Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވަޒީރުންނަށް ރުހުން ދިނުން

ސަރުކާރުން ހިންގި ހަމަނުޖެހުންތަކާއެކު، ރުހުން ނުދޭނެ ވަޒީރުންގެ ލިސްޓު ދިގު ވުމުގެ ފުރުސަތު ވަރަށް ބޮޑު: ސަލީމް

އެހެން ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ، އާދިއްތަ ދުވަހުގެ ރެޔާ ހަމައަށް ކުރިއަށް ގެންދެވޭތޯ ރިޔާސަތުން މަސައްކަތްކުރެއްވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2024 | ހޯމަ 02:07
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި މަޖިލިސް އިދާރާގެ ސަރަހައްދުގައި، ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން، ވަޒީރުންގެ ތެރެއިން ރުހުން ނުދޭނެ ވަޒީރުން އިތުރު ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އާދިއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި، ތަޅުމުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީ، ބައެއް މެންބަރުންނަށް އަނިޔާވެފައިވާއިރު، މަޖިލީހުގެ އިދާރާ ހުންނަ ސަރަހައްދުގައި ތިބި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މަޖިލީހުގެ އިދާރާއަށް ގާއުކައި، އެ އިދާރާގެ ގޯތި އެތެރެއަށް ވެސް ވަދެފައެވެ. އެކަން ހިނގާފައިވަނީ އާދިއްތަ ދުވަހު އެޖެންޑާ ކުރި، ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ މައްސަލައިގައި، ހަތަރު މެންބަރަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕީޖީން ތްރީ ލައިން ވިޕެއް ނެރުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

އެ ހަމަނުޖެހުންތަކާއެކު ވެސް، މެންދުރުން ފެށިގެން އެ މައްސަލަ ކުރިއަށް ގެންދެވޭތޯ މަޖިލީހުގެ ރިޔާސަތުން ކުރި މަސައްކަތަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ހުރަސް އެޅުމުގެ ސަބަބުން އެ މައްސަލަ ކުރިއަށް ނުގެންދެވި، ޖަލްސާ އެއްކޮށް ނިންމާލައިފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައިއެވެ.

އެއާއެކު، އެ މައްސަލައިގައި މައުލޫމާތު ދިނުމަށް އެމްޑީޕީގެ ޕީޖީން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހަމަނުޖެހުންތަކަށް އިޝާރަތް ކުރައްވައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، ޤާނޫނު އަސާސީން މަޖިލިސް މެންބަރުންނަށް މަތިކޮށްފައި އޮތް ޒިންމާ، އެ އުސޫލުތަކުގެ ތެރެއިން ކުރުމުގެ ފުރުސަތު އެ މެންބަރުންނަށް ލިބެން ޖެހޭނެ ކަމަށާއި، އެކަމަށް ހުރަސް އެޅުމަކީ ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ.

އަދި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވޯޓަށް އަހައި، ވޯޓު ލުމުގެ ފުރުސަތު މަޖިލިސް މެންބަރުންނަށް ލިބުނު ނަމަ، އެ މެންބަރުން ވޯޓުން ނަތީޖާ ނުކުންނާނެ ގޮތެއް ވެސް ނޭނގޭނެ ކަމަށާއި، އެކަމަކު އޭރު ގިނަ މެންބަރުން ތިއްބެވީ، ވީހާ ވެސް ގިނަ ވަޒީރުންނަށް ރުހުން ދޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ގިނަ ވަޒީރުންނަށް ރުހުން ދިނުމަށް އޭރު ނިންމި ނިންމުން ބަދަލުވެ، ކުރިން އެ މެންބަރުންގެ ކިބައިގައި ހުރި ރޫޙު ބަދަލުވެފައިވާ ކަމުގެ އިޙްސާސް ކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

އެގޮތުން އެ ރޫޙާ މެދު ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މެންބަރު ސަލީމް ވިދާޅުވީ، ރޫހުގެ ވާހަކަ ވިދާޅުވީ މަޖިލީހުގެ އެހެން މެންބަރުން، މެންބަރުގެ އަރިހުގައި ވިދާޅުވި އެކި ވާހަކަތަަކަށް ރިޢާޔަތްކޮށް ކަމަށެވެ.

އަދި ހަތަރު ވަޒީރުން ފިޔަވައި، ދެން ތިއްބެވި ވަޒީރުންނަށް މިހާރު ވެސް އޮތީ ފްރީ ވިޕެއްކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ، އެ ހަމަނުޖެހުންތަކާއެކު، ރުހުން ނުދޭނެ ވަޒީރުންގެ ލިސްޓު އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ސަލީމް ވިދާޅުވީ، އާދިއްތަ ދުވަހު ހިނގި ކަންކަމަކީ ބޭކާރު ހަމަނުޖެހުންތަކެއް ކަމަށާއި، އެކަމުގެ ތެރެއިން ރައްޔިތުންގެ މުދާތައް ހަލާކުވެ، ބައެއް މެންބަރުންނަށް އަނިޔާ ވެސް ވި ކަމަށެވެ. އެހެން ކަމުން އެ ހަމަނުޖެހުމަކީ މެންބަރުންގެ ވިސްނުމަށް އޭގެ ސަބަބުން ބަދަލު އަންނާނެ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހޫނުވެފައިވަނިކޮށް، ހޯމަ ދުވަހު ވެސް އެ މައްސަލަ ކުރިއަށް ގެންދަން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް އެ ޖަލްސާގައި ވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުން، ޖަލްސާ ހުއްޓުވަން މަސައްކަތްކުރާނެ ކަމަށް އެމްޑީޕީގެ މެންބަރުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު