Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔާގެން ކްލޮޕް

ކްލޮޕް މަތިން ހަނދާންވާނެ، ނެތުމުން ހަމަޖެހިގެން ނިދާލެވޭނެ: ގާޑިއޯލާ

27 ޖެނުއަރީ 2024 | ހޮނިހިރު 05:32

އަހަރެންގެ އެންމެ ބޮޑު ވާދަވެރިއަކީ ކްލޮޕް: ގާޑިއޯލާ

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2024 | ހޮނިހިރު 05:32
ލިވަޕޫލްގެ ކޯޗު ކްލޮޕް (ވ) އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ލިވަޕޫލްގެ ކޯޗު ކްލޮޕް (ވ) އާއި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ވާދަވެރި ލިވަޕޫލްގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާ ޔާގެން ކްލޮޕް މަތިން ވަރަށް ހަނދާންވާނެ ކަމަށާއި އޭނާ ނެތުމަކީ ހަމަޖެހިގެން ނިދާލަން ލިބޭ ފުރުސަތެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި އެފްއޭކަޕުގައި ރޭ ޓޮޓެންހަމް އަތުން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ކްލޮޕް އަކީ ތަފާތު މޮޅު ކޯޗެއް ކަމަށެވެ.

އޭނާ ބުނީ ފަރުދީ ހައިސިއްޔަތުން ކްލޮޕް މާބޮޑަށް ނޭނގުނު ނަމަވެސް އޭނާގެ ކޯޗިން ކެރިއަރުގައި ދިމާވި އެންމެ ބޮޑު ވާދަވެރިއަކީ ވެސް ކްލޮޕް ކަމަށެވެ.

ކްލޮޕް ލިވަޕޫކުން މި ސީޒަނަށް ފަހު ވަކިވާން ނިންމީ އަބަދު މަސައްކަތުގައި ނޫޅެވޭނެ ކަމަށް ބުނެފަ އެވެ. އަދި އޭނާގެ ހަކަތަ ހުސްވެއްޖެ ކަމަށާއި ލިވަޕޫލާ ވާދަވެރި އިނގިރޭސި ޓީމަކަށް ކޯޗުކޮށްނުދޭނެ ކަމަށް ވެސް ބުނުމަށްފަހު އެވެ. އޭނާ ބުނީ މި ވާހަކަ މިދިޔަ ނޮވެމްވަރު މަހު ކުލަބުގެ ވެރިންނާ ހިއްސާކުރި ކަމަށެވެ.

މިވާހަތަކާ ބެހޭ ގޮތުން ސުވާލުކުރުމުން ސްޕޭނުގެ ބާސެލޯނާއަށް ވެސް ކޯޗުކޮށްދިން ގާޑިއޯލާ ބުނީ ކޮންމެ ކޯޗަކަށް ވެސް އެއް ޓީމެއްގައި ގިނަ ދުވަހު ހުންނަން ޖެހުމުން ވަރުބަލިކަމާއި ލޮޑުކަން އިހުސާސްވާނެ ކަމަށެވެ. އޭނާ އަށް ބާސެލޯގައި ލިވަޕޫލްގައި ކްލޮޕްއަށް ދިމާވި ފަދަ ވަރުބަލިކަން އިހުސާސްވި ކަމަށާއި އަބަދު އެއް މަސައްކަތެއްގައި ދެމި ހުރުމަކީ ދަތިކަމެއް ކަމަށެވެ.

ކްލޮޕް ބާސެލޯނާ އަށް ކޯޗުކޮށްދީފާނެތޯ އެހުމުން ގާޑިއޯލާ ބުނީ އެފަދަ ކަމެއް އޭނާ އަށް ނޭނގޭ ކަމަށާއި އެދެނީ ބާސެލޯނާ އަށް ކުރިއެރުން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2017

އާސެނަލްގައި މިހުރީ ހިތްހަމަޖެހިގެން، ބޭނުމީ ކްލަބަށް ކާމިޔާބު ހޯދައިދިނުން: ޖިރޫ

12 ނޮވެމްބަރު 2017
އާސެނަލްގައި މިހުރީ ހިތްހަމަޖެހިގެން، ބޭނުމީ ކްލަބަށް ކާމިޔާބު ހޯދައިދިނުން: ޖިރޫ
09 ސެޕްޓެމްބަރު 2017

ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް

09 ސެޕްޓެމްބަރު 2017
ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް
28 ޖުލައި 2017

ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން: ކްލޮޕް

28 ޖުލައި 2017
ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން: ކްލޮޕް
26 ޖުލައި 2017

ލިވަޕޫލް އިން ހަރަދުކުރަން ޖެހިލުމެއް ނުވާނެ: ކްލޮޕް

26 ޖުލައި 2017
ލިވަޕޫލް އިން ހަރަދުކުރަން ޖެހިލުމެއް ނުވާނެ: ކްލޮޕް
18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
27 މެއި 2017

ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ

27 މެއި 2017
ރޯދަ މަހަށް މިދިޔައީ ވަރަށް ހިތްހަމަޖެހިގެން ކުޅުންތެރިންނަށް ހުރިހާ ކްރެޑިޓެއް: ސޮބާ
10 އެޕްރީލު 2017

ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ

10 އެޕްރީލު 2017
ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ނިކުންނަންޖެހޭނީ ހަމަޖެހިގެން: ކޮންޓޭ
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
25 ޖެނުއަރީ 2017

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ
11 ޖެނުއަރީ 2017

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް