Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންެގެ މަޖިލިސް

މަޖިލީހުގެ ފާޚާނާގައި ރޯކޮށްލީ ގަސްތުގައިކަމަށް ބައެއް މެންބަރުން ބުނޭ!

31 ޖުލައި 2017 | ހޯމަ 19:09

މިއީ މަޖިލީސް ޖަލްސާތައް ނުބޭއްވުމަށް ޖެއްސެވި މަޅިއެއްތޯ މެންބަރުން ސުވާލުކުރެއްވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 ޖުލައި 2017 | ހޯމަ 19:09
އަލިފާނުގެ ހާދިސާ ހިނގި ރައްޔިތުންގެ މަޖިލިސްގެ ފާޚާނާ

އަލިފާނުގެ ހާދިސާ ހިނގި ރައްޔިތުންގެ މަޖިލިސްގެ ފާޚާނާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއާ އަކީ އަންގާރަ ދުވަހު ބާއްވަން ތާވަލްކުރި މަޖިލީހުގެ ޖަލްސާ ކެންސަލް ކުރުމަށްޓަކައި ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

މަޖިލިސް ފާޚާނައިގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު ކުރެއްވި ޓްވީޓެއްގައި މިއީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ޖެއްސެވި މަޅިއެއްތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ފާޚާނާގައި ރޯވި ނަމަވެސް ޖަލްސާތައް ކުރިއަށް ނުގެންދެވޭވަރުގެ ގެއްލުމެއް އެތަނަށް ލިބިފައިނުވާކަން ފާހަގަކުރައްވާ މަޚްލޫފް ކުރެއްވި އިތުރު ޓުވީޓެއްގައި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ދިވެހި ފުލުހުންނާއި ސިފައިން އެ ހާދިސާ ހިނގިއިރު ކޮބައިތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ފާޚާނައިގައި ޤަސްތުގައި ބަޔަކު ރޯކޮށްލިކަމަށް ބެލެވޭކަމަށާއި ދިވެހި ފުލުހުން އަވަހަށް މިކަން ބައްލަވަން ޖެހޭނެކަމަށެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ، އަލިފާން ރޯވި ފާހާނާއަކީ މަޖިލީހުގެ ފިރިހެން މެމްބަރުން ބޭނުން ކުރައްވަމުން ގެންދަވާ ތަނެއް ކަމަށާއި ރޯވެފައިވަނީ ފާރުގައި ހަރުކޮށްފައި ހުރި ޓިޝޫ ކަރުދާސް އަޅާ އެއްޗެއްގައި ކަމަށެވެ. އަދި މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ސުވާލުކުރުމުން މޫސަ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި ފުލުހުން މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވެފައިވަނީ މިއީ ކަރަންޓުގެ މައްސަލައަކުން ހިނގި ކަމެއް ނޫންކަން ސްޓެލްކޯއިން ޔަގީންކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މަޖިލީހުގެ އިދާރާގެ ފާހާނާގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ އިރުއޮއްސި 6:00 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް