Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުން

ރާއްޖެއިން ބޭރަށް ފަރުވާއަށް ދާ މީހުންނަށް އެހީ ހަމަޖެއްސުމުގައި ރައީސް އިރުޝާދު ދެއްވާ އުސޫލެއް ނޯވޭ: ހީނާ

މިމަހުގެ 25ގެ ނިޔަލަށް 1922 ޓިކެޓް ނަގާދެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2024 | ހޮނިހިރު 09:35
އާސަންދައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އާސަންދައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް އެހީ ހަމަޖެއްސުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރަށް ފަރުވާއަށްދާ މީހުންނަށް އެހީ ހަމަޖެއްސުމުގައި ރައީސްގެ ޚާއްސަ އުސޫލެއް ނޯންނަ ކަމަށް ހީނާ ވިދާޅުވެފައި މިވަނީ ވަކި ބަޔަކަށް އެހީގެ ކަންކަން އަވަސްކޮށްދޭ ކަމަށް ބުނެ ބައެއް މީހުންގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

Advertisement - newsAdvertisement

ބޭސްފަރުވާގެ ކަންކަމާއި ގުޅޭގޮތުން ހީނާ ވިދާޅުވީ ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ ނުވަތަ އާސަންދައިން ކަމަށެވެ. އަދި އެ ކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމަށް ހީނާ ވިދާޅުވިއެވެ.

އެގޮތުން މި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 25 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިޓިކެޓުގެ ތެރެއިން 97.2 އިންސައްތަ އަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް ނަގާފައިވާ ޓިކެޓް ކަމަށެވެ.

ރާއްޖެއިން ރަނގަޅު ސިއްހީ ޚިދުމަތެއް ނުލިބޭތީ ކޮންމެ އަހަރަކު ވެސް ގިނަ ދިވެހިން ރާއްޖެއިން ބޭރަށް ފަރުވާއަށް ދެއެވެ. އެގޮތުން އެންމެ ގިނައިން ފަރުވާއަށް ދަނީ އިންޑިއާއަށެވެ. ނަމަވެސް އިންޑިއާއަށް ބޭސްފަރުވާއަށްދާ މިންވަރު ކުޑަ ކުރުމަށް ނުވަތަ ބަރޯސާވުން ކުޑަކުރުމަށް ތައިލޭންޑް އަދި ޔޫއޭއިން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު