Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ލޭބަރުން އިސްރާއީލަށް ގެންދަނީ

އިސްރާއީލުގައި ތިބި ފަލަސްތީނުގެ މަސައްކަތްތެރިން ފޮނުވާލުމަށްފަހު އިންޑިއާއިން ލޭބަރުން ހޯދަނީ

އިންޑިއާއަކީ މިހާރު ދުނިޔޭގެ އެންމެ އާބާދީ ގިނަ ގައުމު ކަމަށްވާއިރު، އެތައް ލައްކަ ބަޔަކު ދަނީ ވަޒީފާއެއް ލިބޭތޯ މަސައްކަތްކުރަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2024 | ހުކުރު 02:15
އިސްރާއީލުގެ ވަޒީފާތަކަށް ދާން ބޭނުންވާ އިންޑިއާގެ މަސައްކަތްތެރިން ލަކްނޯގައި އިންޓަވިއުގެ އިންތިޒާރުގައި

އިސްރާއީލުގެ ވަޒީފާތަކަށް ދާން ބޭނުންވާ އިންޑިއާގެ މަސައްކަތްތެރިން ލަކްނޯގައި އިންޓަވިއުގެ އިންތިޒާރުގައި

އޮކްޓޯބަރު މަހުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލާއި ހަމާސްއާއި ދެމެދު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކާ ގުޅިގެން ދެ ޤައުމުގެ އިތުރުން މެދުއިރުމަތީގެ ބޮޑު ސަރަޙައްދެއްގައި ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން އިސްރާއީލުން ދަނީ ފަލަސްތީނަށާއި، ހަމާސްއަށް ހުރިހާގޮތަކުން ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ކާބޯތަކެއްޗާއި، އިންސާނީ އެހީ ޣައްޒާއަށް ވެއްދުން މަނާކުރުމުގެ އިތުރުން އިސްރާއީލުގައި ތިބި ފަލަސްތީނުގެ އެތައްހާސް މަސައްކަތްތެރިން ވެސް ވަނީ ފޮނުވާލައިފައެވެ.

އިސްރާއީލުގައި ޒަމާނުއްސުރެ ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފަލަސްތީނުގެ ހުރިހާ އެންމެ ކަހަލަގޮތަކަށް އެ ގައުމުން ބޭރުކޮށްފައިވާއިރު، އެމީހުންގެ ބަދަލުގައި އިންޑިއާގެ ލޭބަރުން އިސްރާއީލަށް ގެންދިޔުމަށްވަނީ އެ ގައުމުން ނިންމާފައެވެ. އެގޮތުން މިހާރުވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްތެރިން ހޯދުމަށް އިއުލާނު ވެސް ކޮށްފައެވެ.

ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ރެކްރޫޓްމަންޓް ހަރަކާތުގެ މަސައްކަތް އަންގާރަ ދުވަހު ފަށާފައިވާއިރު، އިސްރާއީލުގެ މޭސަނުންނާއި ކާޕެންޓަރުންނާއި އެހެނިހެން ކޮންސްޓްރަކްޝަން މަސައްކަތްތެރިންނަށް ގާތްގަޑަކަށް 5،000 އަށް ވުރެ ގިނަ ލޭބަރުން ބޭނުންވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލާއި ހަމާސްގެ ތިން މަސް ދުވަހުގެ ހަނގުރާމައިގައި ޣައްޒާ ހަލާކުވެ، މެދުއިރުމަތީގެ ބޮޑު ސަރަހައްދެއްގައި ހަމަނުޖެހުންތައް އިތުރުވާނެކަމުގެ އިންޒާރު ދީފައިވީ ނަމަވެސް، އިސްރާއީލުގައި މަސައްކަތް ކުރުމަށް ވަޒީފާތަކަށް ދިއުމަށް އިންޑިއާގެ އެތައް ހާސް ބަޔަކު ބުރާސްފަތި ދުވަހު ވަނީ ރެކްރޫޓްމެންޓް ސެންޓަރަކަށް ޖަމާވެފައެވެ.

ޖަމާވެފައިވާ މީހުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް އަންހެނުން ތިބިކަމުގައިވިޔަސް ގިނައީ މޭސަނުންނާއި، ކާޕެންޓަރުންނާއި، ހުނަރުވެރި މަސައްކަތްތައް ދަންނަ ފިރިހެނުންނެވެ.

އިގްތިސާދު ކުރިއަރަމުން ދިޔަ ނަމަވެސް ވަޒީފާ ނެތް މީހުން ގިނަ އިންޑިޔާގައި ވަޒީފާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ހަނގުރާމައިގެ ތެރެއަށް ވެއްޓިފައިވާ ގައުމެއްގައި އެ މީހުންނަށް ފުރުސަތު ބޮޑުވާނެ ކަމަށް އެތަނަށް ޖަމާވި މީހުން ދިޔައީ ބުނަމުންނެވެ.

ކޮލެޖުގެ ގްރެޖުއޭޓް އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އަނޫޕް ސިންގް އަށް އިސްރާއީލަށް ދާން ހޮވިއްޖެ ނަމަ މަހަކު ގާތްގަނޑަކަށް 1،500 ޔޫރޯ ލިބޭނެ ކަމަށް ބުނި އިރު، އެއީ އިންޑިއާގައި އެ މަސައްކަތަށް މަހަކު ލިބޭ މުސާރައިގެ ތިން ގުނަ އަށް ވުރެވެސް ބޮޑު އަދަދެކެވެ. އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ ވެރިރަށް ލަކްނޫގެ މަރުކަޒުގައި ވަޒީފާގެ އިންޓަވިއުއަށް އިންތިޒާރު ކުރަމުން އޭނާ ބުނީ އިސްރާއީލަށް ދާން ވަޒީފާއަށް ހުށަހެޅި ސަބަބަކީ ވެސް އެއީ ކަމުގައެވެ.

އިސްރާއިލަށް މަސައްކަތް ތެރިންގެ ގޮތުގައި ދާން ބޭނުންވެފައިތިބި މީހުން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ފަލަސްތީނުގެ އެތައް ހާސް މަސައްކަތްތެރިން އިސްރާއީލުން ބޭރުކޮށްފައިވާއިރު، އިސްރާއީލަށް މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އަޑު އެމީހުންނަށް އިވިފައިވާ ކަމަށެވެ.

އިންޑިއާގެ ހަރިޔާނާ އާއި އުއްތަރަ ޕްރަދޭޝް ސްޓޭޓުން ވަނީ އިސްރާއީލުގެ ކޮންސްޓްރަކްޝަން މަސައްކަތްތެރިންނަށް ގާތްގަނޑަކަށް 10،000 މަގާމަށް އިޝްތިހާރުކޮށްފައެވެ. އުއްތަރު ޕްރަދޭޝްގެ ލޭބާ މިނިސްޓަރު އަނިލް ރާޖްބަރް ވިދާޅުވީ، އަންނަ މަހު އިސްރާއީލަށް ފައިނަލް ސިލެކްޝަނަކަށް ފޮނުވަން 16،000 މީހުންގެ ލިސްޓެއް ފައިނަލް ކޮށްފައިވާ ކަމަށެވެ.

ރާޖްބަރް ވިދާޅުވީ ލަކްނޯގައި ހުންނަ ފެޑެރަލް ސަރުކާރުގެ ސްކްރީނިން ސެންޓަރަކީ އިސްރާއީލުން މަސައްކަތްތެރިން ހޯދުމަށް އެދުމުން އެކަމަށް އިޖާބަ ދިނުމުގެ ގޮތުން ހަދާފައިވާ ސެންޓަރެއް ކަމަށެވެ.

އިންޑިޔާގެ ބޮޑު އިޤްތިޞާދަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިޤްތިޞާދެވެ. ނަމަވެސް މިދިޔަ އަހަރު އިންޑިއާ އަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށް ވުމުން ގިނަބަޔަކަށް ވަޒީފާ ނުލިބުމަކީ ކަންބޮޑުވުމެކެވެ.

އާޒިމް ޕްރޭމްޖީ ޔުނިވާސިޓީގެ ސްޓޭޓް އޮފް ވޯކިން އިންޑިއާ ރިޕޯޓުގައި ވާގޮތުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި މުސާރަ ލިބޭ ވަޒީފާތައް އިތުރުވުމަށް ފަހު، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ޖުމްލަ ކޮށް ކުރިއެރުން ދަށްވުމުގެ ސަބަބުން 2019 ވަނަ އަހަރުން ފެށިގެން ރެގިއުލާ ވޭޖް ޖޮބްތަކުގެ ދުވެލި ވަނީ މަޑުޖެހިފައެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ވަޒީފާ ނެތް މީހުންގެ އަދަދު ދަށަށް ދާއިރު، އަދިވެސް އެ އަދަދު ވަރަށް ބޮޑު ކަމަށާއި އެއީ ހުރިހާ އުމުރުފުރައެއްގެ ޔުނިވާސިޓީ ގްރެޖުއޭޓުންނަށް 15 ޕަސެންޓަށް ވުރެ މަތީ އަދި 25 އަހަރުން ދަށުގެ ގްރެޖުއޭޓުންނަށް ގާތްގަނޑަކަށް 42 ޕަސެންޓަށް ވުރެ މަތީ އަދަދެއް ކަމަށެވެ.

މިދިޔަ އަހަރު ސަރުކާރުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މަސައްކަތްތެރިންނާއި ޕްރޮފެޝަނަލް އަދި ތަޖުރިބާކާރުންގެ ގޮތުގައި އިންޑިއާގެ ގާތްގަނޑަކަށް 13 މިލިއަން މީހުން އިންޑިއާއިން ބޭރުގައި މަސައްކަތް ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސައްކަތްތެރިންގެ ހައްޤުތައް: ސިޔާސީ ފައިދާއަކަށް، ދައްކާ ސިޔާސީ ވާހަކައަށްވެފައި!

މަސައްކަތްތެރިންގެ ހައްޤުތައް: ސިޔާސީ ފައިދާއަކަށް، ދައްކާ ސިޔާސީ ވާހަކައަށްވެފައި!

01 މެއި 2019
މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟

މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟

16 ޑިސެމްބަރު 2018
ގާބިލް ގާނޫނީ ވަކީލުން އެބަތިބި، އެކަމަކު މިގައުމުން އެކަމެއް ނުފެނޭ!

ގާބިލް ގާނޫނީ ވަކީލުން އެބަތިބި، އެކަމަކު މިގައުމުން އެކަމެއް ނުފެނޭ!

12 ނޮވެމްބަރު 2018
ނަޝީދާއެކު ވީހާލެއްގައިވާން ތިބި މީހުން މާލެ އައިސް ފުރާލަނީ، އަޖައިބެއް ކަހަލަ ލޯތްބެއް

ނަޝީދާއެކު ވީހާލެއްގައިވާން ތިބި މީހުން މާލެ އައިސް ފުރާލަނީ، އަޖައިބެއް ކަހަލަ ލޯތްބެއް

31 އޮކްޓޯބަރު 2018
ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

11 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު