Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯއްގަވާ ކެއްސުމުގެ އިތުރު ކޭސް ފެނުން

ގއ ވިލިނގިލިން އިތުރު މީހަކު ހޯއްގަވާ ކެއްސުމަށް ޕޮޒިޓިވްވެއްޖެ

ކޮންޓެކްޓުންގެ އަދަދު ވަނީ 177ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ފެބުރުއަރީ 2024 | ބުރާސްފަތި 01:52
ގއ. ވިލިނގިލި

ގއ. ވިލިނގިލި

ހޯއްގަވާ ކެއްސުމުގެ އިތުރު ކޭސް އެއް ގއ ވިލނގިލިން ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ހޯއްގަވާ ކެއްސުމުގެ އިތުރު ކޭސް އެއް ފެނިފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހުކަމަށެވެ. މިއާއެކު އެރަށުން ފެނުނު ހޯއްގަވާ ކޭސްތަކުގެ އަދަދު މިވަނީ 5ށް އަރާފައެވެ. އެ ބަލީގެ ކޭސްއެއް އެންމެ ފުރަތަމަ އެ ރަށުން ފެނިފައި ވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

އެޗްޕީއޭއިން ބުނީ ގއ.ވިލިނގިލީގައި ބަލި ފެތުރުން މަދުކުރުމަށް ގއ.އަތޮޅު ހޮސްޕިޓަލުގައި ޓާސްކް ފޯހެއް އެކުލަވާލައި، ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދެނެގަނެވިފައިވާ ކޮންޓެކްޓުންގެ އަދަދު ވަނީ 177ށް އަރާފައެވެ. އަލާމާތްތައް ހުރި 25 ކޭސް އެރަށުން ފެނިފައިވެއެވެ. ހައި ރިސްކު ދެ މީހުން އެބަތިއްބެވެ.

އެޗްޕީއޭއިން ބުނީ ހޯއްގަވާ ކެއްސުމާއި އެހެނިހެން އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް ގއ. ވިލިނގިލީ ޓާސްކްފޯސްގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް، ޞިއްޙީ ވުޒާރާ އާއި އެޗްޕީއޭ އަދި އައިޖީއެމްއެޗްގެ ފަންނީ ޓީމެއް ޖަނަވަރީ 31 ން ފެބުރުވަރީ 1 އަށް ގއ. ހޮސްޕިޓަލުގައި ހަރަކާތްތެރިވާނެކަމަށެވެ. މި ގޮތުން، ޓާސްކްފޯސްއާއި ބައްދަލުކޮށް ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ ކަންކަން މަޝްވަރާކޮށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ހައްލު ކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ލަފާދީފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށްގެން ކްލިނިކަލް މެނޭޖްމަންޓް ސެޝަނެއް ކުރިއަށްގެންގޮސް ކޮންޓެކްޓް ޓްރޭސިންނާއި ކޭސް އިންވެސްޓިގޭޝަނާ ބެހޭ ގޮތުން މަޢުލޫމާތުދީ ލަފާ ދީފައިވާކަމަށާއި ހޯއްގަވާ ކެއްސުމުގެ އިތުރުން އެހެނިހެން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް، ސްކޫލްގެ ބެލެނިވެރިންނަށާއި އާއްމުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ވެސް ބާއްވާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހޯއްގޮވާ ކެއްސުމާއި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް މާސްކް އަޅައިގެން އުޅުމަށާއި ހާއްސަކޮށް އަލާމާތެއް ހުރި ނަމަ މާސްކް އެޅުމަށާއި ސްކޫލަށާއި އޮފީހަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އަދި ބަލި މީހުން ގާތަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަގިނައިން އަތްދޮވުމަށާއި ސެނިޓައިޒް ކުރުމަށް ވަނީ އެދިފައެވެ.

އިންފްލުއެންޒާ އަދި ކޮވިޑް-19ގެ ވެކްސިން ޖެހުމަށާއި ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ހޯއްގޮވާ ކެއްސުން ވެކްސިން ފުރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭގއ. ވިލިނގިލި

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
08 ނޮވެމްބަރު 2025

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
20 ސެޕްޓެމްބަރު 2025

130 ކިލޯ ޑްރަގު އެތެރެކުރި މައްސަލާގައި ޝަހީބު އުމުރަށް ޖަލަށް

20 ސެޕްޓެމްބަރު 2025
130 ކިލޯ ޑްރަގު އެތެރެކުރި މައްސަލާގައި ޝަހީބު އުމުރަށް ޖަލަށް
20 ސެޕްޓެމްބަރު 2025

ހީއަކަށް ބަލާފަ މީހުން ހައްޔަރު ކުރުން، ބިރުބޮޑު ނުރައްކާތެރި ކަމެއް: އިމްތިޔާޒް ފަހުމީ

20 ސެޕްޓެމްބަރު 2025
ހީއަކަށް ބަލާފަ މީހުން ހައްޔަރު ކުރުން، ބިރުބޮޑު ނުރައްކާތެރި ކަމެއް: އިމްތިޔާޒް ފަހުމީ
19 ސެޕްޓެމްބަރު 2025

130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހިމެނޭ ޝަހީބު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި

19 ސެޕްޓެމްބަރު 2025
130 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހިމެނޭ ޝަހީބު އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފި
11 ސެޕްޓެމްބަރު 2025

ސިޔާސީ ބޭނުމަކަށް ހުސައިން ހައްޔަރުކުރުން ރައީސް ޞާލިހު ކުށްވެރިކުރައްވައިފި

11 ސެޕްޓެމްބަރު 2025
ސިޔާސީ ބޭނުމަކަށް ހުސައިން ހައްޔަރުކުރުން ރައީސް ޞާލިހު ކުށްވެރިކުރައްވައިފި
01 ސެޕްޓެމްބަރު 2025

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓުގެ ކެޕްޓަން ސައީދު މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓުގެ ކެޕްޓަން ސައީދު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު