Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިނާގެ ދިރާސާ އުޅަނދު

ޗައިނާގެ ދިރާސާ އުޅަނދުގެ ޙަރަކާތްތައް ގާތުން ބަލާނަން: އިންޑިއާ

24 ޖެނުއަރީ 2024 | ބުދަ 08:44

ޗައިނާއިން މީގެ ކުރިން ސްރިލަންކާއާއި އަވައްޓެރި ބައެއް އެހެނިހެން ޤައުމުތަކުގައިވެސް ދިރާސާ މަސައްކަތްތަކެއް ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 ޖެނުއަރީ 2024 | ބުދަ 08:44
ރާއްޖެ އަންނަން ހުއްދައަކަށް އެދިފައިވާ ޗައިނާގެ ބޯޓު

ރާއްޖެ އަންނަން ހުއްދައަކަށް އެދިފައިވާ ޗައިނާގެ ބޯޓު

ކަނޑު ދިރާސާކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އައުމުގެ މަގުމަތީގައިވާއިރު، އެ އުޅަނދުގެ ޙަރަކާތްތައް ގާތުން ބަލާނެކަމަށް އަވައްޓެރި އިންޑިޔާގެ ނޭވީ ޗީފް އެޑްމިރަލް އާރް ހަރީ ކުމާރް ވިދާޅުވެއްޖެއެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއުއްގައި އެޑްމިރަލް ހަރީ ކުމާރް ވިދާޅުވީ، ޗައިނާއިން މީގެ ކުރިން ސްރިލަންކާއާއި އަވައްޓެރި ބައެއް އެހެނިހެން ޤައުމުތަކުގައި ވެސް ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ޗައިނާގެ އުޅަނދު އަންނަނީ ރާއްޖޭގައި ކަނޑުގެ ދިރާސާތަކެއް ހެދުމަށް ކަމަށް ވެދާނެ ކަމަށާއި، އެކަންކަން އިންޑިއާއިން ވަރަށް ގާތުން ބަލަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިރާސާކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލުކުރުމާއި ސްޓޮކް އައުކުރުމަށް ކަމަށެވެ. އަދި އެކަން ކުރަނީ އެ ބޯޓު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދައަކަށް ޗައިނާގެ ސަރުކާރުން ރާއްޖޭގައި ރަސްމީކޮށް އެދިގެން ކަމަށެވެ.

ނަމަވެސް އެ ބޯޓުން ރާއްޖޭގެ ސަރަހައްދުގައި ދިރާސާގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުގެ މިލިޓަރީ އަދި ސިވިލް އުޅަނދުފަހަރު ރާއްޖޭގައި ބަނދަރުކޮށް، ސުލްހަވެރި ހަރަކާތްތެރިކަން ހިންގުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ބަދަހިވެގެން ދާކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާތަނަށް ތިލަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޗައިނާގެ ކަނޑުގެ ރިސަރޗް ކުރާ އުޅަނދެއް ޖެނުއަރީ 30ގައި މާލެ އައުމަށް އަންނަނީ ދަތުރުކުރަމުންނެވެ. އެގޮތުން ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންއެނގޭގޮތުގައި ރާއްޖެ އަންނަނީ ޗައިނާ ސަރުކާރުގެ އުޅަނދެއް ކަމަށްވާ "XIANG YANG HONG 03" އެވެ.

ކަނޑުގެ ސަރަހައްދުގައި ހަަރަކާތްތެރިވުމާ ދެކޮޅަށް އިންޑިއާއިން އަންނަނީ ވަރަށް ބޮޑަށް ވާހަކަދައްކަމުންނެވެ. އިންޑިއާގެ އިތުރުން، ޗައިނާގެ ރިސަރޗް އުޅަނދުތައް ސްރީލަންކާ ސަރަހައްދަށް ވަނުން އެގައުމުގެ ސަރުކާރުންވެސް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް މަނާކޮށްފައެވެ.

އިތުރަށް ކިޔާލަން

31 މާރިޗު 2017

ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު

31 މާރިޗު 2017
ލަންކާ ފަދައިން ވެރިކަން ބަދަލުވުމުން ޗައިނާގެ މަޝްރޫޢުތަކާ މެދު މަޝްވަރާކުރާނަން: ރައީސް ނަޝީދު
14 މާރިޗު 2017

ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި

14 މާރިޗު 2017
ޗައިނާގެ އިންވެސްޓަރުންތަކަކަށް ބިރު ދެއްކުމުން ފުލުހުންގެ ހިމާޔަތް ހޯދައިފި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
19 ފެބުރުއަރީ 2017

ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި

19 ފެބުރުއަރީ 2017
ދިވެހި ފޮރިން މިނިސްޓްރީ އާއި ޗައިނާގެ ފޮރިން މިނިސްޓްރީއާ ދެމެދު މަޝްވަރާ ބައްދަލުވުން ބާއްވައިފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް