Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިންސާނެއްގެ ސިކުނޑީގައި ޗިޕްއެއް ހަރުކުރުން

ޚިޔާލާއި ވިސްނުމުގެ އެހީގައި ޑިވައިސްތައް ކޮންޓްރޯލް ކުރާ ޗިޕެއް، އިންސާނެއްގެ ސިކުނޑީގައި ހަރުކޮށްފި!

އިންސާނުންގެ ހަށިގަނޑުގެ ޗިޕް ޓެސްޓު ކުރާނެކަން ނިއުރަލިންކްއިން ހާމަ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 08:39
ފުރަތަމަ އޮޕަރޭޝަނަށް ފަހު ލިބެމުންދާ ފުރަތަމަ ނަތީޖާތައްވެސް ވަރަށް ކާމިޔާބު ކަމަށް މަސްކު ވަނީ އެކްސްގައި ހާމަކޮށްފައި

ފުރަތަމަ އޮޕަރޭޝަނަށް ފަހު ލިބެމުންދާ ފުރަތަމަ ނަތީޖާތައްވެސް ވަރަށް ކާމިޔާބު ކަމަށް މަސްކު ވަނީ އެކްސްގައި ހާމަކޮށްފައި

ސައެންސްއާއި ޓެކްނޮލޮޖީގެ ރޮނގުން ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އަދުގެ ދުނިޔޭގައި އާދަޔާ ޚިލާފު، އިންޤިލާބީ ކުރިއެރުންތަކެއް ހާސިލު ކުރަމުން ދާ އެކަކީ، މަޝްހޫރު ބިލިއަނަރު އީލޯން މަސްކުއެވެ. އިންޤިލާބީ އީޖާދުތަކުގެ މޭރުމުން މަސްކުގެ ނަން އަނެއްކާވެސް އިވިގެން ދިޔައީ އޭނާގެ ނިއުރަލިންކްއިން ފުރަތަމަ ފަހަރަށް، އިންސާނެއްގެ ސިކުނޑީގައި ޗިޕްއެއް ހަރުކޮށްގެންނެވެ.

މަސްކުގެ މިލްކުވެރިކަމުގެ ދަށުގައި މިހާރު އޮތް 'އެކްސް' ނުވަތަ ކުރީގެ ޓްވިޓަރއަށް އޭނާ ދޫކޮށްލި ޕޯސްޓެއްގައި ބުނެފައި ވަނީ، ނިއުރަލިންކްގެ ޗިޕް ހަރުކުރުމަށް ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށާ، ޕޭޝަންޓްވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

'ޓެލެޕަތީ'ގެ ނަން ދީފައި ވާ ޗިޕް، އިންސާނެއްގެ ސިކުނޑީގައި ހަރުކޮށްގެން ޓެސްޓު ކުރުމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ނިއުރަލިންކަށް ހުއްދަ ދިނީ މިދިޔަ އަހަރުއެވެ.

އިންސާނުންގެ ހަށިގަނޑުގެ ޗިޕް ޓެސްޓު ކުރާނެކަން ނިއުރަލިންކްއިން ހާމަ ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

'ޓެލެޕަތީ' ފަރުމާ ކޮށްފައި ވަނީ ހަތަރެސް ފައިގެ ވާގި ނެތިފާ މީހުންނަށް ހާއްސަކޮށްގެންނެވެ. އެގޮތުން ސިކުނޑިއަށް ލައްވާ ޗިޕްއެއްގެ އެހީގައި، އޭނާގެ ޚިޔާލާއި ވިސްނުމަށް އަންނަ ކަންކަން ދެނެގަނެ، ޓެކްނޮލޮޖީގެ ޑިވައިސްތައް ކޮންޓްރޯލު ކުރުމުގެ ބާރު، އެމީހަކަށް ލިބުމަކީ ޗިޕްގެ މަޤްޞަދެވެ.

އިންތިހާ ހިމަ ރޮދިތަކެއްގެ މައްޗަށް އެކުލެވޭ ޗިޕް، އިންސާނާގެ ސިކުނޑީގައި ހަރުކުރަނީ، ނުވަތަ ސިކުނޑިއަށް ލައްވަނީ، ނިއުރަލިންކުން ސީދާ އެކަމަށް ޚާއްޞަކޮށްގެން އުފައްދާފައި ވާ ރޮބޮޓެއްގެ އެހީގައި ކުރާ އޮޕަރޭޝަނަކުންނެވެ.

ފުރަތަމަ އޮޕަރޭޝަނަށް ފަހު ލިބެމުންދާ ފުރަތަމަ ނަތީޖާތައްވެސް ވަރަށް ކާމިޔާބު ކަމަށް މަސްކު ވަނީ އެކްސްގައި ހާމަކޮށްފައެވެ.

މަސްކުގެ ޑިވައިސްގެ މަސައްކަތް ކާމިޔާބުވުން ވެގެންދާނީ، ހަތަރެސްފައިން ވާގި ގޮސްފައި ވާ މީހުންނަށް އުންމީދު އައު ކޮށްދެނިވި ކަމަކަށެވެ. ބަރު މެޝިންތަކާއި އެތައް ވާތަކެއްގެ ގުޅައިގެން އަތްފައި ހަރަކާތްކޮށްލެވުމުގެ ބަދަލުގައި، ނުވަތަ އެހެން މީހެއްގެ އެހީއާ ނުލާ އަމިއްލަ ފޯނަށްވެސް ޖަވާބު ނުދެވޭ ޙާލަތުގައި އޮތް މީހަކަށް، 'ޓެލެޕަތީ'ގެ ސަބަބުން، ޢާންމު ދިރިއުޅުމަށް އެތައް ލުއި ފަސޭހަ ކަމެއް ލިބިގެން ދާނެއެވެ.

ނިއުރަލިންކް ކުންފުންޏަކީ އެމެރިކާގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ޤަވައިދުތަކާ ޚިލާފުވެގެން ޖޫރިމަނާ ކޮށްފައި ވާ ކުންފުންޏެކެވެ. ނިއުރަލިންކް ޖޫރިމަނާ ކުރީ، ފުރާނައަށް ނުރައްކާ ވާ މާއްދާތައް އެއްތަނުން އަނެއް ތަނުން އުފުލުމުގެ އުސޫލުތަކާ ޚިލާފުވެގެންނެވެ. އެގޮތުން ނިއުރަލިންކްއަކީ ފުރާނައަށް ނުރައްކާ ވާ ބާވަތްތައް އުފުލާ ކުންފުންޏެއްގެ ގޮތުގައި ދަފުތަރު ކުރުމަށް އެ ކުންފުނި ފެއިލްވިކަން، ފެބުރުއަރީ 2023ގައި ހިންގި ތަޙުޤީޤުތަކުން ވަނީ ހާމަވެފައެވެ. އަދި ފުރާނައަށް ނުރައްކާވާ ބާވަތްތައް ބަންދު ކުރުމުގައިވެސް ނިއުރަލިންކުން ފަރުވާ ކުޑަކޮށްފައި ވާ ކަން ވަނީ ހާމަވެފައެވެ. އެ ބާވަތްތަކަކާ މެދު ނިއުރަލިންކުން ފަރުވާ ކުޑަ ކުރި ބާވަތްތަކަކީ، އިންސާނުންގެ ހަށިގަނޑަށް އެ މާއްދާތަކުގެ އަސަރު ކޮށްފިނަމަ ބޮލުގައި ރިއްސުމާއި، ބޯ އެނބުރުމާއި، ވާނުވާ ނޭނގުމާއި، އަތްފައިގެ މަސްތަކުގެ ކޮންޓްރޯލް ގެއްލުމުގެ އިތުރުން ފުރާނަ ގެއްލި ދިއުމުގެ ނުރައްކަލަށްވެސް މީހާ ހުށަހަޅާ ވަރުގެ ބާވަތްތަކެކެވެ.

އިންސާނެއްގެ ސިކުނޑީގައި ޗިޕްއެއް ހަރުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނދަށް ކިހާ އިރެއް؟ އެކަމުގެ ކޮންޓްރޯލްވެސް އެމެރިކާއަށް؟

ހަނދަށް ކިހާ އިރެއް؟ އެކަމުގެ ކޮންޓްރޯލްވެސް އެމެރިކާއަށް؟

06 އެޕްރީލު 2024
ސޯނޫ ސޫދްގެ އެހީގައި ކިރިގިސްތާންގައި ތިބި ކިޔަވާ ކުދިން އިންޑިއާއަށް ގެންދަނީ

ސޯނޫ ސޫދްގެ އެހީގައި ކިރިގިސްތާންގައި ތިބި ކިޔަވާ ކުދިން އިންޑިއާއަށް ގެންދަނީ

21 ޖުލައި 2020
މިސްރުގައި ވަރި ކޮންޓްރޯލް ކުރުމަށް ކޮފީ ޝޮޕްތައް ދަންވަރަށް ބަންދު ކުރަނީ

މިސްރުގައި ވަރި ކޮންޓްރޯލް ކުރުމަށް ކޮފީ ޝޮޕްތައް ދަންވަރަށް ބަންދު ކުރަނީ

01 އޯގަސްޓު 2019

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު