Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެތުލީޓުންގެ ކައްކާ

އެތުލީޓުންގެ ފެންވަރާއި ބުންވަރުގެ ސިއްރު: ބޮޑު ކައްކާގެ ޖަޑިބުކަމުގެ ދަށުގައި؟

ގީޔުއާގެ ޚާއްޞަ މުގުރިހައަކީ ޢާންމުކޮށް ހުންނަ ރަތް މުގުގެ ބަދަލުގައި، ފަރަންސޭސިވިލާތުގެ ފެހި މުގު ބޭނުން ކޮށްގެން ތައްޔާރު ކުރާ ރިހަ އެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 28 ޖެނުއަރީ 2024 | އާދީއްތަ 09:45
206 ޤައުމަކުން ފަރަންސޭސިވިލާތަށް ދަތުރުކުރާ އެތުލީޓުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ހަރަކާތްތެރިވާ 300 ވަރުގަދަ ޓީމުގެ ޖަޑިބަކީވެސް ގީޔުއާ

206 ޤައުމަކުން ފަރަންސޭސިވިލާތަށް ދަތުރުކުރާ އެތުލީޓުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ހަރަކާތްތެރިވާ 300 ވަރުގަދަ ޓީމުގެ ޖަޑިބަކީވެސް ގީޔުއާ

ކުޅިވަރުގެ މައިދާނުގައި އެންމެ ހަރަކާތްތެރިކޮށް، ހެލިފެލިވެ އުޅޭ އެތުލީޓުންނާއި ކުޅުންތެރިންނަކީ ޢާންމު މީހަކާ ޚިލާފަށް، ދިރިއުޅުމުގެ ބައެއް އާދަތައް ވަކި ގޮތަކަށް ބައްޓަންކޮށްގެން އެގޮތުގައި ދެމި ތިބޭ ބައެކެވެ. ވަކިން ޚާއްޞަކޮށް، ކެއިންބުއިމުގެ ކަންކަމަށް ދޭ ސަމާލުކަން ވަކިން ބޮޑެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ފޯރިގަދަ ވަމުން ދާ ވަރަކަށް، މުބާރާތް އޮންނަ ޤައުމެއްގެ ބަދިގެ ތަކުން އެކަމުގެ އަސަރު ފެންނަނީ ސަބަބެއް ނެތިއެއް ނޫނެވެ.

ފަރަންސޭސިވިލާތުގެ މަޝްހޫރު ކައްކާ، ޝާރްލި ގީޔުއާގެ މުގު ރިހަ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕެރިސް އޮލިމްޕިކްސްއަށް ދަތުރު ކުރާ 15000 އެއްހާ އެތުލީޓުންނަށް ތައްޔާރު ކުރާ 550 ޑިޝްގެ ލިސްޓުގައި ހިމެނޭ އެއް ބާވަތެވެ. އެކި ޘަޤާފަތުގެ އެކި ރަހަތަކަށް އާދަވެފައިވާ އެތައް ހާސް އެތުލީޓުންނެއްގެ ކެއިންބުއިމުގެ ކަންކަން ހަމަ ޖެއްސުމަށް، ޕެރިސް އޮލިމްޕިކްސް ކުރިއަށް ދާ ދުވަސްވަރު، ދުވާލެއްގެ މައްޗަށް، 40 ޓަނުގެ ކާބޯތަކެތި ކޮށާއި، މަށާއި، ތައްޔާރު ކުރާނެއެވެ.

ގީޔުއާއަކީ 'ސުދެކްސޯ ލައިވް!'ގެ އެގްޒެކެޓިވް ޝެފްއެވެ. ނުވަތަ ބޮޑު ކައްކާއެވެ. 'ސުދެކްސޯ ލައިވް!' ފަރަންސޭސި ވެރިރަށް ޕެރިހުގެ އުތުރުން، އެތުލީޓުންނަށް ޚާއްޞަ ކޮށްފައި އޮތް އަވަށުގައި، ހަފުތާގެ 7 ދުވަހު، ދުވާލުގެ 24 ގަޑިއިރުގެ ކެއިންބުއިމަށް ބޭނުންވާ ސާމާނު ތައްޔާރުކޮށް، ފޯރުކޮށްދިނުމުގެ ޒިންމާއާ ޙަވާލުވެ އޮތް ކުންފުންޏެވެ. 206 ޤައުމަކުން ފަރަންސޭސިވިލާތަށް ދަތުރުކުރާ އެތުލީޓުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށް ހަރަކާތްތެރިވާ 300 ވަރުގަދަ ޓީމުގެ ޖަޑިބަކީވެސް ގީޔުއާއެވެ.

'ސުދެކްސޯ ލައިވް!'އިން ވަނީ ފްރެންޗް އޯޕަން ޓެނިސް އަދި ފްރެންޗް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ފުޓްބޯލް ފަދަ މުބާރާތްތަކާއި ޖަމިއްޔާތަކުގެ އެތުލީޓުންނާއި ކުޅުންތެރިންގެ ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސާދީފައެވެ.

ގީޔުއާގެ ޚާއްޞަ މުގުރިހައަކީ ޢާންމުކޮށް ހުންނަ ރަތް މުގުގެ ބަދަލުގައި، ފަރަންސޭސިވިލާތުގެ ފެހި މުގު ބޭނުން ކޮށްގެން ތައްޔާރު ކުރާ ރިހަ އެކެވެ. ރޮއިޓަރޒްއާ ވާހަކަދައްކަމުން ދިޔަ އިރުވެސް ގީޔުއާ ދިޔައީ އޭނާގެ މުގުރިހަ ކެއްކުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.

ފިޔާ ކޮށާ، ލޮނުމެދާއި، އިނގުރާއި ހަވާދުގެ ބައެއް އެހެންވެސް ބާވަތްތައް ހަނާ ކުރަމުން ގީޔުއާ ބުނީ، މި ފަހަރު އޭނާގެ ކޭމަށް އިންސާފު ކުރާނީ މުޅި ދުނިޔެ ކަމަށެވެ.

ޕެރިސް އޮލިމްޕިކްސް ކުރިއަށް ދާ އިރު އެތުލީޓުންނަށް ތައްޔާރު ކުރާ ކާބޯތަކެތީގައި ބޭނުން ކުރާ ތަކެތީގެ 25 ޕަސެންޓް ހިއްސާކުރާނީ، ސީދާ ފަރަންސޭސި، ދޭސީ އުފެއްދުންތައް ކަން ގީޔުއާ ފާހަގަ ކުރިއެވެ.

މުބާރާތް ކުރިއަށް ދާ ދުވަސްވަރާ ދިމާކޮށް ޚާއްޞަ ބޭކަރީއެއް ހުޅުވުމަށްވެސް ވަނީ ނިންމާފައެވެ. އެ ބޭކަރީއަކީ އެތުލީޓުންނަށް ޚާއްޞަކޮށް ވޯކްޝޮޕްތަކެއް ކުރިއަށް ގެންދާނެ ބޭކަރީއަކަށް ވާ އިރު، އެތުލީޓުން އަމިއްލައަށް ޕާން ފިހެ ހަދާލުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށްވެއެވެ.

ގީޔުއާގެ މޭސްތިރިކަމުގެ ދަށުން، ޕެރިސް އޮލިމްޕިކްސްއަށް ޚާއްޞަ ކެއްކުންގަނޑު ސަރވް ކުރަން ފަށާނީ ޖުލައި 10، 2024 ވަނަ ދުވަހުއެވެ. އޭރު މުބާރާތް ފަށަން، ބާކީ 16 ވަރަކަށް ދުވަސް އޮންނާނެއެވެ. މަޝްރޫޢު ނިންމާލާނީ ސެޕްޓެމްބަރ 12 ވަނަ ދުވަހުއެވެ. އެއީ ޕެރަލިމްޕިކްސްގެ ހުރިހާ މުބާރާތެއްވެސް ނިމޭތާ 4 ދުވަސް ފަހުންނެވެ.

އެތުލީޓުންގެ އަވަށުގައި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސާ، ޚިދުމަތް ދިނުމުގައި 24 ގަޑިއިރުގެ ތެރޭގައި 1000 އެއްހާ މީހުން މަސައްކަތް ކުރަމުން ދާނެ ކަމަށް ގީޔުއާ ފާހަގަ ކުރިއެވެ.

ކޮންމެ ދުވަހަކީވެސް ތަފާތު 40 ބާވަތެއްގެ 40000 އަކަށް ކޭން ސަރވް ކުރާނެ ދުވަހެކެވެ. އަދި އަމިއްލަ ނިއުޓްރިޝަނިސްޓުން ހޯދުމުގެ ފުރުޞަތު ނެތް އެތުލީޓުންގެ ޚިދުމަތުގައި، ނިއުޓްރިޝަނިސްޓުންވެސް އެތުލީޓުންގެ އަވަށުގައި ހަރަކާތްތެރި ވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
06 މާރިޗު 2017

އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް

06 މާރިޗު 2017
އެމިރޭޓްސް މުބާރާތުން ނަޝީ ކޭކްސް އަށް ބޮޑު ކާމިޔާބެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
27 ފެބުރުއަރީ 2017

"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ

27 ފެބުރުއަރީ 2017
"ރަންގޫން" އަށް ބޮކްސް އޮފީހުގައި މާބޮޑު ކަމިޔާބީއެއް ނުލިބޭ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
18 ފެބުރުއަރީ 2017

ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި

18 ފެބުރުއަރީ 2017
ކަންގަނާގެ ކައިވެނި ސިއްރު ނުކުރާނެ ކަމަށް އޭނާ ބުނެފި
13 ފެބުރުއަރީ 2017

އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް

13 ފެބުރުއަރީ 2017
އަކްޝޭގެ "ޖޯލީ އެލްއެލްބީ 2 " އަށް ބެލުންތެރިން ބޮޑު ތަރުހީބެއް
07 ފެބުރުއަރީ 2017

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު
02 ފެބުރުއަރީ 2017

ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ

02 ފެބުރުއަރީ 2017
ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު