Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމިޝަނަރ އޮފް ސްޕޯޓްސް

ކުލަބުތަކުން ފައިސާ ބޭނުންކުރާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް ކޮމިޝަނުން އެދިއްޖެ

ފީފާ އަދި އޭއެފްސީން، އެފްއޭއެމް މެދުވެރިކޮށް 2020 ވަނަ އަހަރުން ފެށިގެން ލިބިފައިވާ ފައިސާގެ އަދަދާއި، އެ ފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް ހިއްސާ ކުރަން ވަނީ އެދިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ފެބުރުއަރީ 2024 | ބުރާސްފަތި 01:34
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ)

ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ)

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާރާ (އޭއެފްސީ) އިން ކުލަބުތަކަށް ދީފައިވާ ފައިސާގެ އަދަދާއި، އެ ފައިސާ ބޭނުންކޮށްފައިވާ ގޮތުގެ މައުލޫމާތު ހިއްސާ ކުރުމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް އިން އެދިއްޖެ އެވެ.

ސްޕޯޓްސް ކޮމިޝަނުން ވަނީ އެކަމަށް އެދި، ކުލަބުތަކަށް ވަކި ވަކިން ސިޓީ ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، ފީފާ އަދި އޭއެފްސީގެ ފަރާތުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މެދުވެރިކޮށް ކުލަބުތަކަށް ފައިސާ ލިބެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާ ޚަރަދު ކުރެވޭ ގޮތުގެ މައުލޫމާތު ފީފާ އާއި އޭއެފްސީގެ ޕޯޓަލަކަށް އަޕްލޯޑުކޮށް، އެފްއޭއެމް ލިބެމުންދާ ކަމުގެ މައުލޫމާތު ވެސް ލިބޭ ކަމަށް ބުނެފައިވެ އެވެ. ހަމައެހެންމެ، ކުލަބުތަކުން އެ ފައިސާ ބޭނުން ކުރާ ގޮތުގެ ރިޕޯޓެއް، ފީފާ އަދި އޭއެފްސީގެ ޕޯޓަލަކަށް އަޕްލޯޑު ކުރަމުން ދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ފީފާ އަދި އޭއެފްސީން، އެފްއޭއެމް މެދުވެރިކޮށް 2020 ވަނަ އަހަރުން ފެށިގެން ލިބިފައިވާ ފައިސާގެ އަދަދާއި، އެ ފައިސާ ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލް އަންނަ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ކޮމިޝަނަށް ހިއްސާ ކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެފްއޭއެމަށް އެކި ގޮތްގޮތަށް ލިބެމުން އަންނަ ފައިސާ އަށް، އެ އިދާާރާގެ އިސްވެރިން ޚިޔާނާތްތެރިވާ ކަމުގެ ތުހުމަތު ވަނީ މީގެ ކުރިން ކޮށްފަ އެވެ. އެފްއޭއެމްގެ މާލީ މައްސަލަ މިފަހުން އިންތިހާ އަށް ބޮޑުވެފައިވާއިރު، ހިންގުމުގައި ވެސް ވަނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ކޮމިޝަނަރ އޮފް ސްޕޯޓްސް

އިތުރަށް ކިޔާލަން

15 މެއި 2024

ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް

15 މެއި 2024
ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް
14 މާރިޗު 2024

ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!

14 މާރިޗު 2024
ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
15 ޖެނުއަރީ 2024

ކޮމިޝަނަރަށް ދައުވަތު ދީގެން ވެލެންސިއާގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް ބާއްވަނީ!

15 ޖެނުއަރީ 2024
ކޮމިޝަނަރަށް ދައުވަތު ދީގެން ވެލެންސިއާގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް ބާއްވަނީ!
28 ޑިސެމްބަރު 2023

ގަވާއިދާ ހިލާފުވުމުން، އެފްއޭއެމް އިންތިޙާބު ހުއްޓުވައިފި

28 ޑިސެމްބަރު 2023
ގަވާއިދާ ހިލާފުވުމުން، އެފްއޭއެމް އިންތިޙާބު ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު