Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ކްރިކެޓް ޓީމް

ގައުމީ ކްރިކެޓް ޓީމުގައި ސްރީލަންކާ ތިން ކުޅުންތެރިން!

މުބާރާތުގެ ކުރިން ޕްރެކްޓިސް ދެ މެޗު ކުޅޭނެ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 30 ޖެނުއަރީ 2024 | އަންގާރަ 02:36
ކްރިކެޓް ބޯޑްގެ ނައިބު ރައީސް އަހުމަދު ހުސައިން

ކްރިކެޓް ބޯޑްގެ ނައިބު ރައީސް އަހުމަދު ހުސައިން

 އޭސީސީ މެންސް ކްރިކެޓް ޗެލެންޖް ކަޕްގައި ވާދަކުރާ ގައުމީ ކްރިކެޓް ޓީމްގައި ސްރީލަންކާގެ ތިން ކުޅުންތެރިން ހިމަނައިފިއެވެ.

މުބާރާތުގައި ވާދަކުރަން ގައުމީ ޓީމް ތައިލެންޑަށް ދިޔައީ ސްރީލަންކާގެ ތިން ކުޅުންތެރިންނާ އެކުގައެވެ. އޭސީސީގެ ގަވާއިދު ބުނާ ގޮތުން އެހެން ގައުމެއްގެ ޕާސްޕޯޓް އޮތަސް, އެގައުމެއްގައި މަސައްކަތްކުރާތާ ތިން އަހަރުވެއްޖެ ނަމަ އަދި އެގައުމުން ބޭރުގައި 60 ދުވަސް ނުވާނަމަ ގައުމީ ޓީމަށް ކުޅުމުގެ ފުރުޞަތު ލިބެއެވެ. އެފުރުޞަތުގެ ދަށުން ގައުމީ ކްރިކެޓް ޓީމްގައި ރާއްޖޭގައި މަސައްކަތްކުރާ ލަންކާ ތިން ކުޅުންތެރިން ވަނީ ހިމަނާފައެވެ.

މިމަހުގެ 27 ވަނަ ދުވަހު ތައިލެންޑްގައި ފެށި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ފުރަތަމަ މެޗުގައި އަންނަ މަހުގެ ދެވަނަ ދުވަހު ވާދަކުރާނީ ސިންގަޕޯރ އާއެވެ. އެއީ ގްރޫޕްގެ އެންމެ ވަރުގަދަ ޓީމެވެ. މުބާރާތުގެ ކުރިން ރާއްޖެއިން އިންޑޮނޭޝިޔާއާއެކު ޕްރެކްޓިސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗު 10 ލަނޑުން ރާއްޖެ ވަނީ ކާމިޔާބުކޮށްފައެވެ. އިންޑޮނޭޝިޔާއަކީ މުބާރާތުގައި ވާދަކުރާ ގައުމެކެވެ. ނަމަވެސް އިންޑޮނޭޝިޔާ އޮތީ އަނެއް ގްރޫޕްގައެވެ. ރާއްޖެއާ އެއް ގްރޫޕެއްގައި ސިންގަޕޯރގެ އިތުރުން ހިމެނެނީ ޖަޕާން އަދި ތައިލެންޑެވެ. ރާއްޖޭގެ ކްރިކެޓް ބޯޑްގެ އަމާޒަކީ ފުރަތަމަ ސެމީފައިނަލށް ދަތުރުކުރުމެވެ.

ރާއްޖޭގެ ޓީމްގެ ކެޕްޓަނަކީ ހާޒިގު އެވެ. ވައިސް ކެޕްޓަނަކީ އާދަމް ނާސިފް އުމަރެވެ. އޮސްޓްރޭލިޔާގައި ތަމްރީނު ހޯދަމުންދާ ރާއްޖޭގެ ބާރު އުކުންތެރިޔާ ހަސަން ތައިލެންޑުން ވަނީ ޓީމާ ގުޅިފައެވެ. ރާއްޖެ އޮތް ގްރޫޕްގައި ދެ މެޗުން މޮޅުވެ ސެމީފައިނަލަށް ދެވޭނެ ކަމަށް ކްރިކެޓް ބޯޑުން ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު