Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ހޯއްގޮވާ ކެއްސުން

ކޮންޓެކްޓް ޓްރޭސިންގ ތެރެއިން ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ފެނިފައެއްނުވޭ: އެޗްޕީއޭ

27 ޖެނުއަރީ 2024 | ހޮނިހިރު 08:18

ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން އިއުލާނުކުރީ މިދިޔަ އަންގާރަ ދުވަހު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ޖެނުއަރީ 2024 | ހޮނިހިރު 08:18
ގއ. ވިލިނގިލިން ވަނީ ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނިފައި

ގއ. ވިލިނގިލިން ވަނީ ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނިފައި

ގއ ވިލިނގިލީގައި ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ނެގުނު ސާމްޕަލްތައް ޓެސްޓުކުރިއިރު ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ފެނިފައިނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ޕަރޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުމުގެ ކޭސްތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭއިން އިއުލާނު ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

Advertisement - newsAdvertisement

އެޗްޕީއޭއިން ބުނީ ޖެނުއަރީ މަހުގެ ތެރޭގައި ގއ. ވިލިނގިލިން ހޯއްގޮވާ ކެއްސުމަށް ކުޑަ 3 ކުދިން ޕޮޒިޓިވްވެފައި ވާކަމަށެވެ. މި ބަލިން ރައްކާތެރިކުރުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން މި ބަލި ވަނީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައި ކަމަށާއި، އެހެންނަމަވެސް ބަލީގެ ކޭސް ރާއްޖޭގައި ވަރަށް މަދުން ފެންނަ ކަމަށެވެ.

ރާއްޖެޓީވީން ސުވާލު ކުރުމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު ސާމްޕަލް ނަގައި ޓެސްޓުކުރިއިރު އިތުރު ކޭސްއެއް މި ބައްޔަށް ޕޮޒިޓިވްވެފައިނުވާކަމަށެވެ.

އޭނާ ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވި ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ޙާލަތު ވަރަށް ގޯސްވެގެން ދިޔަ ކަމަށާއި، އޭނާގެ ސިއްޙީ އިތުރު މައްސަލަތަކެއްވެސް ހުރި ކަމަށެވެ.

ހޯއްގޮވާ ކެއްސުން ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. ހޯއްގޮވާ ކެއްސުން ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، މި ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދެއެވެ. ތުއްތުކުދިންނަށް މީގެ އިތުރުންވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާބޮޑު އަލާމާތްތައް ނުފެނިދާނެއެވެ.

މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ވަރަށް ތުއްތުކުދިންނަށެވެ. އެހެންކަމުން 7 އަހަރު ނުވާ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒަކުން ވެކްސިން ޖެހެން ހުންނާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ރޯގާޖެހި ކެއްސައި، ކެއްސުން ދިގުލައިގެން ދާނަމަ، ނުވަތަ ކެއްސުމުގެ ސަބަބުން އިތުރު އުނދަގޫތަކެއް ދިމާވާނަމަ، ނުވަތަ ދިގުމުއްދަތަކަށް ފަރުވާކުރާ އެހެން ބައްޔެއް ހުރިނަމަ، ނުވަތަ ތުއްތުކުއްޖެއް ނުވަތަ މާބަނޑު މީހަކުނަމަ ލަސްނުކުރައްވާ ސިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް ވަނީ އެދިފައެވެ.

މި ބައްޔަކީ ވެކްސިން ޖަހައިގެން ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ބައްޔެކެވެ.

މި ބައްޔަށް ދެވޭ ފަރުވާއަކީ އާންމުކޮށްވެސް ދެވޭ އެންޓިބައޮޓިކެވެ. ބަލީގެ ކޮމްޕްލިކޭޝަންސްގެ ތެރޭގައި އެންމެ އާންމު ކަމަކީ ނިއުމޯނިއާ ނުވަތަ ފުއްޕާމޭގައި އިންފެކްޝަން ހެދުމެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަމަކީ ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަ ކުރުމެވެ. ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، އަދި ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

މި ބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިން ހިމެނޭ ޕެންޓަވޭލެންޓް ވެކްސިން ދެވޭނީ އުމުރުން 2 މަސް، 4 މަސް އަދި 6 މަހުގައެވެ. މީގެ އިތުރުން 4 އަހަރު ފުރުމުން ޑީޕީޓީ ބޫސްޓަރު ދެވެއެވެ. މި ހުރިހާ ޑޯޒެއް އޭގެ ވަގުތުގައި ފުރިހަމަ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

18 ޖޫން 2017

ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ

18 ޖޫން 2017
ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ
13 ޖޫން 2017

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

13 ޖޫން 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!
07 ޖޫން 2017

ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!

07 ޖޫން 2017
ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!
31 މެއި 2017

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް