Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ތެރޭގައި ހިނގި ހަމަނުޖެހުންތައް

މަޖިލިސް ތެރޭގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އާއްމުންނާއި މެންބަރު ޝަހީމްގެ ކިބައިން އީސަ މަޢާފަށް އެދިވަޑައިގަންނަވައިފި

1 ފެބުރުއަރީ 2024 | ބުރާސްފަތި 03:02

އެ ދެވަހު މަޖިލީހުގައި ހިނގިކަންކަމަކީ ވަރަށް ދުރާލާ ރާވައިގެން ބަޔަކު ސިޔާސީ މަޤްސަދެއްގައި ހިންގި ކަމެއް ކަަމަށް އީސަ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ފެބުރުއަރީ 2024 | ބުރާސްފަތި 03:02
މަޖިލިސް ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި މެންބަރު ޝަހީމްގެ ބޯ ފަޅައިގެން ގޮސްފައި

މަޖިލިސް ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި މެންބަރު ޝަހީމްގެ ބޯ ފަޅައިގެން ގޮސްފައި

ރައްޔިތުންގެ މަޖިލިސް ތެރޭގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އާއްމުންނާއި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމްގެ ކިބައިން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ މަޢާފަށް އެދިވަޑައިގަންނަވައިފިއެވެ.

އީސަ މަޢާފަށް އެދިވަޑައިގަތީ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިދިޔަ އާދީއްތަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓު ނަގަން ޝެޑިއުލްކުރިއެވެ. އެހެންނަމަވެސް އެ މަަސައްކަތް ކުރިއަށް ގެންދަން ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން ފުރުސަތެއް ނުދެއްވައެވެ. ޕީއެންސީ އާއި ޕީޕީއެމް އިން މަސައްކަތް ކުރީ މަޖިލިސް ކުރިއަށް ގެންދިޔަ ނުދިނުމަށެވެ. އެމްޑީޕީ އިން މަސައްކަތް ކުރީ ޖަލްސާ ކުރިއަށް ގެންދާށެވެ. މިއާއެކު މެންބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރިއެވެ. އަދި މަސްރަހު ހޫނުވެ ބައެއް މެންބަރުން އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ގައިކޮޅަށް އަތްލާ ހިސާބަށް ކަންކަން ދިޔައެވެ. އެގޮތުން މީސްމީޑިއާގައި ދައުރުވި ވީޑިއޯތަކުގެ ތެރޭގައި މެންބަރު އީސަ އާއި މެންބަރު ޝަހީމްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކުގެ ވީޑިއޯ ވެސް ހިމެނެއެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ޝަހީމް އޭޑީކޭއަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

ފަލަސުރުޚީގައި ވާހަކަދައްކަވަމުން އީސަ ވިދާޅުވީ މަޖިލީހުގައި އެ ދުވަހު ކަންކަން ހިނގި ގޮތް ހަމައެކަނި ދެތިން ވީޑިއޯއަކުން ސާފުކޮށް ނޭނގޭނެ ކަމަށެވެ. އެކަމުގެ ތެރޭގައި ހިނގި ކަންކަން ދެނެގަނެވޭނީ މަންޒަރު ހިނގާ ދިޔަ ގޮތް ފެށިގެން ނިމެންދެން ބެލީމަ ކަމަށާއި މަޖިލީހުގެ ސީސީޓީވީ ކެމެރާ އިން އެ ދުވަހު ކަން ހިނގި ގޮތް ވަރަށް ބޮޑަށް ސާފުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ދެވަހު މަޖިލީހުގައި ހިނގިކަންކަމަކީ ވަރަށް ދުރާލާ ރާވައިގެން ބަޔަކު ސިޔާސީ މަޤްސަދެއްގައި ހިންގި ކަމެއް ކަމަށް އީސަ ވަނީ ތުހުމަތުކުރައްވާފައެވެ. އީސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ހިނގާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ބައެއް ފަހަރު އާއްމު ރައްޔިތުން ބޭނުން ނުވާ މަންޒަރު މަޖިލީހުގެ ތެރެއިން ފެނިގެންދާ ކަމަށާއި އެކަމާއި ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އާއްމުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަަމަށް އީސަ ވިދާޅުވިއެވެ.

މެންބަރު އީސަ ވަނީ އެއްވެސް މެންބަރަކަށް އަނިޔާކުރުމުގެ މަޤްސަދުގައި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގައ މެންބަރުން ވަޒީރުންނަށް ރުހުން ދޭ ގޮތާއި މެދު ޖަވާބުދާރީވާން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެހެންނަމަވެސް އެތައް އިރަކު މަސައްކަތްކޮށްގެން ވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުލިބުނުކަމަށް އީސަ ވިދާޅުވިއެވެ. އަދި އެ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ސަރުކާރުގެ މެންބަރުން ފުރައްސާރަކުރިކަމަށް ވެސް އީސަ ވިދާޅުވިއެވެ.

މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެޓަރނީ ޖެނެރަލް އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރަށް ރުހުން ނުދޭން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމިއެވެ. ނަމަވެސް މިނިސްޓަރު ސައީދަށް ރުހުން ލިބުނެވެ. ބާކީ ތިން ބޭފުޅުންނަށް ރުހުން ނުލިބުނު ނަމަވެސް ސަރުކާރުން ވަނީ އެ ތިން ބޭފުޅުން އަލުން މަޤާމަށް އައްޔަނުކުރައްވާފައެެވެ. އަދި މިކަމާއި ގުޅިގެން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވެފައެވެ.

އަހުމަދު އީސަކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމްރައްޔިތުންގެ މަޖިލިސްވަޒީރުންނަށް ރުހުން ދިނުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް