Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބުޅަލަކަށް ވަޒީފާ ދިނުން

ބުޅަލަކަށް އަލުން ވަޒީފާ ދިނުމަށް ޑިމާންޑްކޮށް، އެތައް ހާސް ބަޔަކު ޕެޓިޝަނެއްގައި ސޮއިކޮށްފި!

25 ޖެނުއަރީ 2024 | ބުރާސްފަތި 06:24

ބުޅަލަށް އަލުން ވަޒީފާ ދިނުމަށް ގޮވާލާ، އޮންލައިންކޮށް ހުޅުވާލި ޕެޓިޝަންގައި ސޮއި ކުރި މީހުންގެ ޢަދަދު 6000 އަށް ވުރެ މައްޗަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 25 ޖެނުއަރީ 2024 | ބުރާސްފަތި 06:24
ތަތިއާނާ ގަރްބޫނަވާ؛ ސްޓޯރ މެނޭޖަރ

ތަތިއާނާ ގަރްބޫނަވާ؛ ސްޓޯރ މެނޭޖަރ

އާދަޔާ ޚިލާފު ޙާދިޘާތަކަކީ ދުނިޔޭގެ ހަމަ ކޮންމެ ބިތެއްގައިވެސް ހިނގާ ކަންކަމެވެ. މުއްސަނދި ޤައުމެއް ފަޤީރު ޤައުމެއް، ނުވަތަ އަސްކަރީ ބާރުގެ ގޮތުން އަރާ ޤައުމެއް ޟަޢީފު ޤައުމެއްގެ ތަފާތެއް ނޯވެއެވެ. މި ފަހަރު މިކަމެއް ހިނގައިގެން މި އުޅެނީ މި ދެންނެވި ފަދަ، އަތް މަތި ތަނަވަސް، ބައިބޯ، އަސްކަރީ ބާރުވެރިކަން އޭގެ އެންމެ އިންތިހާއަށް ލިބިފައި އޮތް ރަޝިއާގައެވެ.

ސަމާލުކަން ގޮސް ހުއްޓެނީ ރަޝިއާގެ ކެލިނިންގްރާޑް ސަރަޙައްދުގައި އޮންނަ ޒިލިނޮގްރާދްސްކް އަވަށުގައި ޢާންމު މުދާ ވިއްކާ ފިހާރައަކަށެވެ. އެކަމެއް މި ވީ، އެ ފިހާރައިގެ 'ވަޒީފާ އިން ވަކިކުރި' ބުޅަލަށް އަލުން އަނބުރާ އެ ވަޒީފާ ދިނުމަށް ޑިމާންޑްކޮށް، އޮންލައިން ޕެޓިޝަނެއްގައި އެތައް ބަޔަކު ސޮއި ކުރި ހިސާބުންނެވެ. ބުޅަލަށް އަލުން ވަޒީފާ ދިނުމަށް ގޮވާލާ، އޮންލައިންކޮށް ހުޅުވާލި ޕެޓިޝަންގައި ސޮއި ކުރި މީހުންގެ ޢަދަދު 6000 އަށް ވުރެ މައްޗަށް އަރައެވެ.

'ސަރްގެއީ'ގެ ނަމުން ޢާންމުންގެ މެދުގައި ކިޔައި އުޅޭ މި ބުޅާ، އެ ފިހާރާގައި ދިރިއުޅޭތާ މިހާރު 3 އަހަރު ފާއިތުވެއްޖެއެވެ. އިންސާނީ ޢުމުރުގެ މިންގަނޑުން ވަޒަން ކުރާ ނަމަ، ބުޅާ ޢުމުރުން ސަރްގެއީ ވަނީ ފިހާރާގައި 28 އަހަރު ހޭދަ ކޮށްފައެވެ.

ފިހާރައިގެ މެނޭޖަރުގެ ގޮތުގައި މަސައްކަތް ކުރާ ތަތިއާނާ ގަރްބޫނަވާ ބުނި ގޮތުގައި ސަރްގެއީއަކީ އެ ފިހާރައަށް އައުމާ ހިސާބަށް، ދޮށީ ޢުމުރުގެ އަންހެނަކު ގެންގުޅުނު ބުޅަކެއް ކަމަށެވެ. އެ މީހާ މަރުވުމުން ސަރްގެއީއަށް ހިޔާވަހިކަމެއް ލިބޭ ގޮތް ނުވީއެވެ.

ސަރްގެއީ އަކީ އެ ސަރަޙައްދުގައި އުޅޭ އެތައް ބައެއްގެ ނަޒަރުގައި ސެލެބްރިޓީއެކެވެ. ފުންނާބު އުސް ތަރިއެކެވެ. ނަމަވެސް، ފިހާރައިން ސަރްގެއީއަށް ލިބެމުން ދިޔަ ހުރިހާ އެއްޗެއް ގެއްލުނީ، ކާކުކަން ނޭނގޭ މީހަކު، ޞިއްޙަތާ ބެހޭ އިދާރާތަކަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން، ފިހާރައަށް ސަރްގެއީ ވަނުން މަނާ ކުރަން ޖެހުނު ހިސާބުންނެވެ.

ޒިލިނޮގްރާދްސްކް އަވަށުގެ ޚަބަރުތައް ބުނާ ގޮތުން ނަމަ، ސަރްގެއީއަށް ސެލެބްރިޓީއެއްގެ ދަރަޖަ ލިބުމަށް 2 އަހަރުވެސް ނުނެގިއެވެ. ސޯޝަލް މީޑިއާގައި ސަރްގެއީގެ ވީޑިއޯތައް ވައިރަލް ވަމުންދާލެއް ހަލުވި ކަމުންނެވެ. އެތައް އިޝްތިހާރަކުން ސަރްގެއީ ފެންނަ އިރު، ކަލަންޑަރަށްވެސް މޮޑެލް ކޮށްދީފައި ވާ ސަރްގެއީ ވަނީ، "އަހަރުގެ މުވައްޒަފު"ގެ އެވޯޑްވެސް ހާސިލު ކޮށްފައެވެ. ސަރްގެއީގެ ކަންކަން ބަލަހައްޓަން ޚާއްޞަ މެނޭޖަރެއްވެސް ހުރެއެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ މީހަކު ކުރި ޝަކުވާ އަކާ ހެދި ސަރްގެއީގެ އެ ހިތްގައިމު ދިރިއުޅުން ދެން ދުވަހަކުވެސް ނުލިބުން އެކަށީގެންވެއެވެ. ޝަކުވާ ހުށަހެޅީ ރަޝިއާގައި ކޮންޒިއުމަރ ސޭފްޓީ ވޮޗްޑޯގް ނުވަތަ މުދާ ގަންނަ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފާރަވެރިވާ ސަރަޙައްދީ އިދާރާއެއް ކަމަށްވާ ރޮސްޕަތުރެބްނަދްޒޯރްއަށެވެ. އެހާ ހިސާބުން އޮފިޝަލުން ވަނީ އެ ފިހާރައިން ބޭރު ކުރަން ޢަމުރު ކޮށްފައެވެ. ނޫން ނަމަ ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރުވެސް ދިނެވެ.

ފިހާރަތެރޭގައި ސަރްގެއީ ނެތް ކަމުގެ ފަޅުކަން، ޒިލިނޮގްރާދްސްކް އަވަށުގެ ޢާންމުންނާއި އެ ސަރަޙައްދަށް ޒިޔާރަތް ކުރާ ފަތުރުވެރިންވެސް ކުރެއެވެ. އެ ވަރުން ދޫކޮށްލާކަށް އެމީހުން ބޭނުމެއްވެސް ނުވިއެވެ.

ނަތީޖާއަކަށް ވީ ސަރްގެއީ އަނބުރާ ފިހާރައަށް ގެނައުމަށް ގޮވާލާ ޕެޓިޝަނެއް ތައްޔާރުކޮށް، ސޮއި ހޯދުމުގެ މަސައްކަތް ފެށުމެވެ.

ޒިލިނޮގްރާދްސްކް އަވަށުގެ މަގުތަކުގައި ވަގު ބުޅަލުގެ ގޮތުގައި ގިންތި ކުރާ 70 ވަރަކަށް ބުޅާ އުޅޭ ކަމަށް ވެއެވެ. ބުޅާތަކަށް ޚާއްޞަ ވެންޑިންގް މެޝިންތައް އަވަށުގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުންނަ އިރު، ބުޅާތަކަށް ކާންދިނުމާއި، ބުޅާތަކަށް ލޯބި ދިނުމުގެ ފުރުޞަތު، ޢާންމުންނާއި އެ ސަރަޙައްދަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އޮންނަނީ ހުޅުވާލާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

ޕްރިޔަންކާއާއި ބައްދަލުވުމަށް ފަހު ޝޯ ދިނުމަށް ސުނީ ލަންކާއަށް

28 ޑިސެމްބަރު 2017
ޕްރިޔަންކާއާއި ބައްދަލުވުމަށް ފަހު ޝޯ ދިނުމަށް ސުނީ ލަންކާއަށް
05 ޑިސެމްބަރު 2017

ސަންޖޭގެ ފިލްމުގެ ޝޫޓިން އަލުން ރަންބީރު ޝޫޓް ކުރަނީ

05 ޑިސެމްބަރު 2017
ސަންޖޭގެ ފިލްމުގެ ޝޫޓިން އަލުން ރަންބީރު ޝޫޓް ކުރަނީ
30 އޮކްޓޯބަރު 2017

ސެލީނާ އާއި ޖަސްޓިން ބީބާ އަލުން ގުޅުނީ "ބްރެކްފާސްޓް" އަކުން؟

30 އޮކްޓޯބަރު 2017
ސެލީނާ އާއި ޖަސްޓިން ބީބާ އަލުން ގުޅުނީ "ބްރެކްފާސްޓް" އަކުން؟
08 އޮކްޓޯބަރު 2017

ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ

08 އޮކްޓޯބަރު 2017
ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ
27 ސެޕްޓެމްބަރު 2017

"ބިގް ބޮސް" ހުށަހަޅައި ދިނުމަށް ފޫހިވާ ފަހަރުވެސް އާދޭ: ސަލްމާން ޚާން

27 ސެޕްޓެމްބަރު 2017
"ބިގް ބޮސް" ހުށަހަޅައި ދިނުމަށް ފޫހިވާ ފަހަރުވެސް އާދޭ: ސަލްމާން ޚާން
11 މެއި 2017

"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

11 މެއި 2017
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި
09 މެއި 2017

"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި

09 މެއި 2017
"އެމެރިކަން އައިޑޮލް" އަލުން ގެނައުމުގެ މަސައްކަތް ފަށައިފި
20 އެޕްރީލު 2017

ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި

20 އެޕްރީލު 2017
ރާބޮއެގެން ހުރީތީ އާލިއާގެ ބޮޑީގާޑު ވަޒީފާއިން ވަކިކޮށްފި
20 ޖެނުއަރީ 2017

ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ

20 ޖެނުއަރީ 2017
ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ
14 ޖެނުއަރީ 2017

އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު

14 ޖެނުއަރީ 2017
އަހަރެންގެ ދިރިއުޅުމަށް ދުވަހަކު ވެސް ކާޖަލް ދެން އަލުން އަނބުރާ ނާންނާނެ: ކަރަން ޖޯހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް