Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮމިޝަނަރ އޮފް ސްޕޯރޓްސް

ވަޒީރުންގެ ފެންވަރުގައި ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަގާމަށް ތޮލާލް

މިއީ ވަޒީރުންގެ ފެންވަރުގައި މިމަގާމަށް ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 21 ނޮވެމްބަރު 2023 | އަންގާރަ 15:25
ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ޢައްޔަން ކުރެއްވި ޠަލާލް

ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމަށް ޢައްޔަން ކުރެއްވި ޠަލާލް

ވަޒީރުންގެ ފެންވަރުގައި ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަގާމަށް މުހައްމަދު ތޮލާލް އައްޔަން ކުރައްވައިފިއެވެ.

ތޮލާލް އަކީ އެތްލެޓިކްސް އެސޯސިއޭޝަންގެ ކުރީގެ ރައީސްއެވެ. އެމަގާމްގައި ދެވަނަ ދައުރު ފުރިހަމަކުރައްވަމުން ގެންދެވި ތޮލާލް, އެމަގާމުން އިސްތިއުފާ ދެއްވީ ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ. އޭނާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެވެސް ނައިބު ރައީސް އެވެ. އެމަގާމުން އޭނާ އިސްތިއުފާއެއް ނުދެއްވައެވެ. ގާނޫނު އޮތްގޮތުން އިސްތިއުފާ ދިނުން ލާޒިމް ނޫންކަމަށް ވެއެވެ. ތޮލާލް އަކީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލްވެސް މެއެވެ.

މިސަރުކާރު އިންތިޚާބުވިއިރު ކޮމިޝަނަރ އޮފް ސްޕޯރޓްސްގެ މަގާމް އޮތީ ހުހަށެވެ. އެއީ މިދިޔަ ސަރުކާރުގައި އެމަގާމަށް އައްޔަންކުރެއްވި ހީނާ އަހުމަދު ސަލީމްގެ ދައުރު ހަމަވުމަށްފަހު އެހެން ބޭފުޅަކު އެމަގާމަށް އައްޔަންކުރައްވާފައި ނުވާތީއެވެ. އަދި އެމަގާމަށް މީގެކުރިން އައްޔަންކުރެއްވި ބޭފުޅުން އައްޔަންކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައެވެ.

ސްޕޯރޓްސް ކޮމިޝަނަރުގެ މަގާމަކީ 2015 ވަނަ އަހަރު ތަސްދީގުކުރެއްވި ކުޅިވަރުގެ ޤާނޫނުގެ ދަށުން އައްޔަންކުރައްވާ މަގާމެކެވެ. ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ބަލަހައްޓަން ޖެހެނީ ސްޕޯރޓްސް ކޮމިޝަނަރުގެ އޮފީހުންނެވެ. ކުޅިވަރުގެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ އައްޔަންކުރެއްވި ސްޕޯރޓްސް ކޮމިޝަނަރަކީ އަހުމަދު ނަޝީދު (ދޭވް) އެވެ. އޭނާ އިސްތިއުފާ ދެއްވުމުން ރައީސް ޔާމީނުގެ ދައުރުގައި އެމަގާމަށް އައްޔަންކުރެއްވީ ކުރީގެ އެއްވަނަ ފޯވާޑް އަލީ އުމަރެވެ. އޭނާ ވަކިކުރައްވާ ހީނާ އަހުމަދު ސަލީމް އެމަގާމަށް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގައެވެ. ހީނާ ސަލީމްގެ ދައުރު ހަމަވުމުން އެމަގާމް އޮތީ ހުހަށެވެ.

މުޙައްމަދު ޠަލާލްކޮމިޝަނަރ އޮފް ސްޕޯޓްސް

އިތުރަށް ކިޔާލަން

24 ޖޫން 2025

އެފްއޭއެމް އިން ކުލަބުތަކަށް ދީފައިވާ ފައިސާގެ އެންމެހައި ތަފްސީލު ހޯދަން އެދިއްޖެ

24 ޖޫން 2025
އެފްއޭއެމް އިން ކުލަބުތަކަށް ދީފައިވާ ފައިސާގެ އެންމެހައި ތަފްސީލު ހޯދަން އެދިއްޖެ
15 މެއި 2024

ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް

15 މެއި 2024
ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް
15 މެއި 2024

އެސޯސިއޭޝަންތައް އޮޑިޓްކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދެނީ

15 މެއި 2024
އެސޯސިއޭޝަންތައް އޮޑިޓްކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދެނީ
14 މާރިޗު 2024

ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!

14 މާރިޗު 2024
ކޮމިޝަނަރު އެންގީ ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިޚާބު މަޑު ޖައްސާލުމަށް!
01 ފެބުރުއަރީ 2024

ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި

01 ފެބުރުއަރީ 2024
ކޮމިޝަނަރުގެ މަޤްސަދާމެދު ބައެއް ކުލަބުތަކުން ސުވާލު އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު