތުރުންގެ ގޮތުގައި ސިފަ ކުރާ އެއް ޤައުމު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 09:35
މީގެ ކުރިން ބައިޑަން ވަނީ، އީރާނުގެ އެއްބާރުލުން ލިބިގެން ހަރަކާތްތެރިވާ ގުރޫޕުތަކަށް ސީދާ ރައްދު ޙަމަލާތައް ދިނުމަށް ޢަމުރު ކުރައްވާފައި

މީގެ ކުރިން ބައިޑަން ވަނީ، އީރާނުގެ އެއްބާރުލުން ލިބިގެން ހަރަކާތްތެރިވާ ގުރޫޕުތަކަށް ސީދާ ރައްދު ޙަމަލާތައް ދިނުމަށް ޢަމުރު ކުރައްވާފައި

މެދުއިރުމަތީގައި ހަމަނުޖެހުންތަކެއް އުފެދި، ކުރިމަތިލުންތަކެއް ހިންގަން ފަށާ ހިސާބުން ރޯވެފައި ވާ އަލިފާންގަނޑަށް ދަރު އަޅާ ބަޔަކީ އެމެރިކާ ކަމަށް ބުނާ ވާހަކައަކީ އެތައް ބަޔަކު އިއްތިފާޤުވާނެ ޙަޤީޤަތެކެވެ. މެދުއިރުމަތީގެ މަސްރަޙަށް އަރާ ކޮންމެ ލޮޅުމެއްގެ އަޑީގައިވެސް ގިނަ ފަހަރު އޮންނަނީ އެމެރިކާއެވެ. ނުވަތަ އެމެރިކާގެ ޚާރިޖީ ސިޔާސަތުން އެއްލާ ގިނިކަންޏެކެވެ. މި ދުވަސްވަރަކީވެސް މެދުއިރުމަތީގެ މަސްރަޙު އިންތިހާއަށް ނުތަނަވަސްވެފައި ވާ ދުވަސްވަރަކަށް ވާ އިރު، އެމެރިކާއިން އަނެއްކާވެސް ދަނީ ހުޅުގަނޑު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ ތުހުމަތުތަކަށް އެމެރިކާއިން ފާޅުގައި ކުރަނީ އިންކާރެވެ.

ޖެނުއަރީ 29، 2024 ވީ ހޯމަ ދުވަހު ވައިޓްހައުސް އިން ވަނީ އީރާނާ ދެކޮޅަށް ހަނގުރާމައެއް ކުރާނެ ފުރުޞަތަކަށް އެމެރިކާއިން އޮތީ ބަލަބަލާ ނޫން ކަމަށާ، ނުވިތާކަށް މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރަށް ގޯސް ކުރުމުގެ ފިކުރެއްވެސް އެ ޤައުމުގައި ނެތް ކަމަށެވެ.

އެމެރިކާއިން މިފަދަ ރޫޙެއްގައި ވާހަކަދައްކާފައި މި ވަނީ، އާދީއްތަ ދުވަހު މެދުއިރުމަތީގައި ދިން ޙަމަލާއެއްގައި އެމެރިކާ އަސްކަރިއްޔާގެ 3 މީހެއްގެ ފުރާނަ ގެއްލި، އިތުރު 40 މީހަކު ޒަޚަމްވެފައި ވަނިކޮށެވެ. މިއީ އޮކްޓޯބަރ 7 ވަނަ ދުވަހު އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ޤަތުލުޢާންމު ހިންގަން ފެށިފަހުން މެދުއިރުމަތީގައި އުފެދިފައި އޮތް ނުތަނަވަސްކަމުގެ ތެރެއިން އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް ދިން އެންމެ ގެއްލުންދެނިވި ޙަމަލާއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ވައިޓްހައުސް ތަރުޖަމާނު، ޖޯން ކަރބީ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއަށް ދިން ޙަމަލާގެ ރައްދު، އެމެރިކާއިން ދޭނެ ގޮތަކާ މެދު ރައީސް ޖޯ ބައިޑަން ވިސްނަވަމުން ގެންދަވާ ކަމަށެވެ.

ޑްރޯން ބޭނުންކޮށްގެން ދިން ޙަމަލާގައި މަރުވެފައި ވަނީ އެމެރިކާ އަސްކަރިއްޔާގެ ސްޕެޝަލިސްޓުން ކަމަށް ވާ ކެނެޑީ ލޭޑަން ސޭންޑަރޒް، 24، ބްރިއޯނާ އެލެކްޒޯންޑްރިއާ މޮފެޓް، 23، އަދި ސަރޖަންޓް ވިލިއަމް ޖެރޯމް ރިވަރޒް، ،46 އެވެ.

ޙަމަލާ ޢަމާޒުވުމާއެކު އެންމެ ފުރަތަމަވެސް ތުހުމަތުގެ އިނގިލި ޢަމާޒު ކުރީ އީރާނަށެވެ. އީރާނަކީ އެމެރިކާއިން އެންމެ ވަރުގަދަ ހަތުރުންގެ ގޮތުގައި ސިފަ ކުރާ އެއް ޤައުމެވެ. މީގެ ކުރިން ބައިޑަން ވަނީ، އީރާނުގެ އެއްބާރުލުން ލިބިގެން ހަރަކާތްތެރިވާ ގުރޫޕުތަކަށް ސީދާ ރައްދު ޙަމަލާތައް ދިނުމަށް ޢަމުރު ކުރައްވާފައެވެ. ނަމަވެސް، މި ފަހަކަށް އައިސް، ސީދާ އީރާނަށް ޙަމަލާތައް ޢަމާޒު ކުރުން، ބައިޑަން ވަނީ މަޑުޖައްސާލައްވާފައެވެ.

އެމެރިކާއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު