Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދާއިމީ ވޯޓަރސް ލިސްޓް އިއުލާންކޮށްފި

27 ޖެނުއަރީ 2024 | ހޮނިހިރު 13:56

ހޮނިހިރު ދުވަހު އެމްޑީޕީން ވަނީ އެ މެންބަރުން ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އާއްމުކޮށް އަންގާ އިއުލާންކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 ޖެނުއަރީ 2024 | ހޮނިހިރު 13:56
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ

03 ފެބްރުއަރީ 2024 ވާ ހޮނިހިރު ދުވަހު ބާއްވައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ދާއިމީ ވޯޓަރސް ލިސްޓް އިއުލާންކޮށްފިއެވެ.

ހޮނިހިރު ދުވަހު އެމްޑީޕީން ވަނީ އެ މެންބަރުން ވޯޓުލުމަށް ރަޖިސްޓަރީ ކުރެވިފައިވާ ރަށާއެކު އާއްމުކޮށް އަންގައި އިއުލާންކޮށްފައެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ފަރާތްތައް ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ގެނެސްފައިވާ ބަދަލުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީން ވަނީ މީގެ ކުރިން ދީފައެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ 24 ޖެނުއަރީގައެވެ. އެ ފުރުސަތު ހަމަވީ މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 16:00އާ ހަމައަށެވެ. ދާއިމީ ލިސްޓު އެކުލަވާފައި ވަނީ ޝަކުވާތަކަށްފަހު ގެންނަންޖެހޭ އިސްލާހުތަކާ އެކުގައެވެ.

އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާފައިވާކަން އެ ޕާޓީން ވަނީ އިއުލާންކޮށްފައެވެ. އެމްޑީޕީ ޕްރައިމަރީއަށް ހުޅުވާލީ މިދިޔަ މަހުގެ 16ގައެވެ. ޕްރައިމަރީއަށް ހުޅުވާލި މުއްދަތު ހަމަވިއިރު 36 ދާއިރާއެއްގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމަށް ހުށަހަޅާފައިވާތީ، އެ ދާއިރާތަކުން ކުރިމަތިލި ކެންޑިޑޭޓަށް ވަނީ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ. 43 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ އެމްޑީޕީން ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

ޕްރައިމަރީއަކާނުލައި އެމްޑީޕީގެ މަޖިލިސް ޓިކެޓް އިތުރު 10 ފަރާތަކުން ވަނީ ފަހުން ކަށަވަރުކޮށްފައެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން، 44 ދާއިރާއަކަށް ޕްރައިމަރީއާނުލައި ޓިކެޓް ވަނީ ކަށަވަރުކޮށްފައެވެ. އެހެންކަމުން އެމްޑީޕީގެ ޕްރައިމަރީގައި 44 ދާއިރާއެއްގެ ޕްރައިމަރީއެއް ނުބާއްވާނެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން، ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެ ދާއިރާތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންތައް، ކެންޑިޑޭޓް ނަންބަރާއެކު މިހާރު ވަނީ އާންމުކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް