Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު ވެލެންސިއާ

ކޮމިޝަނަރަށް ދައުވަތު ދީގެން ވެލެންސިއާގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް ބާއްވަނީ!

މިއީ މިހާރު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން، ސަސްޕެންޝަނަށް އަތުވެދާނެ ކަމުގެ ބިރު އޮތުމުން، ކުރިމަގާއި ސަޕޯޓަރުންގެ ޙައްގުގައި ނިންމި ނިންމުމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 12:34
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ)

ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް (ޠަލާ)

ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލް (ޠަލާ) އަށް ދައުވަތު ދެއްވައިގެން ކުލަބު ވެލެންސިއާގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މިކަން ހާމަކުރެއްވި ވެލެންސިއާގެ ނައިބު ރައީސް އިލްމާއު ޙުސެއިން އިބްރާހީމް (މައު) އަދި ޑައިރެކްޓަރ އޮފް ފައިނޭންސް ޙަސަން ވަޙީދު (ދޮނާ) އެވެ. އެ ދެ ބޭފުޅުން ވިދާޅުވި ގޮތުގައި މިއީ ވެލެންސިއާ އަށް މިހާރު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން، ކުލަބަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމުގެ ބިރު އޮތުމުން، ކުލަބުގެ ކުރިމަގާއި ސަޕޯޓަރުންގެ ޙައްގުގައި ނިންމި ނިންމުމެއް ކަމަށެވެ.

މީގެ ކުރިން ވެެލެންސިއާގެ ހިންގާ ކޮމެޓީން ވަނީ، އެ ކުލަބުގެ ޗެއާމަން ޢަބްދުﷲ އަޒްމީންގެ އިތުބާރު ނެތް ކަމަށް ވެސް ފާސްކޮށްފަ އެވެ. އަޒްމީންގެ އިތުބާރު ނެތް ކަމަށް ހިންގާ ކޮމެޓީގެ ފަސް މެމްބަރަކު ވަނީ ވޯޓު ދެއްވައިފަ އެވެ. ނަމަވެސް، އެ ނިންމުމުގެ ޞައްޙަކަމާމެދު ކޮމިޝަނަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އެގޮތުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ކޮމިޝަނަރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި އޮތީ، ވެެލެންސިއާގެ ޗެއާމަނަކީ އަޒްމީންކަމަށެވެ. އަދި އަޒްމީންގެ އިތުބާރު ނެތްކަމަށް ނިންމި ޖަލްސާގައި ފުށޫ އަރާ ކަންތައްތަކެއް ހުރިކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މައު އަދި ދޮނާ ވިދާޅުވީ، އެ ބައްދަލުވުމުގެ ޞައްޙަކަމާމެދު ކޮމިޝަނަރު ސުވާލު އުފައްދާތީ، ކޮމިޝަނަރަށް ދައުވަތު ދެއްވައިގެން އިތުރު ބައްދަލުވުމެއް މި ހަފުތާގައި ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ކުލަބުގެ ހިންގުމާއި، ކުރިމަގާ ގުޅޭ ކަންކަން ނިންމާނެ ކަމަށް ވެސް ދެ ބޭފުޅުން ވިދާޅުވި އެވެ. މީގެ އިތުރުން އެ ބައްދަލުވުން އޮބްޒާވް ކުރުމުގެ ފުރުސަތު ކޮމިޝަނަށް ދެއްވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

ކުލަބު ވެލެންސިއާގެ އެތެރޭގައި މައްސަލަ ބޮޑުވެ، ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. މައްސަލަ އުފެދުނީ ކުލަބުގެ ތާއީދު ސިޓީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ އަތުގައި ވެސް އޮތް ހިސާބުންނެވެ. އެގޮތުން، ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) އަދި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އަތުގައި ވެސް ވެލެންސިއާގެ ތާއިދު ސިޓީ އޮތެވެ.

އެ މައްސަލަ ބޮޑުވެފައި ވަނިކޮށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީން ނިންމީ، ދެ ކެންޑިޑޭޓުންނަށް ވެސް ވެލެންސިއާ އިން ދީފައިވާ ސިޓީ އަކީ ޞައްޙަ ދެ ސިޓީ ކަމަށެވެ. ނަމަވެސް، އެއް ކުލަބަކަށް ދެ ކެންޑިޑޭޓުންނަށް ތާއީދު ނުދެވޭތީ، ކޮމެޓީން ނިންމީ ވެލެންސިއާގެ ދެ ސިޓީ ވެސް ބާތިލު ކުރުމަށެވެ. އެއާއެކު، ޓޮމްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކޮމެޓީން ނިންމި އެވެ. އެއީ އޭނާގެ އަތުގައި ފުރަތަމަ ޑިވިޝަންގެ ދެ ކުލަބުގެ ތާއީދު ސިޓީ އޮތުމުންނެެވެ. ވެލެންސިއާގެ ސިޓީ ބާތިލު ކުރުމުން ވެސް، މުފާ އަތުގައި ފަސް ކުލަބުގެ ތާއީދު ސިޓީ އޮވެ އެވެ.

ކުލަބު ވެލެންސިއާކޮމިޝަނަރ އޮފް ސްޕޯޓްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

ވެލެންސިއާ ބަލިކޮށް، ނިއުގެ ފޯމު ކުރިއަށް

02 އޮކްޓޯބަރު 2025
ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި

ވެލެންސިއާގެ އޮތް ރާއްޖެ އިން ބޭރުގެ ދަރަނިތައް ޚަލާސްކޮށްފި

19 މާރިޗު 2025

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު