Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާގެ ކުރީގެ އަސްކަރީ ވެރިއަކަށް ޖަލު ހުކުމް

ސީރިއާގެ އަސްކަރިއްޔާގެ ކުރީގެ މެމްބަރަކަށް އައިސީޖޭގައި 12 އަހަރުގެ ޖަލު ހުކުމެއް

ސީރިއާއާއި ދެކޮޅަށް މި މައްސަލަ ހުށަހަޅާފައިވަނީ ނެދަލޭންޑްސްއާއި ކެނެޑާއިން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 27 ޖެނުއަރީ 2024 | ހޮނިހިރު 10:23
އައިސީޖޭއަކީ އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ މަގުސަދުގައި އދ.ން އުފެއްދި ކޯޓެއް

އައިސީޖޭއަކީ އިންސާފާއި ހަމަހަމަކަން ގާއިމުކުރުމުގެ މަގުސަދުގައި އދ.ން އުފެއްދި ކޯޓެއް

ސީރިއާގެ އަސްކަރިއްޔާގެ ކުރީގެ އިސް މެމްބަރަކަށް ނެދަލޭންޑްސްގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ސީރިޔާގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ މަންސޫރު އަލް-އުމަރީ ވިދާޅުވީ، ސޫރިޔާގެ ސަރުކާރަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތެއްގެ ކުރީގެ މެމްބަރެއް ކަމަށްވާ މުސްތަފާ އަލް ދަހޫދީގެ މައްޗަށް ސީރިއާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ކުށް ސާބިތުވެ 12 އަހަރަށް ޖަލަށް ލުމަށް ދުނިޔޭގެ ކޯޓުން ހުކުމް ކޮށްފައިވާކަމަށެވެ.

އެ ރިޕޯޓުގައި ވާގޮތުން، ސީރިއާގެ ދައުލަތާ ދެކޮޅަށް ނެދަލޭންޑްސްއާއި ކެނެޑާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައާއެކު، މިއީ މީހުން ހައްޔަރުކުރުމާއި، ގެއްލުވާލުމާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެޅުނު އިތުރު ފިޔަވަޅެކެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ސީރިޔާގައި ހިންގި ކަމަށް ތުހުމަތުކުރެވޭ ޔޫރަޕްގެ ގިނަ މީހުންގެ ޝަރީއަތްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި އަލްގުދުސް ބްރިގޭޑްގެ މެމްބަރެއްގެ މައްޗަށް ނެދަލެންޑްސްގެ ކޯޓުތަކުގައި ޝަރީއަތް ހިންގާނެ ކަމަށް ސީރިއަން ސެންޓަރ ފޮރ މީޑިއާ އެންޑް ފްރީޑަމް އޮފް އެކްސްޕްރެޝަން (އެސްސީއެމް)އިން 31 އޮކްޓޯބަރ 2023ގައި ވަނީ ބުނެފައެވެ.

ފާއިތުވި އަހަރުތަކުގައި ނެދަލޭންޑްސްގެ ކޯޓުތަކުން ވަނީ ސީރިއާގެ އިދިކޮޅު ލަޝްކަރުތަކާއި އެހެނިހެން ހަތިޔާރު އެޅި ޖަމާއަތްތަކަށް ނިސްބަތްވާ ސީރިޔާގެ އެތައް ބައެއްގެ މައްޗަށް ހަނގުރާމައިގެ ކުށް ސާބިތުވުމުން ހުކުމް އިއްވާފައެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަކީ އދ.ގެ އެންމެ އިސް ޝަރުއީ ގުނަވަނެވެ. އދ.ގެ ޗާޓަރުގެ ދަށުން 1945 ވަނަ އަހަރު އުފެއްދި އައިސީޖޭގެ އަމާޒަކީ ގައުމުތަކުން ހުށަހަޅާ ބައިނަލްއަގުވާމީ ގާނޫނީ މައްސަލަތައް ހައްލުކޮށް އދ.ގެ ހުއްދަ ލިބިފައިވާ ޖަމިއްޔާތަކުން އެ ގައުމަށް ފޮނުވާ ގާނޫނީ މައްސަލަތަކަށް އެޑްވައިޒަރީ ޚިޔާލު ދިނުމެވެ.

އެ ކޯޓް ބިނާވެގެން ވަނީ އދ.ގެ އާންމު މަޖިލީހާއި އދ.ގެ ސަލާމަތީ މަޖިލީހުން 9 އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ 15 ފަނޑިޔާރުންގެ މައްޗަށެވެ.

ނެދަލޭންޑްސްގެ ދަ ހޭގްގައި ގާއިމްކޮށްފައިވާ އައިސީޖޭއިން މައްސަލަތައް ނިންމަނީ ސިޔާދަތީ ދައުލަތްތަކުން ހުށަހަޅާފައިވާ މައްސަލަތަކާމެދު މަޝްވަރާކޮށް، އާންމުގޮތެއްގައި ބޯޑަރުގެ ހަމަނުޖެހުންތަކާއި، އެއް ގައުމަކުން އަނެއް ގައުމާ ދެކޮޅަށް އުފައްދަމުން އަންނަ އިންސާނީ ހައްގުތަކުގެ ޝަކުވާތަކާ ގުޅޭ މައްސަލަތަކަށެވެ.

އައިސީޖޭގެ ނިންމުންތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ލާޒިމްކޮށްފައިވާ ހުކުމްތަކަކަށް ވާއިރު، އދ.ގެ މެމްބަރު ގައުމުތަކުގެ ގާނޫނީ ވާޖިބުތަކަށް އިހުތިރާމްކުރުމުގެ ނަޒާހަތްތެރިކަން ފިޔަވައި އެހެން އެންފޯސްމަންޓް ކެޕޭސިޓީއެއް އެ ކޯޓުގައެއް ނެތެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ ގުޅުންތަކަށް އަސަރުކުރާ ކަންކަމުގައި، އެ ގައުމުގެ ހުކުމްތަކަކީ ވަރަށް ބޮޑު ބާރެއް ލިބިގެންވާ ހުކުމްތަކެކެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް

25 ފެބުރުއަރީ 2017
ސީރިއާގެ ސުލްޙައިގެ ވާހަކަތަކުގެ ފެށުން ކާމިޔާބު: އިދިކޮޅު ފަރާތްތައް
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
23 ފެބުރުއަރީ 2017

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު