Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އީރާނަށް އެމެރިކާ އިން ދިން ހަމަލާ މުސްލިމް ގައުމުތަކުން ކުށްވެރި ކުރި އިރު މުއިއްޒުގެ ސަރުކާރުން އެއްޗެއް ނުބުނި

ގިނަ ޤައުމުތަކުން އެމެރިކާގެ ހަމަލާ ސިފަކުރަނީ ސަރަޙައްދީ އަދި ދުނިޔޭގެ ސުލްޙައަށް ނުރައްކާވާފަދަ ޤާނޫނާ ޚިލާފު ޢަމަލެއްގެ ގޮތުގައި

ރާއްޖެ އެމްވީ | 22 ޖޫން 2025 | އާދީއްތަ 11:41
ނަތަންޔާހޫ އާއި ޓްރަމްޕް ވައިޓް ހައުސްގައި

ނަތަންޔާހޫ އާއި ޓްރަމްޕް ވައިޓް ހައުސްގައި

އެމެރިކާ އިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާ އިސްލާމީ ގައުމުތަކުންނާއި ބައިނަލް އަގްވާމީ ދުނިޔެއިން ކުށްވެރި ކުރަމުންދާ އިރު ދިވެހި ރާއްޖޭގައި މިހާރު އޮތް ޑރ. މުއިއްޒުގެ ސަރުކާރުން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުންޏެވެ.

އެމެރިކާ އިން އީރާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރި ކުރަންތޯ ސަރުކާރުގެ ތަރުޖަމާނުު ހީނާ ވަލީދަށް ޓެކްސްޓް މެސެޖަކުން ރާއްޖެ ޓީވީން ދެންނެވުމުން، އޭގެ ޖަވާބުގައި އޭނާ ފޯވަޑް ކުރެއްވީ އިސްރާއީލުން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން ޖޫން މަހުގެ 13 ވަނަ ދުވަހު ރައީސް މުއިއްޒު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެކެވެ.

އެ ޕޯސްޓުގައި ކުށްވެރި ކުރައްވާފައިވަނީ އިސްރާއީލު ނޫންތޯ މިއަދުގެ ހަމަލާ އާ ބެހޭ ގޮތުން ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން ހީނާ ވަލީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.

ހީނާ ވަލީދުގެ ޗެޓްލޮގް
ހީނާ ވަލީދުގެ ޗެޓްލޮގް

އެމެރިކާ ކުރިމަތީގައި ރާއްޖެއިން އެއްޗެއް ބުނަން ނުކެރުނު އިރު، ގިނަ ޤައުމުތަކުން މިކަން ސިފަކުރަނީ ސަރަޙައްދީ އަދި ދުނިޔޭގެ ސުލްޙައަށް ނުރައްކާވާފަދަ ޤާނޫނާ ޚިލާފު ޢަމަލެއްގެ ގޮތުގައެވެ.

އާދީއްތަ ދުވަހު ނެރުނު ރުނު ބަޔާނެއްގައި، އިރާޤު ސަރުކާރުގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ ތަންތަނަށް އަމާޒު ކުރުމަކީ ހުޅަނގު އޭޝިއާ ސަރަޙައްދުގެ ސަލާމަތާއި ސުލްޙަ އަށް ބޮޑު ނުރައްކަލެއް ކަމަށާއި، ސަރަޙައްދުގެ އިސްތިޤްލާލަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާނެ ކަމެއް ކަމަށެވެ.

ޕާކިސްތާނު ސަރުކާރުން ވެސް މި ހަމަލާ ކުށްވެރިކޮށް، އެއީ "ހަނގުރާމައިގެ ކުށެއް" ކަމަށް ބުނެފައިވެއެވެ.

ބަޔާނެއްގައި، ޕާކިސްތާނު ސެނެޓުގެ ދިފާޢީ ކޮމިޓީގެ ޗެއަރމަން ވިދާޅުވެފައި ވަނީ އީރާނުގެ ނިއުކްލިއަރ ތަންތަނަށް ދިން ހަމަލާތަކަކީ "ހަނގުރާމައިގެ ކުށެއް" ކަމަށާއި އަދި "ގަސްތުގައި ހިންގި އުދުވާނީ ޢަމަލެއްގެ" ސާފު މިސާލެއް ކަމަށެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ހަމަލާ އަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ހުރިހާ މިންގަނޑުތަކަކާ ޚިލާފު ކަމެއް ކަމަށާއި، އދ. ގެ ޗާޓަރުގެ ދަށުން އީރާނަށް އަމިއްލަ ދިފާޢުގެ ޙައްޤު އޮތް ކަމަށެވެ.

ބަޔާނެއްގައި، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާ އިން ވެސް އީރާނުގެ ސިޔާދަތަށް އަރައިގަތުން ކުށްވެރިކޮށް، "އީރާނުގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލު ކުރުމަށް" ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މަސައްކަތްތައް އިތުރު ކުރުމަށް ގޮވާލާފައިވެއެވެ.

މިޞްރުގެ ޚާރިޖީ ވުޒާރާ އިން ވެސް ބަޔާނެއްގައި އީރާނަށް ދިން އުދުވާނީ ހަމަލާ ކުށްވެރިކޮށް، މިއީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތާއި ސުލްޙައަށް ނުރައްކާތެރި ނަތީޖާތަކެއް ނުކުންނާނެ ކަމެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

އޮމާނުން ވެސް އީރާނާ ދެކޮޅަށް އެމެރިކާ އިން ދިން އުދުވާނީ ހަމަލާ ކުށްވެރިކޮށް، އެއީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު އަދި ފުޅާ ދާއިރާއެއްގައި ހަނގުރާމަ އަކަށް މަގު ފަހި ވެދާނެ ނުރައްކަލެއް ކަމަށް ބުނެފައި ވެއެވެ.

ލުބުނާނުގެ ރައީސް ޖޯސެފް ޢައުން އިންޒާރު ދެއްވާފައިވަނީ އީރާނުގެ ނިއުކްލިއަރ ތަންތަނަށް އަމާޒުކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ފަދަ ގޮތަކަށް ހަމަނުޖެހުން އިތުރުވުމުގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ.

ޤަޠަރުން ވެސް މި އުދުވާނީ ޢަމަލު ކުށްވެރިކޮށް، އިސްރާއީލު-އެމެރިކާގެ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި މަޝްވަރާއާއި ޑިޕްލޮމަސީ އަށް އެނބުރި ދިއުމަށް ގޮވާލާފައިވެއެވެ.

މި އުދުވާނީ ޢަމަލު ހިންގި ކަމަށް ރިޕޯޓު ކުރެވިފައި ވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއް. އެއްވެސް އިންޒާރެއް ދިނުމެއް ނެތި އެމެރިކާ އިން އީރާނަށް ކުއްލި ހަމަލާ ތަކެއް ދިނުމަށް ފަހު މިކަން އިޢުލާނު ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް އެމަނިކުފާނުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައެވެ.

މިކަމަށް ރައްދު ދެމުން، އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަން (އޭއީއޯއައި) އިން އެ ޤައުމުގެ ނިއުކްލިއަރ ތަންތަނަށް ދިން އުދުވާނީ ހަމަލާ ކުށްވެރި ކޮށްފައި ވެއެވެ.

އެ އޭޖެންސީން ބުނެފައި ވަނީ މި ތިން ނިއުކްލިއަރ ސައިޓްތަކަކީ ނިއުކްލިއަރ ހަތިޔާރު ނުފެތުރުމުގެ މުޢާހަދާ (އެންޕީޓީ) ގެ ދަށުން ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ ފުރިހަމަ ބެލުމުގެ ދަށުން ހިންގާ ތަންތަން ކަމަށާއި، އެ ތަންތަނަށް ދިން "އަނިޔާވެރި ހަމަލާ" އަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

އޭއީއޯއައި އިން ބުނެފައިވަނީ މި އުދުވާނީ ޢަމަލު ހިންގާފައިވަނީ "ބައިނަލްއަޤްވާމީ އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގެ އިހުމާލުން ކަމަށާއި އަދި އެ ފަރާތުގެ ބައިވެރިވުމާއެކު" ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު