Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިޔާ-ރާއްޖެ ސިފައިން

އިންޑިޔާ-ރާއްޖޭގެ ސިފައިން އެކުގައި މަސައްކަތްކުރާތާ ޒަމާންތަކެއް ވެއްޖެ: އިންޑިޔާ ނޭވީ ޗީފް

24 ޖެނުއަރީ 2024 | ބުދަ 02:00

އޭގެ ތެރޭގައި ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އެކުގައި ކުރެވޭ ކަމަށް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 24 ޖެނުއަރީ 2024 | ބުދަ 02:00
އިންޑިޔާ އަދި ރާއްޖޭގެ ސިފައިން

އިންޑިޔާ އަދި ރާއްޖޭގެ ސިފައިން

ރާއްޖޭގެ ސިފައިންނާ އެކުގައި އިންޑިޔާގެ ސިފައިން މަސައްކަތްކުރަމުންދާތާ އެތައް އަހަރުތަކެއް ވެއްޖެކަމަށާއި، އެ މަސައްކަތަކީ މިފަހުން ފެށުނު މަސައްކަތެއް ނޫން ކަމަށް އިންޑިޔާގެ ނޭވީ ޝީފް އެޑްމިރަލް އާރް ހަރީ ކުމާރް ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި އިންޑިޔާގެ ދެމެދުގައި ޖެހިފައި އޮތް އިންޑިޔާ ސިފައިންގެ މައްސަލައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިންޑިޔާގެ ނޫހަކަށް ދެއްވި އިންޓަވިއުއްގައި އެޑްމިރަލް ހަރީ ކުމާރް ވިދާޅުވީ، ރާއްޖެއާއި އިންޑިޔާގެ ސިފައިންނަކީ ޒަމާނުއްސުރެ އެކުގައި މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އޭގެ މިސާލުތައް ފާހަގަ ކުރައްވަމުން އެޑްމިރަލް ވިދާޅުވީ ރާއްޖެއާ އެކީގައި އިންޑިޔާގެ ސިފައިން އެތަކެއް ތަމްރީނުތަކެއް ފުރިހަމަކުރާ ކަމަށާއި، އޭގެ ތެރޭގައި ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް އެކުގައި ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޑޯނިއާ ދުއްވުމުގައި އެހީވުމާއި، ދެގައުމުގެ ކަނޑުގެ ސިފައިން ނުވަތަ ނޭވީ ގުޅިގެން ކުރެވޭ މަސައްކަތްތައް ފާހަގަ ކުރައްވަމުން އެޑްމިރަލް ވިދާޅުވީ މިހާރު ވެސް ރާއްޖޭގެ އޮފިސަރުންތަކެއް އިންޑިޔާގެ ޓްރެއިނިން ސެންޓަރުތަކުގައި ޓްރެއިނިން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެޑްމިރަލް ވިދާޅުވީ އެ ހުރިހާ ކަމަކާއެކު ވެސް، ދެ ގައުމުގެ ސަރުކާރުން ނިންމާ ނިންމުންތަކަށް އިންޑިޔާއިން އިޙްތިރާމުކުރާނެ ކަމަށެވެ.

އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމާ ގުޅޭ ވާހަކަތައް އެންމެ ގަދަޔަށް ފެށުނީ، މިހާރުގެ ރައީސް ޑރ، މުޙައްމަދު މުއިއްޒު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފެއްޓެވި "އިންޑިޔާ އައުޓް" ހަރަކާތުގެ ތެރެއިންނެވެ. މި ހަރަކާތުގެ ތެރެއިން ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ، ހަތިޔާރާއެކު ރާއްޖޭގައި އެތައް ހާސް ސިފައިންނެއް އެބަ ތިބި ކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް ހޮވެވަޑައިގެން، ބެއްލެވި ބެއްލެވުމުން ރާއްޖޭގައި ތިބީ 88 ސިފައިން ކަމަށް އެންމެ ފަހުން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ސަރުކާރުން ފުރަތަމަ ހާމަކުރި ގޮތުގައި ރާއްޖޭގައި ތިބީ 77 ސިފައިންނެވެ. އޭގެ ފަހުން 89 ސިފައިން ތިބި ކަމަށް ބުނިއިރު، އެންމެ ފަހުން ހާމަކުރީ ރާއްޖޭގައި ތިބީ 88 ސިފައިން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
16 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު

16 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ކިބައިން މިންޖުވުމަށް އެކުގައި މަސައްކަތް ކުރަންޖެހޭ:ނިޒާރު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް