Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުސްއަބު ވަކިކުރުން

ޕީއެސްގެ މަޤާމުން މުސްއަބު ވަކިކޮށްފައިވަނީ ރަނގަޅަކަށް ނޫން، ބަދަލު ހޯދުމަށް ވަކި މައްސަލައެއް ހުށަހެޅިދާނެ

އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެއްބަސްވުުމުގެ ބާކީ މުއްދަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެދިފައިނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2024 | ބުދަ 07:27
އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު އަބްދުﷲ

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު އަބްދުﷲ

އިސްލާމިކް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބު އަބްދުﷲ ވަކި ކުރުމުން ބަދަލުދޭން ކުރި ޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުދަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މުސްއަބު އަބްދުﷲގެ މައްޗަށް ރައްދުވާ ގޮތަށް ހުށައަޅާފައިވާ އިސްތިއުނާފީ މައްސަލައެކެވެ.

Advertisement - newsAdvertisement

ސީއެސްސީން ވަނީ މުސްއަބު ވަޒީފާއިން ވަކި ކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، މުސްއަބު އަބްދުﷲ ވަކިކުރި މައްސަލައިގައި އޭނާ އަށް 1.1 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމް ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

މުސްއަބާ ގުޅޭގޮތުން ހުށައެޅިފައިވާ މައްސަލަތަކުގެ ތެރޭގައި މިނިސްޓްރީގައި ނެތް މުވައްޒަފަކަށް ޤަވާއިދާ ޚިލާފަށް މުސާރަ ދިނުމާއި، ބައެއް ކޮންޓްރެކްޓް މުވައްޒަފުންނަށް އެއްބަސްވުމެއް ނުހަދައި މުސާރަ ދިނުމާއި، ނުފޫޒު ބޭނުން ކުރުމާއި، ޤަވާއިދާ ޚިލާފަށް ވަޒީފާގެ އެއްބަސްވުންތައް އެކުލަވާލުމާއި އިތުރު ތުހުމަތުތައް ހިމެނެއެވެ.

އަދި ދައުލަތުގެ ރަސްމީ ސިއްރު ލިއުމެއް މީސްމީޑިއާގައި ހިއްސާކުރި މައްސަލައެއްވެސް އޭނާއާ ދެކޮޅަށް ހުށައެޅިފައިވެއެވެ.

އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު އޭނާއަށް ދީފަައިވެއެވެ.

އެހެންނަމަވެސް އޭނާ ވަޒީފާއިން ވަކިކޮށް ފޮނުވި ޗިޓުގައި އޭނާ ކުރި އަމަލެއްކަަމަށް ޙަވާލާދީފައިވާ ހަމައެކަނި އަމަލަކީ ދައުލަތުގެ ރަސްމީ ސިއްރު ލިއުމެއް އާންމު ކުރުމުގެ މައްސަލައެވެ.

އޭނާ ޓްވިޓަރގައި އާންމުކޮށްފައިވާ ލިއުމަކީ އިސްލާމިކް މިނިސްޓްރީން އޭސީސީއަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމެކެވެ.

ފަނޑިޔާރު ޝުޖޫން ވިދާޅުވީ، އޭނާގެ މައްޗަށް މައިގަނޑު 3 ތުހުމަތެއް ކުރެވި ތަހުގީގުކޮށްފައިވާއިރު، ވަޒީފާއިން ވަކި ކުރި ޗިޓުގައި އޭގެ ތެރެއިން އެންމެ ކަމެއް ހިމަނާފައިވުމުން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ދެން ހިމެނޭ ތުހުމަތުތައްވެސް އޭނާގެ މައްޗަށް ކުރެވޭތީކަމަށް ބެލެވެން ނެތްކަމަށެވެ.

އޭގެ އިތުރުން، އޭނާ ހާމަކުރި ލިއުމަކީ ދައުލަތުގެ ސިއްރު ލިއުމެއްކަމަށް ބަލަންޖެހޭ އެއްވެސް ހެއްކެއް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައި ނެތްކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

ކަން އެހެން އޮތްނަމަވެސް، ދައުލަތުގެ އިދާރާތަކުގެ މެދުގައި ފޮނުވާ ލިއެކިއުންތައް ތަނުގައި ހުންނަ އިސްވެރިން އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް، އާންމު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް އާންމު ބުއްދިން ވިސްނާއިރު ޤަބޫލު ނުކުރެވޭ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ޝުޖޫން ވިދާޅުވީ، މުސްއަބު ވަޒީފާއިން ވަކިކުރި ލިއުމުގައި ސަބަބެއްކަމަށް ބަޔާންކޮށްފައި އޮތީ  ދައުލަތުގެ ސިއްރު ލިއުމެއް އާންމު ކުރުން ކަމުގައިވީނަމަވެސް،  އެ ލިއުމަކީ ދައުލަތުގެ ސިއްރު ލިއުމެއްކަމަށް ބަލަންޖެހޭ އެއްވެސް ހެއްކެއް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައި ނެތުމުން، އެ ޙާލަތުގައި އޭނާއާމެދު އެންމެ ހަރުކަށި ފިޔަވަޅު ކަމުގައިވާ ވަޒީފާއިން ވަކި ކުރުމުގެ ފިޔަަވަޅު އަޅާފައިވަނީ ރަނގަޅަށްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ވުމާއެކު، އޭނާ ޕީއެސްގެ މަޤާމުން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަން ޤާއިމު ނުކޮށްކަމަށް ދެކިވަޑައިގަންނަވާކަމަށް ޝުޖޫން ވިދާޅުވިއެވެ.

ބަދަލާ ގުޅޭ ބައި:

މި މައްސަލައިގައި ހައި ކޯޓުން ހުކުމްކުރީ، ވަޒީފާއިން ވަކި ކުރި ތާރީޚުން ފެށިގެން އޭނާގެ ވަޒީފާގެ އެއްބަސްވުން ހަމަވާން އޮތް ތާރީޚާ ހަމައަށް ބަދަލުގެގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާ ދިނުމަށެވެ. އަދި ގާނޫނާ ޚިލާފަށް މުސްއަބު ވަޒީފާއިން ވަކިކުރިނަމަވެސް އޭނާ ކުރިން ހުންނެވި ވަޒީފާއަށް އަނބުރާ އިއާދަކޮށްދެވެން ނެތްކަމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ. ސަބަބަކީ އޭނާ ކުރިން ހުންނެވި ވަޒީފާއަށް އެހެން މީހަކު ހަމަޖައްސާފައިވުމެވެ.

އެކަމާ ގުޅޭގޮތުން ޝުޖޫން ވިދާޅުވީ، އޭނާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެއްބަސްވުުމުގެ ބާކީ މުއްދަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެދިފައިނުވާ ކަމަށާއި، އެދިފައިވަނީ ހަމައެކަނި ވަޒީފާ އިޔާދަ ކޮށްދިނުމަށް ކަމަށެވެ.

އޭނާ ސިވިލް ކޯޓަށް މައްސަަލަ ހުށަހެޅުއްވިއިރު އެދިލައްވާފައިވަނީ ހަމައެކަނި ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށެވެ. ނަމަވެސް އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތަށްވާ ފައިސާ ހޯދުމަށް އެދިފައެއް ނެތެވެ. ޚުލާސާ ބަޔާނާ ހިސާބުން އެ ނުކުތާ ނެންގެވިނަމަވެސް އެ ނުކުތާއަށް ޝަރީއަތް ހިންގިފައެއް ނުވެއެވެ.

ވުމާއެކު ޝުޖޫން ވިދާޅުވީ، މުސްއަބުގެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކި މައްސަލައެއް ހުށަހެޅިދާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، ހައިކޯޓުން ބަދަލު ނަގާދީފައިވާ ބައި ފިޔަވައި އެ ޙުކުމުގެ ދެން ހުރި ބައިތަކަށް ތާއީދު ކުރައްވާ ކަމަށެވެ.  

ޝުޖޫންގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނައީމް މަޤާމުން ދުރުކުރީ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަން ފެށުމުން: ނިޔާޒް

ނައީމް މަޤާމުން ދުރުކުރީ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަން ފެށުމުން: ނިޔާޒް

13 ސެޕްޓެމްބަރު 2018
ޔޫތް މިނިސްޓްރީގެ ޕީއެސްގެ މަޤާމަށް ޔޫސުފް ރިޒާ ހަމަޖައްސަވައިފި

ޔޫތް މިނިސްޓްރީގެ ޕީއެސްގެ މަޤާމަށް ޔޫސުފް ރިޒާ ހަމަޖައްސަވައިފި

24 މެއި 2018
މެމްބަރުންގެ ގޮނޑި ގެއްލުވާލާ ބިލައި ފަނޑިޔާރުން މަޤާމުން ވަކިކުރާ އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި

މެމްބަރުންގެ ގޮނޑި ގެއްލުވާލާ ބިލައި ފަނޑިޔާރުން މަޤާމުން ވަކިކުރާ އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި

14 މާރިޗު 2018
އީޕީއެސްގެ ރަންޔޫބީލްގެ ހާއްސަ ޖަލްސާ މާދަމާ ރޭ ބާއްވަނީ

އީޕީއެސްގެ ރަންޔޫބީލްގެ ހާއްސަ ޖަލްސާ މާދަމާ ރޭ ބާއްވަނީ

31 ޖެނުއަރީ 2018
ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމިން މަޤާމުން ވަކިކޮށްފި

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމިން މަޤާމުން ވަކިކޮށްފި

18 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު