Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުނު ސަބަބު ހޯދަން 241 ކޮމެޓީއަށް މައްސަލަ ހުށަހަޅަނީ

އެއީ މަޖިލީހުގެ ގޯތީގެ ތެރެއަށް ރައީސް އޮފީހުގެ ބައެއް ވަޒީރުންނާއި އާންމު ފަރާތްތަކުން ވަދެ، ބައެއް ފަރާތްތަކުން މަޖިލީހުގެ ގޯއްޗަށް ގައުފަދަ ތަކެތި އުކުމުގެ ސަބަބުން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 29 ޖެނުއަރީ 2024 | ހޯމަ 02:10
މުޅި މަޖިލީހުގެ ކޮމިޓީ

މުޅި މަޖިލީހުގެ ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުނު ސަބަބު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމެޓީ) އަށް އެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.

އާދިއްތަ ދުވަހު އެޖެންޑާކުރެވުނު ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލައިގައި، ހަތަރު ވަޒީރަކަށް ރުހުން ނުދޭން އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރުމާއެކު، އެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި، އެކި ފަރާތްތަކުން ވަނީ ހަމަނުޖެހުން ހިންގާފައެވެ.

Advertisement - newsAdvertisement

އެގޮތުން މަޖިލީހުގެ ގޯތީގެ ތެރެއަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް މުއިއްޒުގެ ޙާއްސަ މުޝީރު އަބްދުއް ރަޙީމް އަބްދުﷲގެ އިތުރުން، ރައީސް އޮފީހުގެ ބައެއް ވަޒީރުންނާއި އާންމު ފަރާތްތަކުން ވެސް ވަދެފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ މަޖިލީހުގެ ގޯއްޗަށް ގައުފަދަ ތަކެތި ވެސް އުކާފައެވެ.

މި ހަމަނުޖެހުންތައް ހިނގިއިރު، އެ ހަމަނުޖެހުން ހުއްޓުވައި އެ މީހުންނަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފް އަށް މާ ބޮޑު ކަމެއް ކުރެވިފައެއް ނުވެއެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރާއްޖެ ޓީވީން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ ގޯތި ތެރެއަށް ބައެއް ބޭފުޅުން ވެންނެވިކަން އެނގިވަޑައިގަންނަވާ ކަމަށާއި، މަޖިލީހަށް ވަދެ ނުކުތުމުގައި އެއްވެސް އުސޫލެއް ނެތި ހިނގަމުންދިޔަތަން ފެނިވަޑައިގެންނެވި ކަމަށެވެ.

އަދި ސަލާމަތީ ބާރުތަކުން އެބޭފުޅުންގެ ޚިދުމަތް ފުރިހަމަ ގޮތުގައި އަދާކުރެއްވި ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވަމުން ސަލީމް ވިދާޅުވީ، އޭގެ ސަބަބުން މަޖިލީހުގެ ރައީސް އަދި މެންބަރުން ތިއްބެވީ ވަރަށް ބޮޑު ކަންބޮޑުވުމަކާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

ސަލީމް ވިދާޅުވީ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވުމަށް އެކަންތައްތައް ހިނގި ގޮތް ބެލުމަށް، އެ މައްސަލަ މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އާދިއްތަ ދުވަހު ވެސް ހަމަނުޖެހުން އުފެދުނު، ވަޒީރުންގެ ރުހުން ދިނުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ހޯމަ ދުވަހު ވެސް ވަނީ ޖަލްސާއެއް އެޖެންޑާކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު